10 ސުވާލު މިފަހަރު ޢީދު ތަރި ޝިޔާމަށް: މިއުޒިކްގެ ރިދަމަށް އޭނާ ލައްވާލާ ބަޑިތަކުގެ ސިއްރު ޝިޔާމްގެ ދުލުން!
މިއަހަރުގެ އަޟްޙާ އީދުގެ އުފާވެރި ހަރަކާތްތައް މުޅި ރާއްޖޭގައި ފޯރިއާއެކު ކުރިއަށްދިޔައިރު، "ވިޔަސް ހެވޭ، ނުވިޔަސް ހެވޭ" މި ލަވައަށް ދިވެހި ޒުވާނަކު ހުށަހަޅައިދިން ފޯރިގަދަ ނެށުމުގެ ވީޑިއޯއެއް މީސްމީޑިއާގައި ވަނީ ބޮޑު މަގުބޫލުކަމެއް ހޯދާފައެވެ. ގިނަ ބައެއްގެ ސަމާލުކަން ދަމައިގަތް މި ހިތްގައިމު ހަރަކާތްތަކަކީ، މިފަހަރުގެ އީދުގައި އާންމުންގެ މެދުގައި އެންމެ ބޮޑު މަގުބޫލުކަމެއް ލިބިގެންދިޔަ އެއް މަންޒަރެވެ.
މީސްމީޑިއާގެ އެކި މަންސަތަކުގައި ހަލުވިކަމާއެކު ދައުރުވަމުންދާ މި ވީޑިއޯއަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ. އެތައް ސަތޭކަ ބަޔަކު މި ވީޑިއޯ ހިއްސާކުރަމުންދާއިރު، އެ ޒުވާނާގެ ފަރި ހަރަކާތްތަކާއި ހުނަރަށް ތައުރީފުކޮށް ގިނަ ބަޔަކު ދަނީ ޝުއޫރުތައް ފާޅުކުރަމުންނެވެ.
ހއ. ބާރަށަށް އުފަން، އުމުރުން 38 އަހަރުގެ ހުސެއިން ޝިޔާމުގެ ނަމަކީ ގިނަ ބަޔަކަށް ބީރައްޓެހި ނަމަކަށް ވެދާނެއެވެ. ނަމަވެސް، އަޟްޙާ އީދުގެ ފޯރިގަދަ ކުޅިވަރުތަކުގެ ތެރެއިން ރ. އުނގޫފާރުގެ މަގުމަތީގައި "ވިޔަސް ހެވޭ، ނުވިޔަސް ހެވޭ" މި ލަވައަށް ފާހަގަކޮށްލެވޭ ނެށުމެއް ހުށަހަޅައިދިން ޝިޔާމަކީ، މިހާރު މުޅި ރާއްޖެއަށް މަޝްހޫރުވެފައިވާ ހުނަރުވެރިއެކެވެ. އޭނާގެ އެ ހިތްގައިމު ހުށަހެޅުމާއެކު، މިއަދު އޭނާ ނުދަންނަ މީހަކު މަދުވާނެކަން ކަށަވަރެވެ.
Ads by BMLމިކަމާއިއެކު ޖީލުން ވަނީ ޝިޔާމަށް 10 ސުވާލު ކުރިމަތިކޮށްފައެވެ.
1- މިފަހަރުގެ އީދުގައި މުޅި ރާއްޖެއަށް ސަމާލުކަން ލިބި ސޯޝަލް މީޑިއާގެ ސްޓާރަކަށް ވެގެންދާނެކަމަށް ދުވަހަކުވެސް އުންމީދު ކުރިންތޯ؟
އެއްވެސްވަރަކަށް އުންމީދެއް ނުކުރަން.
