ބުދަ، 18 ނޮވެމްބަރު 2026
ކުޅިވަރު

ގެމަލޭންޑް ޓީވީގެ އިންޓަރ އޮފީސް ވޮލީބޯޅަ މުބާރާތް މިއަދު ފަށަނީ

ގެމަލޭންޑް ޓީވީގެ އިންޓަރ އޮފީސް ވޮލީބޯޅަ މުބާރާތް މިއަދު ފަށަނީ

ގއ. ގެމަނަފުށީގެ މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، ކުޅިވަރުގެ ރޫޙު އާލާކުރުމުގެ މަޤްޞަދުގައި ބާއްވާ "ގެމަލޭންޑް ޓީވީ އިންޓަރ އޮފީސް ވޮލީބޯޅަ މުބާރާތް" މިއަދު ފެށުމަށް ތައްޔާރުވެއްޖެއެވެ.

މުބާރާތުގެ އިންތިޒާމު ކޮމިޓީގެ އޮފިޝަލަކު މަޢުލޫމާތު ދެއްވި ގޮތުގައި، މި އަހަރުގެ މުބާރާތުގައި ޖުމްލަ 4 ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެ ޓީމުތަކަކީ ފެނަކަ ހެލްތް ސްޕައިކާރސް، އާރްޑީސީ އެމްޑަބްލިއުއެސްސީ، ޖީއެސް ސްޓޭޓް ޕޮލިސް އަދި އެމްއެމްސީ އެވެ.

މި މުބާރާތުގެ ކުޅުން މިއަދު ފެށިގެންދާއިރު، ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އާރްޑީސީ އެމްޑަބްލިއުއެސްސީ އާއި އެފްއެޗް ސްޕައިކާރސް އެވެ.

އަދި މިރޭ ކުޅުމަށް ހަމަޖެހިފައިވާ ދެވަނަ މެޗުގައި ވާދަކުރާނީ ޖީއެސް ސްޓޭޓް ޕޮލިސް އާއި އެމްއެމްސީ އެވެ.

މި މުބާރާތް ފޯރިއާއެކު ކުރިއަށް ގެންދިއުމަށްޓަކައި ގެމަނަފުށިން މިހާރު ދަނީ ވަރަށް ފުރިހަމައަށް ތައްޔާރުވަމުންނެވެ.

އެގޮތުން ކުޅިވަރު ކޯޓު ތައްޔާރުކުރުމާއި، މުބާރާތުގެ އިންތިޒާމުތައް އެންމެ މަތީ ފެންވަރުގައި ހަމަޖެއްސުމުގެ މަސައްކަތް ރަށުގެ އެކި މުއައްސަސާތަކާއި ރައްޔިތުން ގުޅިގެން ފޯރިއާއެކު ކުރިއަށް ގެންދާ ކަމަށް އޮފިޝަލް މަޢުލޫމާތު ދެއްވިއެވެ.

މި މުބާރާތުގެ ސަބަބުން ރަށުގެ އޮފީސްތަކުގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަން އިތުރުވެ، ފޯރިގަދަ މެޗުތަކެއް ފެނިގެންދާނެ ކަމަށް ވަނީ ބެލެވިފައެވެ.

ކުޅިވަރު

އިތުރަށް ←