ބުދަ، 18 ނޮވެމްބަރު 2026
ލައިފްސްޓައިލް

އަނަންޔާ އާއި ލަކްޝްޔާގެ "ޗަންދް މޭރާ ދިލް" ގެ ޓްރެއިލާ ރިލީޒްކޮށްފި

ބޮލީވުޑްގެ ޒުވާން ތަރިން ކަމަށްވާ އަނަންޔާ ޕާންޑޭ އާއި ލަކްޝްޔާ ---
ބޮލީވުޑްގެ ޒުވާން ތަރިން ކަމަށްވާ އަނަންޔާ ޕާންޑޭ އާއި ލަކްޝްޔާ ---

ބޮލީވުޑްގެ ޒުވާން ތަރިން ކަމަށްވާ އަނަންޔާ ޕާންޑޭ އާއި ލަކްޝްޔާ ލީޑް ރޯލުން ފެނިގެންދާ އާ ލޯބީގެ ފިލްމު "ޗަންދް މޭރާ ދިލް" ގެ އޮފިޝަލް ޓްރެއިލާ އާންމުކޮށްފިއެވެ.

ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަންސްއިން އުފައްދާ، ވިވެކް ސޯނީ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ މި މަހުގެ 22 ވަނަ ދުވަހު ސިނަމާތަކަށް ގެނައުމަށް ހަމަޖެހިފައިވާ ފިލްމެކެވެ.

މި މަހުގެ 11 ވަނަ ދުވަހު ނެރުނު މި ޓްރެއިލާއިން ފެންނަނީ ކޮލެޖް ދުވަސްވަރުގެ ފުރަތަމަ ލޯބީގެ ފޮނި ހަނދާންތަކުން ފެށިގެން، އެ ގުޅުމުގެ ތެރޭގައި ދިމާވާ ހިތްދަތި ހާދިސާތަކެކެވެ. ފިލްމުގެ މޭކަރުން ބުނާ ގޮތުގައި މިއީ މި ޒަމާނުގެ "ޓޮކްސިކް" ރިލޭޝަންޝިޕެއްގެ މައްޗަށް ބިނާކޮށް، މާފުކުރުމާއި ވަކިވުން ފަދަ ކަންކަން ދައްކުވައިދޭ "ޕާފެކްޓް ނޫން" ލޯބީގެ ވާހަކައެކެވެ.

https://youtu.be/rRQ8oKCoYrQ?si=8rc9JlggKH6-9LDK

ޓްރެއިލާގައި ލަކްޝްޔާގެ ކެރެކްޓާ "އާރަވް" ކުރާ ބޮޑު ގޯހެއްގެ ސަބަބުން، އަނަންޔާގެ ކެރެކްޓާ "ޗާންދްނީ" އާ އޮތް ގުޅުން ރޫޅިގެންދާ މަންޒަރު ފެނިގެންދެއެވެ. މި ގޯހަކީ އޭނާގެ އަމިއްލަ ކޮއްކޮއަށް ވެސް މާފުނުކުރެވޭ ވަރުގެ ބޮޑު ކަމެއްގެ ގޮތުގައި ސިފަކޮށްފައިވާއިރު، ފިލްމުގެ ޓެގްލައިން ކަމަށްވާ "ޕިޔާރް މޭ ތޯޑާ ޕާގަލް ހޯނާ ހީ ޕަޑްތާ ހައި" އިން އިޝާރާތް ކުރަނީ ލޯބީގައި މީހާ މޮޔަވާން ޖެހޭ މިންވަރަށެވެ.

މި ފިލްމުގެ މިއުޒިކް ތައްޔާރުކޮށްފައިވަނީ ސަޗިން-ޖިގަރް އެވެ. އަމީތާބް ބަޓަޗާރިޔާގެ ޅެމަށް ފަހީމް އަބްދުﷲ ކިޔާފައިވާ "ޗަންދް މޭރާ ދިލް" ގެ ޓައިޓަލް ޓްރެކާއި، ދެ ތަރިންގެ މެދުގައި އޮތް ކެމިސްޓްރީއަށް ސޯޝަލް މީޑިއާގައި މިހާރުވެސް ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ.

އަނަންޔާ އާއި ލަކްޝްޔާ ފުރަތަމަ ފަހަރަށް އެކުގައި ފެންނަ މި ފިލްމުގައި މަނީޝް ޗައުދަރީ އާއި އިރަވާތީ ހަރްޝޭ ފަދަ ތަރިންވެސް މުހިންމު ރޯލުތަކުން ފެންނާނެއެވެ. މި ފިލްމަކީ އަމިއްލަ އިއްޒަތާއި، ދެވަނަ ފުރުސަތުގެ މައްޗަށް ބިނާކޮށް ޒުވާނުންނަށް ހާއްސަކޮށްގެން ގެނެސްދޭ ޑްރާމާއެކެވެ.

ލައިފްސްޓައިލް

އިތުރަށް ←