2- ނެށުމުގެ މި ހުނަރަކީ އަމިއްލައަށް ދަސްކުރި ހުނަރެއްތޯ؟ ނޫނީމި ކުޑައިރުއްސުރެ ހަށިގަނޑުގަ ހުރި ގުދުރަތީ ހުނަރެއްތޯ؟
އެދެންހަމަ ގަބޫލުކުރެވެނީ ހަމަ ގުދުރަތީ ހުނަރެއްކަމަށް. ދެން ދަސްކުރާކަށް އިތުރަށް އެއްވެސް ކަމެއް ނުކުރަން. ނަށާތަން ވަރަށް ބަލަން މީހުން. އެ ކޮޕީކުރެވޭތޯ. ނުވަތަ އަމިއްލަ އެހެން ބީޓަށް ނެރޭތޯ ބަލާލަނީ. ދެން ގަބޫލުކުރެވެނީ ކުޑައިރުއްސުރެ ކަށީގަ ހިފާފަ ހުރި ކަމެއްގެ ގޮތުގަ
3- އުނގޫފާރުގެ އީދު ހަރަކާތްތަކުގެ ތެރެއިން ޝިއާމް ލައްވާލާ ބަޑިތަކަށް އާއްމުންގެ ބޮޑު ތަރުހީބެއް ލިބުނު އިރު އެ ހަރަކާތަށް އެހާ ފުރިހަމައަށް ގެނެސް ދިނުމަށް ކިހާވަރެއްގެ ތައްޔާރީތަކެއްތޯވީ؟
އަޅުގަނޑަކީ އަބަދުވެސް ހަމަ ސްޓައިލްތަކަށް ނަށާ މީހެއް. މީހުން ދައްކަނީ އެއްކަލަ ފޭޝަލް އެކްސްޕްރެޝަންނާ، ހިނިއައިސް ހުންނަ ހުރުމާ، އެއާ ސީރިއަސްނުވެ، އޯޑިއެންސާ ކަނެކްޓްވެގެން ނަށާތީ. އެ ސްޓައިލްތަކަށް ނެށޭތޯ ބެލީ މިފަހަރު.
4- އެހެންވީމަ އަމިއްލަ ތައްޔާރުވެގެން ކުރިއަށް ދިޔަ ހަރަކާތެއް ދޯ މީ؟
ނޯ މީ ފަހުން އެ މަޝްހޫރުވެގެން އުޅޭ ލަވައަކީ އެއްވެސްވަރަކަށް ޕްރެކްޓިސް ކުރި ލަވައެއްވެސް ނޫން. އެކަމު އެރޭ ދެން އެއްކަލަ ހަރަކާތްތައް ތަންކޮޅެއް މަދުވީމަ އަޅުގަނޑުމެން ގްރޫޕުގެ މި ޖަމްއިއްޔާގެ ރައީސްވެސް ދެން އޭނަގެ ރިކްއެސްޓަކަށް އެ ލަވަ ޖަހާލާފަ ނަށަން އެރީ. އަނެއްހެން ތައްޔާރު ވާން ކުރިއަކުން އެއްވެސް ކަމެއް ނުކުރަން.
5- އާންމުކޮށް އަންހެނުންކުދިންގެ ނަށުމުގެ ވާހަކަ ދައްކާ އީދެއްގައި ފިރިހެން ބޭފުޅެއްގެ ގޮތުގައި ކުރި ހޯދުމުން ކޮބައިތޯ ވީ އިހުސާސްތަކަކީ؟
އަސްލު ހަމަ އެއްވެސް ވަރަކަށް އެކްސްޕެކްޓެއް ނުކުރަން މިހެން ވާނެކަމަށް. އެކަމަކު މިހެން މިހާ ބޮޑަށް ފޭމަސް ވީމަ ވަރަށް ކުރީގަ ރައްޓެހިން އެބަ ގުޅާ އަޅުގަނޑަށް. ސްކޫލް ދައުރުގަ އުޅުނު ރައްޓެހިންނާއި ދެން އޭރުގަ ވަރަށް ދުވަސްވީ ރައްޓެހިން ގުޅާ. ގުޅާނޭ ހިތްތައް ނާރާ ކަހަލަ މީހުން އެބަ ގުޅާމިހާރު. އެ އެކަމާ ވަރަށް ހިތްހަމަޖެހޭ އުފާވޭ. އަނެއްހެން ބުނަނީނަމަ ފޭން ބޭސްއެއް އޮންނަނީ. ހާއްސަކޮށް ފެމިލީ އަން ލިބޭ ސަޕޯޓު ވަރަށް ހަމަ އުފާވެ ހިތްހަމަޖެހޭ. ދެން މިރަށުގަވެސް މި ރަށުރައްޔިތުންގެ ފަރާތުންވެސް، ހަމަ ފެންނަ ކޮންމެ މީހަކުވެސް ހަމަ ވަރަށް ސަޅިއޭ ވަރަށް ރީއްޗޭ އެހެން ބުނެލީމަ ހިތްހަމަޖެހޭ. ދެން ފިރިހެނެއް ވީމަ އެއްނޫންކަންނޭނގެ. އިންސާނަކަށް ވީތީ ކޮންމެ މީހަކަށްވެސް ތަޢުރީފު ކުރީމަ ލިބޭ ހިތްހަމަޖެހުމެއް އެއީ ސޯޝަލް މީޑިއާގަ ޝިޔާމްގެ ވީޑިއޯތައް ވައިރަލްވެ، އެންމެން އާޝޯޚު ކޮށްލުމަށް ލިބުނު ކޮމެންޓްތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ކޮން ކޮމެންޓެއްތޯ؟ އޭގަ ދެން ހަމަ ވަރަށް ގިނަ ކޮމެންޓްސް އެބަހުރި ހިތްހަމަޖެހޭ. ދެން ވަކި ކޮމެންޓެއް އަޅުގަނޑަށް މިވަގުތު ބުނާކަށް ނޭނގޭ. ހަމަ ތަޢުރީފުކޮށްފަ ހުރި ހުރިހާ ކޮމެންޓަކާ ދޭތެރެއިން ހިތްހަމަޖެހޭ.
