އާސެނަލްގެ ހުވަފެން ފެނަށް، ޖެހިޖެހިގެން ދެވަނަ ފަހަރަށް ޕީއެސްޖީން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފި
ޔޫރަޕުގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތުގެ ތަށީގެ ހުވަފެނެއްގައި ތިބި އާސެނަލްގެ ކުޅުންތެރިންނާއި ސަޕޯޓަރުންގެ އުންމީދުތައް ފިސްފިސްކޮށްލުމަށްފަހު، ޖެހިޖެހިގެން ދެވަނަ ފަހަރަށް ޕީއެސްޖީން ޔޫރަޕުގެ ރަސްކަން ހޯދައިފިއެވެ. މިރޭ ކުޅުނު ފޯރިގަދަ ފައިނަލް މެޗު ޕީއެސްޖީން ކާމިޔާބުކުރީ ޕެނަލްޓީގައި އާސެނަލްގެ މައްޗަށް ކުރިހޯދައިގެންނެވެ.
މެޗުގެ ފުރަތަމަ ހާފު ފަށައިގެން ވަރަށް ކުރީކޮޅު، 6 ވަނަ މިނެޓުގައި އާސެނަލް އަށް ކުރިހޯދައިދިނީ އެ ޓީމުގެ ފޯވާޑް ކައި ހަވާޓްޒް އެވެ. މި ލަނޑަކީ ޕީއެސްޖީގެ ތަޖުރިބާކާރު ޑިފެންޑަރު މާކުޝީނިއޯސް އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން ހަވާޓްޒް ކާމިޔާބުކުރި ގޯލެކެވެ. މުޅި މެޗުގައިވެސް ދެ ޓީމުގެ ފަރާތުން ފެނިގެންދިޔައީ ވަރަށް ހަމަހަމަ އަދި ވާދަވެރި ކުޅުމެކެވެ.
Ads by MACL
