ބުދަ، 18 ނޮވެމްބަރު 2026
ލައިފްސްޓައިލް

ބޮލީވުޑް ގުޑުން އަރުވައިލާނެ ބޮޑު ސިއްރެއް: މަދޫރީ އާއި އަނިލް ކަޕޫރު އެނބުރި އަންނަނީ!

ސުރޭޝް ތުރިވޭނީ ބުނީ އެއީ ހުވަފެނެއްފަދަ ކަމެއް ކަމަށް ---
ސުރޭޝް ތުރިވޭނީ ބުނީ އެއީ ހުވަފެނެއްފަދަ ކަމެއް ކަމަށް ---

ބޮލީވުޑް ގުޑުން އަރުވައިލާނެ މި ބޮޑު ސިއްރު ފާޅުވެގެންދިޔައީ، ނެޓްފްލިކްސްއިން ކުރިއަށް އޮތް ޑާކް ކޮމެޑީ ފިލްމު "މާ ބެހެން" ގެ ޓްރެއިލާ ދައްކާލުމަށް ބޭއްވި ރަސްމިއްޔާތުގައި، ބޮލީވުޑްގެ މަޝްހޫރު ޖޯޑު ކަމަށްވާ މަދޫރީ ޑިކްސިޓް އާއި އަނިލް ކަޕޫރު އެކުގައި ފެންނާނެ އައު ފިލްމެއްގެ އިޝާރާތެއް ޑައިރެކްޓަރު ސުރޭޝް ޓްރިވޭނީ ދިނުމުންނެވެ.

މި އަހަރުގެ ތެރޭގައި މި ދެ ތަރިންނާއެކު ވަކިވަކި މަޝްރޫޢުތަކެއްގައި މަސައްކަތް ކޮށްފައިވާ ސުރޭޝް ހާމަކުރި ގޮތުގައި، މި ދެ ފަންނާނުން އެކުގައި އަލުން ސްކްރީނަށް ގެނައުމަކީ އޭނާގެ ވަރަށް ބޮޑު ހުވަފެނެކެވެ.

އެ ހަފްލާގެ ތެރެއިން ސަޕޯޓަރުން ބޭނުންވާ ފަދަ ކޮމެޑީ ފިލްމަކުން މި ދެ ތަރިން އެކުގައި ފެނިދާނެތޯ ސުވާލު ކުރުމުން، ސުރޭޝް ވަނީ އެކަމަށް އޭނާ ހުރީ ތައްޔާރަށް ކަމަށް ބުނެފައެވެ. އަދި ފިލްމުގެ ރައިޓަރު ޕޫޖާ ތިލާނީއާއެކު މިފަދަ މަޝްރޫޢަކާ ބެހޭގޮތުން މަޝްވަރާ ކުރެވެމުންދާ ކަމަށާއި، ބެލުންތެރިންވެސް އެދެނީ މި ފޯރިގަދަ އެނބުރި އައުން ފެނުމަށް ކަމަށް އޭނާ ފާހަގކުރިއެވެ.

މި ވާހަކަތަކާ ގުޅިގެން މަދޫރީ ޑިކްސިޓްވެސް ވަނީ ހަފްލާގެ ބައިވެރިންނާ ސުވާލުކޮށް، އަނިލް ކަޕޫރާއެކު އަލުން ސްކްރީނުން ފެންނަން ބޭނުންތޯ އަހާފައެވެ. އޯޑިއަންސްގެ ފަރާތުން ލިބުނު ފޯރިގަދަ ތަރުހީބާއެކު، މަދޫރީ ހިނިތުންވުމަކާއެކު ޑައިރެކްޓަރަށް ބުނީ މިއީ އޭނާއަށް ހަވާލުކުރެވުނު އައު މަސައްކަތެއް ކަމަށެވެ.

އަނިލް ކަޕޫރާއި މަދޫރީ ޑިކްސިޓް އަކީ 80 ގެ އަހަރުތަކުގެ ފަހުކޮޅުން ފެށިގެން 90 ގެ އަހަރުތަކާ ހަމައަށް ބޮލީވުޑްގައި އެންމެ ކާމިޔާބު އެއް ޖޯޑެވެ. އެގޮތުން "ތޭޒާބު"، "ރާމް ލަކަން"، "ބޭޓާ" އަދި އެންމެ ފަހުން 2019 ގައި ރިލީޒްކުރި "ޓޯޓަލް ދަމާލް" ފަދަ ފިލްމުތަކުން މި ދެ ތަރިންގެ ފުރިހަމަ ކެމިސްޓްރީ ވަނީ ބެލުންތެރިންނަށް ދައްކާލާފައެވެ.

ޑައިރެކްޓަރު ސުރޭޝް ޓްރިވޭނީ މިހާރު ތައްޔާރުވަމުންދަނީ އޭނާގެ އައު ފިލްމު "މާ ބެހެން" ރިލީޒް ކުރުމަށެވެ. މަދޫރީ ޑިކްސިޓްގެ އިތުރުން ތުރިޕްތީ ދިމްރީ، ދަރްނާ ދުރްގާ އަދި ރަވީ ކިޝަން މުހިންމު ރޯލުތަކުން ފެންނަ މި ފިލްމު އަންނަ ޖޫން މަހުގެ 4 ވަނަ ދުވަހު ނެޓްފްލިކްސް މެދުވެރިކޮށް ބެލުންތެރިންނަށް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.


ލައިފްސްޓައިލް

އިތުރަށް ←