އަހެރެމެންނަށް ވޯލްޑް ކަޕް ކާމިޔާބުވިޔަނުދޭން ބައިނަލްއަގުވާމީ ފެންވަރުގަ ބޮޑު ކެމްޕޭނެއް އެބަ ހިންގާ: ސްކަލޯނީ
އާޖެންޓީނާގެ ގައުމީ ޓީމުގެ ކޯޗު ލިއޮނަލް ސްކަލޯނީ ވަނީ އެ ޓީމާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ކެމްޕޭނެއް ހިންގަމުންދާ ކަމަށް ތުހުމަތުކޮށްފައެވެ. ސްކަލޯނީ ބުނި ގޮތުގައި ގިނަ ބަޔަކު ބޭނުންވަނީ އާޖެންޓީނާ އިން ވޯލްޑް ކަޕް ކާމިޔާބު ކުރިޔަ ނުދިނުމަށެވެ.
ސްކަލޯނީ ފާހަގަކުރި ގޮތުގައި، އާޖެންޓީނާއަށް އެހެން ޓީމުތަކަށްވުރެ ބޮޑަށް އިސްކަންދޭ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ ހަގީގަތެއް ނޫނެވެ.
"އަހަރެމެންނާ ދެކޮޅަށް ކެމްޕޭނެއް އެބަހިނގާ، އެމީހުން ބޭނުމެއް ނުވޭ އަހަރެމެން ވޯލްޑް ކަޕް ކާމިޔާބު ކުރާކަށް. އެމީހުން ބުނަނީ އަހަރެމެންނަށް އެހެން ޓީމުތަކަށްވުރެ އިސްކަންދޭ ކަމަށް،" ސްކަލޯނީ ބުންޏެވެ.
Ads by BMLނަމަވެސް މިފަދަ ވާހަކަތަކަކީ ޓީމަށް ލިބޭ ހިތްވަރެއްގެ ގޮތުގައި ބޭނުންކޮށް، އަމިއްލަ މަސައްކަތުން ކާމިޔާބީ ހޯދާނެ ކަމަށް އޭނާ ބުންޏެއެވެ.
މި މޭރުމުން ވާހަކަ ދައްކަމުން ސްކަލޯނީ ވަނީ 1986 ވަނަ އަހަރުގެ ވޯލްޑް ކަޕާ ބެހޭގޮތުން ވެސް ވާހަކަ ދައްކާފައެވެ. އެ މުބާރާތުގައި މަރަޑޯނާ އަތުން ޖެހި ލަނޑަށް އިޝާރާތް ކުރަމުން އޭނާ ބުނީ، އެ އަހަރުވެސް އާޖެންޓީނާއަށް ފީފާއިން ޚާއްސަކަމެއް ދޭ ކަމަށް ސަޕޯޓަރުންގެ ގިނަ ބަޔަކު ބުނަމުން ދިޔަ ކަމަށެވެ.
ސްކަލޯނީގެ މި ވާހަކަތަކަކީ ވަރަށް ނުރަނގަޅު ވަގުތެއްގައި ދެއްކި ވާހަކަތަކެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ. ވަކިން ހާއްސަކޮށް، މަރަޑޯނާގެ އަތުން ޖެހި ލަނޑަކީ ތާރީހީ ގޯހެއްގެ ގޮތުގައި ފާހަގަކުރެވިފައި ވަނިކޮށް، އެކަމަކީ އާދައިގެ ކަމެއްގެ ގޮތުގައި ދޭހަވާ މޭރުމަކުން ސްކަލޯނީ ވާހަކަ ދެއްކުމުން ގިނަ ބަޔަކު ވަނީ ނުރުހުންފާޅުކޮށްފައެވެ.
މި ބަޔާނުގެ ސަބަބުން ފުޓްބޯޅައިގެ ދުނިޔޭގައި ބޮޑެތި ބަހުސްތަކެއް ވަނީ އުފެދިފައެވެ. އާޖެންޓީނާއިން މިހާރު ތައްޔާރުވަމުންދަނީ ކުރިއަށް ހުރި މުހިންމު މެޗުތަކަށް ކަމަށްވާއިރު، ކޯޗުގެ މިފަދަ ވާހަކަތަކުގެ ސަބަބުން ޓީމަށް ކުރާނެ އަސަރަކާމެދު ސުވާލު އުފެދެއެވެ.
Ads by MACL
