ބުދަ، 18 ނޮވެމްބަރު 2026
ކުޅިވަރު

ލައްކަ ދުވަސް ފަހުން ރޮނާލްޑޯއާއި ޖޯޖީނާ ކައިވެނިކޮށްފި، ތިބީ ވަރަށް އުފަލުން!

ލައްކަ ދުވަސް ފަހުން ރޮނާލްޑޯއާއި ޖޯޖީނާ ކައިވެނިކޮށްފި، ތިބީ ވަރަށް އުފަލުން!

ފުޓުބޯޅަ ތަރި ކްރިޓިއާނޯ ރޮނާލްޑޯ އާއި އޭނާގެ ލޯބިވެރިޔާ ޖޯޖީނާ ރަސްމީކޮށް ކައިވެނި ކޮށްފިއެވެ.

މިހާރު ވެސް ފަސް ދަރިން ތިބޭ ރޮނާލްޑޯ އާއި ޖޯޖީނާ އެންގޭޖްވެފައި ވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުއެވެ.


ކުރިން ދިން އިންޓަވިއުއެއްގައި ރޮނާލްޑޯ ކިޔައިދީފައިވާ ގޮތުގައި، އެންގޭޖްމަންޓުގެ ކަންތައްތައް ހިނގާދިޔައީ ކުއްލިއަކަށެވެ. ރޭގަނޑު ދެ ކުދިން ނިދާފައި ތިއްބައި، ރައްޓެއްސަކު ދިން އަނގޮޓިއެއް ޖޯޖީނާއަށް ދޭން އުޅުމުން، ދަރިން އައިސް "މަންމައާ ކައިވެނިކުރަން އަނގޮޓި ދެނީތޯ" ސުވާލުކުރުމުން، އެއީ އެންމެ ރަނގަޅު ވަގުތު ކަމަށް ނިންމައި އޭނާ ކައިވެންޏަށް އެދުނީއެވެ.


ޖޯޖީނާ އަޅައިގެން އުޅޭ އަގުބޮޑު އަލްމާސް އަނގޮޓިއަކީ ގާތްގަނޑަކަށް 1.5-5 މިލިއަން ޑޮލަރުގެ އަގުހުރި އަނގޮޓިއެއް ކަމަށް އަންދާޒާކުރެއެވެ. އެ މީހުންގެ ގުޅުމަށް ގާތްގަނޑަކަށް 10 އަހަރު ވެފައިވާއިރު، ރޮނާލްޑޯ ކުރިން ހާމަކޮށްފައިވާ ގޮތުގައި، ކައިވެނީގެ ހަފުލާ އޮންނާނީ ވަރަށް އާދައިގެ، އާއިލީ އަދި ޕްރައިވެޓް ހަފުލާއެއްގެ ގޮތުގައެވެ. ސަބަބަކީ ޖޯޖީނާއަކީ ބޮޑެތި ޕާޓީތަކަށް ލޯބިކުރާ މީހަކަށް ނުވުމުން، އޭނާގެ ނިންމުމަށް އިހުތިރާމް ކުރުމުގެ ގޮތުންނެވެ.

ކުޅިވަރު

އިތުރަށް ←