ބުދަ، 18 ނޮވެމްބަރު 2026
ކުޅިވަރު

ލ. ގަމު ފުޓްސަލް ޓީމުގެ ތައްޔާރީތަކަށް ކައުންސިލުން ދެ ލައްކައެއްހާ ރުފިޔާ ދީފި

ލ. ގަމު ފުޓްސަލް ޓީމުގެ ތައްޔާރީތަކަށް ކައުންސިލުން ދެ ލައްކައެއްހާ ރުފިޔާ ދީފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕުގައި ވާދަކުރާ ލ. ގަމު ފުޓްސަލް ޓީމުގެ ތައްޔާރީތަކަށާއި އެހެނިހެން ޚަރަދުތަކަށް ގަމު ކައުންސިލްގެ ފަރާތުން ދެ ލައްކައެއްހާ ރުފިޔާގެ މާލީ އެހީތެރިކަމެއް ފޯރުކޮށްދީފިއެވެ.

މި މުބާރާތުގައި ވާދަކުރާ ލ. ގަމު ފުޓްސަލް ޓީމު ރަސްމީކޮށް ހިންގުމާ ގުޅޭގޮތުން "ލ. ގަން ފުޓްސަލް ޓީމު" ކްލަބާއެކު ކައުންސިލުން ވަނީ ޚާއްޞަ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން ޓީމުގެ އެކި އިންތިޒާމުތަކާއި ކުޅުންތެރިންގެ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި 190،000 (އެއްލައްކަ ނުވަދިހަ ހާސް) ރުފިޔާ މިހާރު ވަނީ އެ ކްލަބާ ރަސްމީކޮށް ހަވާލުކުރެވިފައެވެ.

ކައުންސިލުން ފާހަގަކުރި ގޮތުގައި މި އެހީތެރިކަމުގެ މައިގަނޑު މަޤްޞަދަކީ ރަށުގެ ޒުވާނުންނަށް ކުޅިވަރުގެ ދާއިރާއިން ފުރުޞަތުތައް ފަހިކޮށްދީ، ޤައުމީ ފެންވަރުގެ މުބާރާތްތަކުގައި ރަށުގެ ނަން ރީތިކޮށް، ފުރިހަމަ ކާމިޔާބީއެއް ހޯދުމަށް މަގުފަހިކޮށްދިނުމެވެ. އަދި ޓީމުގެ ޕްރެކްޓިސްތަކާއި، ކުޅުންތެރިންގެ ކިޓާއި ޖާޒީ އަދި ދަތުރުފަތުރާއި ހުރުމުގެ އިންތިޒާމުތައް އެންމެ ފުރިހަމައަށް ހަމަޖެއްސުމަށް މި އެހީގެ ސަބަބުން ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

އަތޮޅު ފެންވަރުގައްޔާއި ޒޯން ފެންވަރުގައި ވާދަވެރިކޮށް ކުރިއަށްދާ މި މުބާރާތަކީ ރާއްޖޭގެ އެކި ރަށްރަށުގެ މެދުގައި ބޮޑު ތަރުޙީބެއް ލިބެމުން އަންނަ މުބާރާތަކަށްވާއިރު، ގަމު ޓީމުން އަންނަނީ މި ފަހަރުގެ މުބާރާތަށް ވަރަށް ފުރިހަމައަށް ތައްޔާރުވަމުންނެވެ.

 

ކުޅިވަރު

އިތުރަށް ←