ފީފާގެ ވިޔަފާރި ކުންފުނި އުފެއްދުމާ ދެކޮޅަށް އޭޝިއާގެ ފުޓްބޯޅަ އިދާރާ ތެދުވެއްޖެ
ފީފާގެ މުބާރާތްތަކުގެ ކޮމާޝަލް ހައްގުތަކަށް އަމިއްލަ އިންވެސްޓަރުން ވެއްދުމަށް "ފީފާ ފޯވާޑް އެންޓަޕްރައިޒް" އުފެއްދުމަށް ކުރާ މަސައްކަތާ ގުޅިގެން އުފެދިފައިވާ ނުތަނަވަސްކަމާ މެދު އޭޝިއަން ފުޓްބޯޅަ ކޮންފެޑަރޭޝަން (އޭއެފްސީ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އޭއެފްސީން ނެރުނު ބަޔާނުގައި ބަޔާނެއްގައި ވަނީ، ފީފާގެ މި ނިންމުންތަކާމެދު ޔޫރަޕުގެ ފުޓްބޯޅަ އިދާރާ (ޔުއެފާ) އާއި ކޮންކާކަފް އިން ފާޅުކުރި ކަންބޮޑުވުންތަކަށް ފުރިހަމައަށް ތާއީދުކުރާ ކަމަށާއި އެ އިދާރާތަކާއެކު ސާބިތުވެ ތިބި ކަމަށެވެ.
ފީފާ ވޯލްޑް ކަޕަކީ ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ހަރަކާތް ކަމަށްވާއިރު، މި މައްސަލައިގެ ތެރެއިން ވޯލްޑް ކަޕް ބޯއިކޮޓްކުރުމުގެ ވާހަކަ ދެކެވެން ފެށުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ. ފުޓްބޯޅަ އެފަދަ ހާލަތަކަށް ވައްޓާލެވިގެން ނުވާނެ ކަމަށް އޭއެފްސީން ބުނެފައިވާއިރު، އެ މުބާރާތުގެ އެއްބައިވަންތަކަމަށް ބުރޫއަރާފަދަ ކޮންމެ ހުށަހަހެޅުމެއް އަލުން މުރާޖާ ކުރަންޖެހޭނެ ކަމަށްވެސް އެ އިދާރާއިން ފާހަގަކުރިއެވެ. މިކަމުން ހާމަވަނީ ފީފާގެ މަޝްވަރާކުރުމާއި ކަންކަން ނިންމުމުގެ ނިޒާމުގައި ހުރި ބަލިކަށިކަމެވެ. މީގެ އިތުރުން ފީފާގެ ޖަވާބުތަކުންވެސް މައިގަނޑު ސުވާލުތަކަށް އެދެވޭ ޖަވާބެއް ލިބިފައިނުވާ ކަމަށް ބަޔާނުގައިވެއެވެ.
Ads by BMLފުޓްބޯޅައިގެ މުސްތަގުބަލަށް ބޮޑެތި އަސަރުތަކެއް ކުރާނެ މިފަދަ ބޮޑު ހުށަހެޅުމެއް ނެރެންވާނީ ކޮންފެޑަރޭޝަންތަކާއި މެންބަރު އެސޯސިއޭޝަންތައް އެކަހެރިކޮށްފައި ނޫން ކަމަށްވެސް އޭއެފްސީން ބުންޏެވެ. ބޮޑެތި ނިންމުންތައް ނިންމަންވާނީ ސާފު، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ކަމަށާއި ކަންކަން ނިންމުމަށްފަހު ހުށަހެޅުންތައް ގެނައުމަކީ ފީފާއަށް އޮންނަ އިތުބާރު ކުޑަވާނެ ކަމެކެވެ. އޭއެފްސީން ދެކޭ ގޮތުގައި މިއީ ފީފާގެ ހިންގުމުގެ ނިޒާމު އިސްލާހުކުރަން ލިބޭ ރަނގަޅު ފުރުސަތެކެވެ. ފުޓްބޯޅައިގެ މުސްތަގުބަލާ ގުޅޭ ކަންކަމުގައި ގޮތް ނިންމުމުގެ ފުރުސަތު ކޮންމެ މެންބަރަކަށްވެސް އޮންނަންޖެހޭނެއެވެ.
ހަގީގީ ޑިމޮކްރަސީއަކީ ހަމައެކަނި ވޯޓުލުމެއް ނޫން ކަމަށާއި އެއީ ދެފުށް ފެންނަ ހިންގުމަކާއި، މަޝްވަރާކުރުމާއި، މުޅި މަރުހަލާގައި ފުރިހަމައަށް ބައިވެރިވުން ކަމަށް އޭއެފްސީން ބުންޏެވެ. އެހެންކަމުން، އެކަށީގެންވާ މަޝްވަރާއާއި ބައިވެރިވުން ކަށަވަރުކުރުމަށްޓަކައި، ފީފާގެ ހިންގުމުގެ ނިޒާމު އަވަހަށް މުރާޖާކުރުމަށް އޭއެފްސީން ވަނީ ގޮވާލާފައެވެ.
Ads by MACL
