ދިވެހިންގެ ލެޔާއި ކުޅެލި ”ވާދެމުން“ އަނެއްކާވެސް އަލުން އެފޯރީގައި، ރޮކްޒީން މިހުޅުވާލީ ފުރުސަތު!
2000 ވަނަ އަހަރު ތެރޭގައި ދިވެހިންގެ މެދުގައި މަގުބޫލު ހާރުދަން ވާދެމުން ވެގެންދިޔައީ ފޯރިގަދަވި ކުޅިވަރަކަށެވެ.
އަތޮޅުރަށް ތަކުގެ މެދުގައި ވަރަށް ބޮޑަށްވައިގައި ހިފި މިކުޅިވަރު އަލުން އަނބުރާ ގެނައުމަށް ރޮކްޒީން މިފެށީ އުއްމީދީ މަސައްކަތެކެވެ.

Ads by BMLއަލުން އެ ފޯރިގެނައުމަށް ވާދެމުމުގެ މުބާރާތް މިވަނީ އިއުލާންކޮށްފައެވެ. އަޞްހާ އީދުގެ މުނާސަބަތުގައި ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 07 ޖޫން 2025 ގައެވެ.
ރަށުގެ ނަމުގަވެސް ބައިވެރިވެވޭނެ. ކުލަބު ޖަމިއްޔާތަކަށްވެސް. ޖުމްލަކޮށް ހުރިހާ ޓީމްތަކަކަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިފައިވަނީ: ފިޝާވިން/ ރޮކްޒީ ރައީސް
ފިޝާވިން ޖީލަށް މައުލޫމާތު ދިން ގޮތުގައި ވާދެމުމަކީ ދިވެހިންގެެ ލެޔާއި ޖޯޝު ކައްކުވާލަދިން ކުޅިވަރެއް ކަމަށާއި، އަލުން އަނބުރާ އެކުޅިވަރު އެ ފޯރީގައި ކުރިއަށް ގެންދަން ބޭނުންވާ ކަމަށެވެ.
ފިޝާވިން އިތުރަށް ވިދާޅުވީ މިމުބާރާތް ބޭއްވުމަށް ސްޕޯޓްސް މިނިސްޓްރީއާއި އެޗްޑީސީން ދެމުންދާ އެއްބާރުލުމަށް ޝުކުރުދަންނަވާ ކަމަށެވެ. އަދި މިކުޅިވަރު އަލުން އަނބުރާ ގެނައުމަށް ސަރުކާރުގެ އެކިއެކި އިދާރާތަކުން ދެއްވަމުންގެންދަވާ އެއްބާރުލުން ވަރަށް ބޮޑަށް ފާހަގަ ކުރާކަމަށެވެ. އެފަރާތްތަކަށް ވެސް ޝުކުރު އަދާކުރާ ކަމަށެވެ.
މުބާރާތުގެ ބައިވެރިވުމުގެ ފަހު ތާރީހަކީ 25 މޭ އެވެ. ކޮންމެ ޓީމެއްގައިވެސް 10 ކުޅުންތެރިންނާއި 4 އޮފިޝަލުން ހިމެނޭނެއެވެ.
މުބާރާތުގެ މެޗުތައް އޮންނާނީ ކޮންމެ ރެއަކު 8:00 އިން 12:00 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.
މި މުބާރާތާއި ގުޅޭ އިތުރު މައުލޫމާތު 9770107 އާއި ގުޅުއްވުމުން ލިބޭނެއެވެ.
Ads by MACL
