ބުދަ، 18 ނޮވެމްބަރު 2026
ލައިފްސްޓައިލް

ފެންމަތީގައި ހިނގޭނެ ޚާއްޞަ ފައިވާނެއް ޗައިނާއިން އުފައްދައިފި

ފެންމަތީގައި ހިނގޭނެ ޚާއްޞަ ފައިވާނެއް ޗައިނާއިން އުފައްދައިފި

ކުޅިތަކާއި އޮމާން ފެންގަނޑުތަކުގެ މަތީގައި ފަސޭހަކަމާއެކު ހިނގާލެވޭނެ ފަދަ ޚާއްޞަ ފައިވާނެއް ޗައިނާގެ ފަރުމާކުރުންތެރިން އުފައްދައިފިއެވެ. މި އާދަޔާޚިލާފު އުފެއްދުމުގެ ސަބަބުން ފެނުގެ މަތީގައި ކޮޅަށް ހުރެގެންނާއި ހިނގާފައި އެއްތަނުން އަނެއްތަނަށް ދިއުމުގެ ފުރުޞަތު މިހާރު ވަނީ ފަހިވެފައެވެ.

މި ފައިވާނަކީ މުނިފޫހިފިލުވުމާއި، ތަފާތު ހަރަކާތްތަކާއި، އަދި ތަފާތު ކުޅިވަރެއްގެ ތަޖުރިބާ ކޮށްލަން ބޭނުންވާ ފަރާތްތަކަށް ޚާއްޞަކޮށްގެން ތައްޔާރުކޮށްފައިވާ އެއްޗެކެވެ. މީސްމީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ބޮޑުކޮށް ހުންނަ މި ފައިވާން ބޭނުންކޮށްގެން މީހުން ވަރަށް ފަސޭހަކަމާއެކު ފެންގަނޑުތަކުގެ މަތީގައި ބެލެންސް ހިފަހައްޓައިގެން ހިނގާފައިދެއެވެ.

https://twitter.com/ChinaNow24/status/2070842315678306687

ދުނިޔޭގެ ސަމާލުކަން ހޯދަމުންދާ މި އީޖާދުގެ ސަބަބުން ފެނުގެ ހަރަކާތްތަކަށް އައު ދިރުމެއް އަންނާނެ ކަމަށް ގިނަ ބަޔަކު ދެކެއެވެ. އަދި މިފަދަ އީޖާދުތަކުގެ އެހީގައި ކުރިއަށް އޮތް ތަނުގައި ނުރައްކާތެރި ހާލަތްތަކުންނާއި ހާދިސާތަކުން މީހުން ސަލާމަތްކުރުމަށް ބޭނުންކުރެވޭނެ ފަދަ އައު ޓެކްނޮލޮޖީތައް އުފެއްދިދާނެ ކަމުގެ އުންމީދު ވެސް ބައެއް ފަރާތްތަކުން ދަނީ ފާޅުކުރަމުންނެވެ.

ލައިފްސްޓައިލް

އިތުރަށް ←