6- ދެން ނެށުމުގެ ދާއިރާއިން ކުރިއަށްދިއުމުގެ ވިސްނުމެއް ނުވަތަ މުސްތަޤުބަލުގަ މިފަދަ އިތުރު ޙަރަކާތްތަކަކުން ޝިޔާމް ފެނިގެންދާނެތޯ؟
ހަމަ އެއްވެސް ގޮތަކަށް ނުވިސްނަން. މި ކަމުން އާމްދަނީ ހޯދައިގެން މި ފީލްޑެއްގެ ގޮތުގަ އަޅުގަނޑު ކެރިއަރެއްގެ ގޮތުގަ މިކަން ކުރިއަކަށް ގެންދާނެއެކޭ. އެކަމަކު އީދެއް އަންނައިރު އޮކޭޝަނަލީ ސަގާފީ ހަރަކާތްތަކަށް އެހެން ކައުންސިލުން ނޫނީ ރަށުން ރިކުއެސްޓެއް ކޮށްލީމާ ކޮށްދޭނަން. މި އުޅެނީ އަޅުގަނޑު އަމިއްލަ އުފަލަކަށް. އޮފީސް މާހައުލުގަ ޒިންމާދާރު ވަރަށް ރެސްޕޮންސިބަލް މީހެއްގެ ގޮތުގަ އަޅުގަނޑު މަސައްކަތް މިކުރަނީ. އެހެންވެ ވަޒީފާގެ ގޮތުގަ އަޅުގަނޑަށް އެ ޓައިމްއެއް ނުދެވޭނެ.
7- އީދުގަ މި ތަޖުރިބާތަކުގެ ތެރެއިން އެންމެ ހަނދާން ނުނެތޭނެ ކަމަކީ ކޮބައިތޯ؟
މީގަ ހަމަ ވަރަށް ހަނދާންވާނެ އަޅުގަނޑުމެންގެ ޓީމު. އަޅުގަނޑުމެންގެ ސައިފް ޖަމްއިއްޔާ. ހާއްސަކޮށް މި އިވެންޓު ލީޑުކުރި މީހުން އަޅުގަނޑަށް ދިން ސަޕޯޓާ އެކު، ނުނަށާ ތިބި މީހުން، ސްޓޭޖުގަ ނޫނީ އޭނުން އެކަހަލަ އިވެންޓެއްގެ ވެސް ނަފާ ނެތް ބައިވެރިން ހާއްސަކޮށް ޝަރީފްބެމެން އަޅުގަނޑު ބުނި ބުނުމަށް އެމީހުން އައިސް ނަށާ ދިނީތީ އެކަން ފާހަގަކުރަން. އެމީހުން ދެއްކި ޕާފޯމަންސް. ދެން ޓީމެއްގޮތުގަ އަޅުގަނޑުމެން މަސައްކަތެއް ކުރީ އެއީ ދެތިން ދުވަހު ވަރަށް މަޖާކޮށް ވަރަށް ފަން ކޮށް އެ މީހުން ދިން ސަޕޯޓްއަށް ވަރަށް ހަނދާން ވާނެ. ދެން ހާއްސަކޮށް މި ޕްރޮމޯޓް ކުރަންވެގެން އުނގޫފާރު.ކޮމްގަ އެކޮށްދިން މަސައްކަތް ހަމަ ހަނދާން ހުންނާނެ. ޓިކްޓިކް ގަޔާ، މި ފޭސްބުކް ޕޭޖްގަޔާ. އެ ދެން އަނެއްހެން ބުނަންޏާ، އެ ހާއްސަވާނެ. މި ޓީމު ވަރަށް މިސްވާނެ. ވަރަށް ހަނދާންވާނެ. ހާއްސަކޮށް ނިޔާޒް، މަތީނު،
8- ޝިޔާމް ފަދަ މޮޅުއެތި އެހެން ނަމަވެސް ފުރުސަތު ނުލިބި ތިބި ޒުވާނުންނަށް ދޭން ބޭނުންވަނީ ކޮން މެސެޖެއްތޯ؟
