ބުދަ، 18 ނޮވެމްބަރު 2026
ކުޅިވަރު

މެލޭޝިއާގައި ބޭއްވި "ދިވެހިންގެ ހޭންޑްބޯޅަ ކަޕް" ފޯރިއާއެކު ނިންމާލައިފި؛ ޗެމްޕިއަންކަން އާރްޑީއެލް އަދި އާޖީލަށް!

މެލޭޝިއާގައި ބޭއްވި "ދިވެހިންގެ ހޭންޑްބޯޅަ ކަޕް" ފޯރިއާއެކު ނިންމާލައިފި؛ ޗެމްޕިއަންކަން އާރްޑީއެލް އަދި އާޖީލަށް!

މެލޭޝިއާގައި ދިރިއުޅޭ ދިވެހި އާއިލާތަކާއި ކިޔަވާކުދިންގެ މެދުގައި އޮންނަ އެކުވެރިކަމާއި ބަދަހިގުޅުން އިތުރަށް ވަރުގަދަކުރުމުގެ މަގުސަދުގައި ކުރިއަށްގެންދިޔަ "ދިވެހިންގެ ހޭންޑްބޯޅަ ކަޕް" ފޯރިގަދަ ކުޅުމަކަށްފަހު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި ހިނގާ ޖޫން މަހުގެ 6 ވަނަ ދުވަހު ބޭއްވި މި މުބާރާތުގައި ދިވެހި ކުދިން ހިމެނޭ ޖުމްލަ 9 ޓީމަކުން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފިރިހެން 5 ޓީމާއި އަންހެން 4 ޓީމެވެ. މުޅި މުބާރާތުގައިވެސް ފެނިގެންދިޔައީ ވާދަވެރި އަދި އެހާމެ ފޯރިގަދަ ކުޅުމެކެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ފޯރިގަދަ ފައިނަލް މެޗު ކާމިޔާބުކޮށް، ޗެމްޕިއަންކަން ހޯދާފައިވަނީ އާރް.ޑީ.އެލް އެސް.ސީ އެވެ. މި ޑިވިޝަނުގެ ރަނަރަޕް މަގާމު ލިބުނީ އާޖީލް ޓީމަށެވެ. ނަމަވެސް އަންހެން ޑިވިޝަނުގެ ފައިނަލްގައި މޮޅު ކުޅުމެއް ދައްކައި، އަންހެން ޗެމްޕިއަން ޓީމުގެ ލަގަބު އާޖީލް އިން ވަނީ ކާމިޔާބުކޮށްފައެވެ. އަންހެން ޑިވިޝަނުން ދެވަނަ ނުވަތަ ރަނަރަޕްކަން ހޯދީ ހަވަރު ސްޕޯޓްސްއެވެ.

ވަނަވަނައަށް ދިޔަ ޓީމުތަކުގެ އަގުވަޒަންކުރުމުގެ ގޮތުން މި މުބާރާތުގައި ވަނީ ފައިސާގެ ބޮޑެތި އިނާމުތަކެއް ދީފައެވެ. އެގޮތުން ދެ ޑިވިޝަނުންވެސް އެއްވަނަ ހޯދި ޓީމުތަކަށް 750 މެލޭޝިއަން ރިންގިޓް ހަވާލުކޮށްފައިވާއިރު، ދެވަނައަށް ދިޔަ ރަނަރަޕް ޓީމުތަކުން ކޮންމެ ޓީމަކަށް ވަނީ 300 ރިންގިޓްގެ ފައިސާގެ އިނާމެއް ދީފައެވެ.

މެލޭޝިއާގައި ތިބޭ ދިވެހިންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކޮށް، އެއްބަޔަކު އަނެއްބަޔަކާ ބައްދަލުވެ ހާލުބަލައިލުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަށް ހުޅުވާލި މި މުބާރާތަށް އެ ގައުމުގައި އުޅޭ ދިވެހިންގެ ފަރާތުން ބޮޑު ތަރުހީބެއް އަދި އެއްބާރުލުމެއް ލިބިފައިވާކަން ފާހަގަކުރެވެއެވެ.

ކުޅިވަރު

އިތުރަށް ←