ޓޫއޮފްއަސް: ބެޓަލް އޮފް ބޭންޑްސް މުބާރާތުގެ ގްރޭންޑް ފައިނަލަށް، މުޅިރާއްޖެއަށް ލިބުނު ބޮޑު ކާމިޔާބީއެއް!
މޯލްޑިވިއަން ބޭންޑް ޓޫއޮފްއަސް ބެޓަލް އޮފް ބޭންޑްސް އިންޓަނޭޝަނަލްގެ ގްރޭންޑް ފައިނަލަށް ކޮލިފައިވެއްޖެއެވެ.
ޓޫއޮފްއަސް ފައިނަލިސްޓުން ޖާގަ ތެރެއިން ޓޮޕް 5 ގައި ހިމެނިގެންނެވެ.
މިކަމާއި ގުޅިގެން ޓޫއޮފްއަސް އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ދިވެހި މިއުޒިކުގެ ތާރީޚުގައި އައު ބާބެއް ލިޔެވެމުން ދާކަމަށެވެ.
Ads by BML
މި ކާމިޔާބީއަކީ ހަމައެކަނި އަމިއްލަ ކާމިޔާބީއެއް ނޫން ކަމަށާއި މިއީ ދިވެހި ރައްޔިތުންނަށް އަދި އަޅުގަނޑުމެންގެ ރަށްތަކުން ހުވަފެން ދެކެމުން އައި ކޮންމެ އާޓިސްޓަކަށް ލިބުނު ކާމިޔާބީއެއް ކަމަށެވެ. ކުޑަކުޑަ ރާއްޖެ އަކުން ދަތުރުފެށި ނަމަވެސް މިއަދު މި ސާބިތުކޮށްދިނީ ދިވެހި މިއުޒީޝަނުންނަކީ ދުނިޔޭގެ މަތީ ފަންތީގައި ގުނާލެވޭ ބައެއްކަމެވެ.
"އަޅުގަނޑުމެން އުފުލަނީ ހަމައެކަނި އަޅުގަނޑުމެންގެ ހުނަރެއް ނޫނެވެ، އެއީ އަޅުގަނޑުމެންގެ މީހުންގެ ހިތުގެ ވިންދެވެ،" އަދުހަމް
އަޅުގަނޑުމެން މިތަނަށް އައީ ޤައުމެއްގެ އަޑާއެކުގައެވެ، އަދި އެ އަޑު މިހާރު މި ބައިނަލްއަޤްވާމީ މަންޒަރުގެ ކޮންމެ ކަންމަތިއެއްގައި އަޑުގަދަވެގެން ދާކަމަށް އަދުހަމް ބުނެފައިވެއެވެ.
އަމިއްލަ މިއުޒިކާއި، ދިވެހި ވަންތަކަމާއި، އަދި ސަގާފަތްތައް އެއްކޮށްލައިގެން ހަދާފައިވާ މިއުޒިކާއިއެކު މި ބޭންޑުން ވަނީ އޯޑިއަންސްއާއި ފަނޑިޔާރުން ހިތްހަމަޖެހޭ ޕަރފޯމަންސްތަކެއް ދައްކުވައިދީފައެވެ.
Ads by MACL