މީގަ ދެން ހަމަ އަޅުގަނޑު އެކްސްޕީރިއެންސް، ގިނަ މީހުން ލަދުގަންނަނީ ކަންނޭނގެ، ގިނައިން މީހުން ތިބޭ ތަނެއްގަ ނަށަން ޖެހޭ ތީ. މީގަ ފުރުސަތު ލިބިއްޖިއްޔާ، ހަމަ ޕްރެކްޓިސްކޮށްގެންގޮސް ކުރިމަތިލަންވީ، އަނެއްހެން ބުނަންޏާމު މަޝްހޫރު ނުވިޔަސް، ސަގާފީ ހަރަކާތްތަކުގަ އުޅުމާ ފީލްޑެއްގޮތުގަ ޗޫޒް ކޮށްގެން ކުރިއަށް ދާން ހަމަ ރަނގަޅު ފީލްޑެއް އަޅުގަނޑު ގަބޫލުކުރާ ގޮތުގަ، މީ ހަމަ މިރާއްޖޭގަ ސަގާފީ ހަރަކާތްތައް ކުރިއަށް ގެންދާ ޒުވާނުންތަކަކަށް ނިސްބަތްކޮށް ކުރަންވީ ކަމެއް. ތަންކޮޅެއް ކުރީގެ ޖީލު އުމުރުން ދުވަސްވީ މީހުން މިސާލަކަށް ނަން މަޝްހޫރު ދިއްގަރު ގުރޫޕު ނޫނީ ތޮއްޑޫ ބަނޑިޔާ ގުރޫޕު މިއީ މީގެ ކުރިން ވަރަށް މަޝްހޫރުވެގެން ދިޔަ ބައެއް.
ފަންކްޝަންތައް ބާއްވާއިރު ޒުވާނުންނަށް ވަރަށް ބޮޑަށް އެނގޭނެ މިކަހަލަ ފުރުޞަތު ހުރި ރިސޯޓްތައް ނުވަތަ ސަޖާފި ހަރަކާތްތައް ކުރިޔަށް ގެންދަން ޑިމާންޑް އޮންނަ ތަންތަން. އެހެންވީމަ ހަމަ ޒުވާނުންނަށް ވަރަށް ބޮޑަށް ހިތްވަރު ދެން މިކަހަލަ ކަންކަން ކުރަން. އެހެންވެ ސްކިލްއެއް ހުރެގެން އުޅޭއިރެއް އެ ކޮންމެ ކަމެއް ކުރިޔަސް އެ ކަމުގެ ތެރެއަށް ވަދެގެން ހަމަ ރަނގަޅު ގޮތުގަ އެކަންކޮށްފިއްޔާމު ޒުވާނުންނަށް ރަނގަޅު ފީލްޑެއް މީ
މުސްތަގުބަލުގައި މިފަދަ ދާއިރާއަކުން އަމިއްލަ ގްރޫޕެއް ހަދައިގެން ކުރިއަށްދާ ކަހަލަ ވިސްނުމެއް ހުރިތޯ ބެލުމަށް ކުރި ސުވަލަށް ޖަވާބު ދެމުން އޭނާ ބުނެފައިވަނީ ދުވަހަކުވެސް އެކަހަލަ ހިޔާލެއް ނުގެން ގުޅޭ ކަމަށާއި އޭނާ އަބަދުވެސް ފެންނާނީ ފުލުހެއްގެ ގޮތުގައި ސާބިތު ކަމާއެކު ގަައުމަށް ހިދުމަތް ކުރުމުގައި ހުންނަ މަންޒަރު ކަމަށެވެ. ނަމަވެސް މިފަދަ އީދުގެ ހަރަކާތްތަކުން ކުރިއަށް އޮތް ތަނުގައިވެސް އޭނާ ފެންނަމުން ދާނެ ކަމަށް ބުނެފައިވެއެވެ.
Ads by MACL
