ބުދަ، 18 ނޮވެމްބަރު 2026
ލައިފްސްޓައިލް

ފްރާންސްގައި ރޯވެފައިވާ އަލިފާނާހެދި އެކްޓަރު ޖޯޖް ކްލޫނީއާއި އާއިލާ ގެދޮރު ދޫކޮށް ރައްކާތެރި ހިސާބަކަށް ބަދަލުވެއްޖެ

ކްލޫނީގެ... ބްރިގްނޯލްސްގައި ހުންނަ ޑޮމެއިން ޑޫ ކެނަޑެލްގައި ހުންނަ އޭނާގެ ރީތި ގެ ---- ފޮޓޯ: ފްރެޓް/ބެސްޓް އިމޭޖް/ބެކްގްރިޑް
ކްލޫނީގެ... ބްރިގްނޯލްސްގައި ހުންނަ ޑޮމެއިން ޑޫ ކެނަޑެލްގައި ހުންނަ އޭނާގެ ރީތި ގެ ---- ފޮޓޯ: ފްރެޓް/ބެސްޓް އިމޭޖް/ބެކްގްރިޑް

ފްރާންސްގެ ދެކުނު-އިރުމަތީ ސަރަހައްދުގައި ރޯވި ނުރައްކާތެރި އަލިފާނުގެ ހާދިސާއަކާ ގުޅިގެން، ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޖޯޖް ކްލޫނީއާއި އޭނާގެ އަނބިކަނބަލުން އަމާލް ކްލޫނީ އެ މީހުންގެ ގެދޮރު ދޫކޮށް ރައްކާތެރި ހިސާބަކަށް ބަދަލުވެއްޖެއެވެ.

ޖޯޖް ކްލޫނީއާއި އޭނާގެ އާއިލާ ދިރިއުޅެމުންދަނީ ފްރާންސްގެ ބްރިނޯލްސްގައި އޮންނަ "ޑޮމެއިން ޑު ކެނަޑެލް" ނަމަކަށް ކިޔާ ފަރުބަދަމަތީގެ އެސްޓޭޓެއްގައެވެ. 2021 ވަނަ އަހަރު ގަތް މި އެސްޓޭޓަކީ އެ އާއިލާގެ މައިގަނޑު ދިރިއުޅުން ބިނާކޮށްފައިވާ ތަނަށްވާއިރު، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފްރާންސް ސަރުކާރުން ވަނީ ކްލޫނީގެ މުޅި އާއިލާއަށް އެ ގައުމުގެ ރައްޔިތުކަން ވެސް ދީފައެވެ.

މި ހާދިސާއާ ގުޅިގެން ބްރިނޯލްސްގެ މޭޔަރު ދިދިއޭ ބްރެމޮންޑަށް ފޮނުއްވި ސިޓީއެއްގައި ކްލޫނީ ބުނެފައިވަނީ، އެ މީހުންގެ ރީތި ގެއަށް ވާނެ ގޮތެއް އެނގިފައިނުވި ނަމަވެސް، އެ ސަރަހައްދުގެ ރައްޔިތުންގެ ރައްކާތެރިކަމަށް އެދޭ ކަމަށެވެ. އަދި ކޮންމެ ގޮތެއް ވީނަމަވެސް އެ މީހުން ދެމިތިބޭނީ އެ މުޖުތަމައުގެ ބައެއްގެ ގޮތުގައި ކަމަށާއި، ރަށް އާރާސްތުކުރުމުގެ މަސައްކަތުގައި އެހީތެރިވެދޭނެ ކަމަށްވެސް އޭނާ ބުންޏެވެ.

ބުދަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ރޯވި މި އަލިފާންގަނޑު ވަނީ 130 ހެކްޓަރު (321 އޭކަރު) ގެ ސަރަހައްދަކަށް ފެތުރިފައެވެ. މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުން 600 އަށްވުރެ ގިނަ ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާއިރު، އަލިފާން ނިއްވުމުގެ މަސައްކަތުގައި އުޅުނު ސިފައިންގެ ތެރެއިން ހަތަރު މީހަކަށް ވަނީ އަނިޔާވެފައެވެ.

އެމެރިކާ ދޫކޮށް ފްރާންސަށް ދިރިއުޅުން ބަދަލުކުރި ސަބަބާ ބެހޭގޮތުން ވާހަކަދައްކަމުން ކްލޫނީ މީގެ ކުރިން ބުނެފައިވަނީ، އޭނާގެ ނުވަ އަހަރުގެ އެއްމާބަނޑު ދެ ކުދިންނަށް މީޑިއާތަކުގެ އުނދަގުލާ ނުލައި، އައިޕެޑްތަކާ ދުރުގައި އާދައިގެ މިނިވަން ދިރިއުޅުމެއް ހޯދައިދޭން ބޭނުންވާ ކަމަށެވެ.

ލައިފްސްޓައިލް

އިތުރަށް ←