ބުދަ، 18 ނޮވެމްބަރު 2026
ލައިފްސްޓައިލް

ސިނަމާގައި ނުދައްކާ މަންޒަރުތަކާއެކު "ދުރަންދަރު 2" މިއަދު ނެޓްފްލިކްސްއަށް

ސިނަމާގައި ނުދައްކާ މަންޒަރުތަކާއެކު "ދުރަންދަރު 2" މިއަދު ނެޓްފްލިކްސްއަށް

ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ފިލްމު "ދުރަންދަރު: ދަ ރިވެންޖު" ގެ ހާއްސަ ވާޝަނެއް، ސިނަމާތަކުގައި ނުދައްކާ އާ މަންޒަރުތަކާއެކު މިއަދު ނެޓްފްލިކްސް މެދުވެރިކޮށް ސްޓްރީމްކުރަން ފަށައިފިއެވެ.

މި ފިލްމު އިންޑިއާ ފިޔަވައި ދުނިޔޭގެ އެހެން ހުރިހާ ގައުމެއްގައި ނެޓްފްލިކްސް އިން ބަލާލެވޭނެ އިރު، އިންޑިއާގެ ބެލުންތެރިންނަށް މި ފިލްމު ފެންނާނީ ޖިއޯ ހޮޓްސްޓާ މެދުވެރިކޮށެވެ.

"ދުރަންދަރު: ދަ ރިވެންޖު (ރޯ އެންޑް އަންދޭކާ)" ގެ ނަމުގައި ރިލީޒްކުރި މި ވާޝަނަކީ ސިނަމާގައި ދެއްކި ފިލްމަށް ވުރެ ތިން މިނެޓު ދިގު، "އަންކަޓް" ނުވަތަ ސެންސަރު ނުކުރާ ވާޝަނެކެވެ.

ޖުމްލަ 3 ގަޑިއިރާއި 52 މިނެޓުގެ ދިގުމިނެއް ހުންނަ މި ފިލްމުގައި، ކުރިން އުނިކޮށްފައިވާ ބައެއް ވަރުގަދަ ޑައިލޮގްތަކާއި އަނިޔާވެރި މަންޒަރުތައް ހިމެނޭތީ، މިއީ މާ ބިރުވެރި އަދި އަސަރުގަދަ ވާޝަނެއްގެ ގޮތުގައި ވަނީ އިޝްތިހާރުކޮށްފައެވެ.

ރާއްޖެ ގަޑިން މިއަދު މެންދުރުފަހު 1:00 އިން ފެށިގެން ބަލާލެވޭ މި ފިލްމަކީ އަދިތުޔަ ދާރު ޑައިރެކްޓްކޮށް، ދުނިޔޭގެ ބޮކްސް އޮފީހުގައި 212 މިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް މިހާތަނަށް ހޯދާފައިވާ ފިލްމެކެވެ.

ރަންވީރު ސިންގް ލީޑް ރޯލުން ފެންނަ މި ފިލްމުގެ ތަރިންގެ ތެރޭގައި އަކްޝޭ ކަންނާ، އަރުޖުން ރާމްޕާލް، ސަންޖޭ ދަތު، އާރް މާދަވަން އަދި ސާރާ އަރުޖުން ފަދަ މަޝްހޫރު ފަންނާނުން ހިމެނެއެވެ.

ލައިފްސްޓައިލް

އިތުރަށް ←