ބުދަ، 18 ނޮވެމްބަރު 2026
ލައިފްސްޓައިލް

މަސްތުވާތަކެއްޗަށް ދެވިހިފައި ބޭނުންކުރުމުގެ ސަބަބުން ދިމާވެފައިވާ ސިއްހީ ބޮޑު މައްސަލައެއް ހޯދައިފި

މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުން ސިއްހީ މައްސަލަ ދިމާވެފައިވާ މީހާ
މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުން ސިއްހީ މައްސަލަ ދިމާވެފައިވާ މީހާ

މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުން 23 އަހަރުގެ ފިރިހެނެއްގެ ބޯ 90 ޑިގްރީގެ އެންގަލްއަކަށް ވެއްޓިފައިވާ ކަމަށް ތަޖުރިބާ ކާރުުން ބުނެފިއެވެ.

މިކަން ހޯދާފައިވަނީ އިރާނުގެ އިސްފަހާން ޔުނިވަރސިޓީ އޮފް މެޑިސިންގެ ޞިއްޙީ ދާއިރާގެ މާހިރުންނެވެ.

ސަރވިކަލް ކައިފޯސްކޯލިއޯސިސް (ސީކޭއެސް)، ނުވަތަ "ޑްރޮޕްޑް ހެޑް ސިންޑްރޯމް" އަކީ ކަރުގެ އެކްސްޓެންސަރ މަސްތައް ބަލިކަށިވެ، ބޯ ހިފެހެއްޓުމަށް ނުކުޅެދުމުގެ ސަބަބުން ދިމާވާ ނުރައްކާތެރި ޞިއްޙީ ޙާލަތެކެވެ.

މި ޙާލަތު އާންމުކޮށް ދިމާވަނީ މައިޓޮކޮންޑްރިއަލް މަޔޮޕަތީ، ކޮންޖެނިޓަލް މަޔޮޕަތީ، މޯޓަރ ނިއުރޯން ބަލި، ނުވަތަ އާދަޔާ ޚިލާފަށް ބޮޑު ބޯ ފަދަ އެނަޓޮމިކަލް އާދަޔާ ޚިލާފު ކަންތައްތަކާ ގުޅިގެންނެވެ.

ނަމަވެސް އިރާނުގެ ޔުނިވަރސިޓީގެ ޞިއްޙީ މާހިރުން އައު ގޮތަކަށް ރެކޯޑުކޮށްފައިވާ މި ހާލަތުގައި އަހަރުތަކެއް ވަންދެން މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުން ސީކޭއެސް ޖެހިފައިވާކަން ފާހަގަކޮށްފައިވެއެވެ.

23 އަހަރުގެ ނަން ހާމަނުކުރާ މަރީޟާ ވަނީ "އިޖްތިމާޢީ އަދި އިޤްތިޞާދީ ގޮތުން ފަހަތަށް ޖެހިފައިވާ" މީހެއްގެ ގޮތުގައި ބަޔާންކޮށްފައެވެ. އަދި އޭނާގެ "މެޑިކަލް ހިސްޓްރީގައި މޭޖަރ ޑިޕްރެސިވް ޑިސޯޑަރ އަދި ހެރޮއިން، އަފިހުން އަދި އެމްފެޓަމީންސް ފަދަ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާކަން" ހިމެނެއެވެ. އިސްފަހާން ޔުނިވަރސިޓީ އޮފް މެޑިސިންގެ ޞިއްޙީ މާހިރުން ފާހަގަކޮށްފައިވާ ގޮތުގައި "އެމްފެޓަމީން ބޭނުންކުރާ ކޮންމެ ފަހަރަކު، މަރީޟާ ދިގު މުއްދަތަކަށް ކައިފޯޓިކް ނެކް ޕޮޒިޝަނެއްގައި ހުންނަކަމާއި، މިކަމުގެ ސަބަބުން އޭނާގެ ކަރުގެ އެލައިންމަންޓް ބަދަލުވަމުން ގޮސްފައިވާކަން" ފާހަގަކޮށްފައިވެއެވެ.

ޞިއްޙީ މާހިރުން ރިޕޯޓުކޮށްފައިވާ ގޮތުގައި 23 އަހަރުގެ މަރީޟާ ވަނީ އެކި ބާވަތުގެ ބޭސް އަދި ހާބަލް ފަރުވާތައް ކޮށްފައެވެ. ނަމަވެސް އޭގެ އެއްވެސް ފަރުވާއަކުން އޭނާގެ ހާލަތަކަށް ލުޔެއް ނުލިބުނެވެ. އެހެންކަމުން އެންމެ ފަހުން އޭނާ ވަނީ އިތުރު ފަރުވާއަށް ބޭނުންވެފައެވެ. ސަރޖަރީއަށްފަހު، އޭނާއަށް ވަރަށް ގިނަ ސައިޑް އިފެކްޓްސްތައް ދިމާވިއެވެ. އަދި އޭނާއަށް މަސްތުވާތަކެތި ދޫކޮށްލެވުނެވެ. އެއް އަހަރު ފަހުން ބެލިއިރު، ކަރުގެ އެލައިންމަންޓް އަދި ސަރވިކަލް ސްޕައިންގެ ޕޮޒިޝަން ރަނގަޅުވެފައިވާކަން ފާހަގަކުރެވުނުކަމަށް ސިއްހީ މާހިރުން ވަނީ ބުނެފައެވެ.

މަސްތުވާތަކެތި ބޭނުންކުރުމާއި ޑްރޮޕްޑް ހެޑް ސިންޑްރޯމްއާ ދެމެދު ކުރިން ރެކޯޑުކުރެވިފައިނުވާ ގުޅުމަށް "އިންޓޮކްސިކޭޓެޑް ސިންޑްރޯމް" މިނަން ދީފައިވެއެވެ. މި ދިރާސާއިން ފާހަގަކުރެވުނު ކަންތައްތަކުން، މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުން ޖިސްމާނީ ގޮތުން ކުރިމަތިވެދާނެ އިތުރު ނުރައްކާތަކަށް އަލިއަޅުވާލައެވެ. އަދި މިފަދަ ޙާލަތްތަކުގައި އަވަސް ޞިއްޙީ ފަރުވާ ހޯދުމުގެ މުހިންމުކަން ހާމަކޮށްދެއެވެ.

ލައިފްސްޓައިލް

އިތުރަށް ←