ބުދަ، 18 ނޮވެމްބަރު 2026
ކުޅިވަރު

މިއީ ކާކުކަން އެނގޭތަ؟ 22 މޭ އަކީ ނިއުރޭޑިއެންޓާއި ދިވެހި ފުޓްބޯޅައަށް ބޮޑު ދުވަހެއް!

ދަގަނޑޭގެ ގްރެފިޓީ ނިއު ފޭސްބުކް ޕޭޖުގައި
ދަގަނޑޭގެ ގްރެފިޓީ ނިއު ފޭސްބުކް ޕޭޖުގައި

ވަޅު ޖެހިފައިވާ ރާއްޖޭގެ ފުޓްބޯޅަ އަލުން ކޮޅަށް ޖެހުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން އެފްއޭއެމުން ހުޅުވާލި ލީގު ކަޕް މިހާރު ދަނީ ކުޅެވެމުންނެވެ. މިއީ ސީޒަނަށް ފެށުމުގެ ކުރިން ޓީމްތަކަށް ތައްޔާރު ވުމަށާއި ފުޓުބޯޅައިގެ ފޯރި އަލުން ގެނައުމަށް ކުރެވޭ މަސައްކަތެކެވެ.

މުބާރާތުގައި ޖުމްލަ 05 ޓީމަކުން ވާދަކުރާ އިރު މިހާރު ސެމީގެ ބައެއް ޓީމްތައް ވަނީ ކަށަވަރުވެފައެވެ. އެގޮތުން ދިވެހި ފުޓުބޯޅައިގެ ގަދަބާރު އަދި އެންމެ ސަޕޯޓަރުން ގިނަ ނިއުރޭޑިއެންޓް ވެސް ވަނީ މި މުބާރާތުގެ ސެމީގެ ޖާގައެއް ކަށަވަރުކޮށްފައެވެ.

މުބާރާތުގެ ފުރަތަމަ މެޗުން ބަލިވި ނަމަވެސް އެޓީމް މިހާރު ދަނީ މުބާރާތުގައި ތަފާތު ދައްކަމުންނެވެ. ތަޖުރިބާ ކާރު ކޯޗު ސޮބާގެ އިރުޝާދުގެ ދަށުން ރަނގަޅު މެނޭޖްމަންޓެއް އެކުލަވާލައި ނިއުގެ ސްކޮޑް މިހާރުވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ.

ރާއްޖޭގެ އެންމެ މޮޅު ފުޓްސަލް ކުޅުންތެރިންނާއި އެކު މޮޅު ޓީމެއް ބިނާކޮށް، މޮޅު ކުޅުމެއް ދައްކަމުންދާ ނިއުއިން އަނެއްކާވެސް މިވަނީ ފުޓްބޯޅަ ސަޕޯޓަރުން ރުހޭ އަދި ސިއްސުވާލާނެ ބަދަލެއްގެ ފެށުމުގެ ކޮޅުމަތި ދައްކާލާފައެވެ.

ނިއުރޭޑިއެންޓްގެ ރަސްމީ ފޭސްބުކް ޕޭޖުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ " އަންނަނީ އަންނަނީ" އެވެ. އަދި ތާރީހެއްގެ ގޮތުގައި 22 މޭ 2025 ވަނީ ހިމަނާފައެވެ.

ތިރީގައިވާ ފޮޓޯއަކީ ހަމަ ޔަގީނުންވެސް ރާއްޖޭގެ މިހާތަނަށް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާގެ ގްރެޕިޓީއެކެވެ. އެއީ އެއްވެސް ޝައްކެއް އޮތްކަމެއް ނޫނެވެ. އެއީ އަލީ އަޝްފާގު ( ދަގަނޑޭ ) އެވެ.

އިތުރު ތައާރަފަކަށް ދިއުމުގެ ބޭނުމެއްވެސް ނެތެވެ. 22 މޭ 2025 ގައި ގަލޮލު ދަނޑަށް ވަދެ މިކަން ޔަގީންކޮށްލަމާ ހިނގާށެވެ.

ދުވަސްތަކަކަށް ފަހު ގަލޮޅު ދަނޑުން އަލީ އަޝްފާގުގެ ހުނަރު ފެންނާނެ ކަށަވަރެވެ.

ކުޅިވަރު

އިތުރަށް ←