ބުދަ، 18 ނޮވެމްބަރު 2026
ކުޅިވަރު

މާޒިޔާގެ އައު ކޯޗަކަށް ޗެކް ރިޕަބްލިކްގެ ތޯމަސް ޓްރުޗާ ހަމަޖައްސައިފި

މާޒިޔާގެ އައު ކޯޗަކަށް ޗެކް ރިޕަބްލިކްގެ ތޯމަސް ޓްރުޗާ ހަމަޖައްސައިފި

ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ގަދަބާރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ އިރުޝާދުގެ ދަށުން ކުރިއަށް އޮތް ސީޒަނަށް ނުކުންނާނެ އައު ކޯޗަކަށް، ޗެކް ރިޕަބްލިކްގެ ތޯމަސް ޓްރުޗާ ހަމަޖައްސައި އެކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ.

އާދީއްތަ ދުވަހުގެ ރޭ މާޒިޔާއިން އޭނާ ކޯޗަކަށް ހަމަޖެއްސިކަން ހާމަކޮށްފައިވާއިރު، އާ ސީޒަން ފެށުމުގެ ގޮތުން ކުޅޭ ކަޕް ވިނާސް ކަޕްގައި ހޯމަ ދުވަހުގެ ރޭ އޮޑި ސްޕޯޓްސް ކްލަބާ ދެކޮޅަށް މާޒިޔާ ނުކުންނަ މެޗު ވެގެންދާނީ ޓްރުޗާގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅޭނެ ފުރަތަމަ މެޗަށެވެ.

އުމުރުން 54 އަހަރުގެ ޓްރުޗާ އަކީ މާޒިޔާގެ އިރުޝާދާ ހަވާލުވި ބިދޭސީ 8 ވަނަ ކޯޗެވެ. ކޯޗިން ދާއިރާގައި ބޮޑު ތަޖުރިބާއެއް ހޯދާފައިވާ ޓްރުޗާ ވަނީ މީގެ ކުރިން ޔޫތު ޓީމުތަކާއި އެސިސްޓެންޓް ކޯޗެއްގެ އިތުރުން ހެޑް ކޯޗެއްގެ ގޮތުގައި 10 ކްލަބެއްގައި މަސައްކަތްކޮށްފައެވެ.

މާޒިޔާގެ ކޯޗުކަމާ ހަވާލުވުމުގެ ކުރިން އޭނާ އެންމެ ފަހުން އިރުޝާދު ދީފައިވަނީ އިންޑޮނޭޝިއާގެ ޕީއެސްއެމް މަކާސާއަށެވެ. މީގެ އިތުރުން މެލޭޝިޔާ އާއި ކެންޔާގެ ކްލަބުތަކުގައިވެސް އޭނާ ވަނީ މަސައްކަތްކޮށްފައެވެ.

ޓްރުޗާގެ އިރުޝާދުގެ ދަށުން މާޒިޔާއިން މައިގަނޑު ގޮތެއްގައި އަމާޒު ހިފާނީ ފާއިތުވި ފަސް ސީޒަނުގައިވެސް ހޯދާފައިވާ ދިވެހި ލީގުގެ ޗެމްޕިއަންކަން ދިފާއުކުރުމަށާއި، އޭއެފްސީ ޗެލެންޖް ލީގުގެ ކޮލިފައިންގައި ކާމިޔާބު ނަތީޖާއެއް ނެރުމަށެވެ.

މި ފަހަރުގެ ސީޒަނަށް މާޒިޔާއިން ނުކުތީ ސީޒަން ފެށުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ބަލިކޮށް ތަށި ކާމިޔާބުކުރުމަށްފަހުއެވެ.

ކުޅިވަރު

އިތުރަށް ←