އަތޮޅުތެރޭގެ ގިނަ ރަށްރަށުގެ އެދުމުގެމަތިން ރޮކްޒީ ވާދެމުން ޖުލައި 26 އަށް ފަސްކޮށްފި
ރޮކްޒީ ވާދެމުން 2025 އަތޮޅު ތެރޭގެ ގިނަ ބައެއްގެ އެދުމުގެ މަތިން މުބާރާތް ޖުލައި 26 އަށް ލަސްކޮށްފިއެވެ.
ކުރިން މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 7 ޖޫން ގައެވެ. އެހެންނަމަވެސް ރަށްރަށުގައި ބޮޑު އީދު ވަރަށް ފޯރީގައި ކުރުމާއި، އީދު ބަންދަށް ދުވަސްތައް މަދުވުން ގިނަ ރަށްތަކުން އެދުނީ މުބާރާތް ޖުލައި 26 އަށް ލަސްކުރުމަށެވެ.
ރޮކްޒީގެ ރައީސް ފިޝާވިން ޖީލަށް މައުލޫމާތު ދެއްވަމުން ބުނީ މުބާރާތް ލަސްކުރިމަށް ގިނަ ޓީމްތަކުން އެދުނު ކަމަށެވެ. އަދި އަތޮޅު ތެރެއިން ގިނައިން ރިކުއެސްޓް އައުމުން ފަސްކުރަން ނިންމީ ކަމަށެވެ.
Ads by BMLމިއީ ގިނަ ދުވަސްތަކަކަށްފަހު ވާދެމުމުގެ ފޯރި ކުޑަވެފައިވާ ދަނޑިވަޅުގައި ރޮކްޒީން ފެށި ރަނގަޅު މަސައްކަތެއްކަމުގައި ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ރޮކްޒީގެ ރައީސް ފިޝާވިން ވިދާޅުވީ ހާރުދަން ވާދެމުން މިއީ އެއިރު ދިވެހިންގެ ލައްކަ ޖޯޝު ހުރި ކުޅިވަރެއް ކަމަށާއި މުޅި ރާއްޖެ އެކަމަށް ހުސްވި މުބާރާތެއް ކަމަށެވެ. އަތޮޅު ތެރެއަށް ހުޅުވާލައި އަތޮޅާއި ރަށުގެ ވާދަވެރިކަން އިންތިހާއަށް ފެނުނު މުބާރާތެއް ކަމުން އެ ހުންނަ ހިތްވަރު ވަޒަން ކުރެވޭ ފަދަ ފޯރި ގަދަ މުބާރާތެއް ކަމަަށެވެ.
އަދި ރޮކްޒީން މި އުފަންކުރުވަނީ އެ ޖޯޝާއި އެ ފޯރި ކަމަށެވެ. އެ ހިތްވަރާއި އެ އެކުވެރިކަން ގެންނަން ބޭނުންވާ ކަމަށެވެ. ވަލަށް ވާންކޮށް އެ ހިފާލާ ހިފާލުން ވުޖޫދަށް ގެނައުމަށް ރޮކްޒީން މިވަނީ ތައްޔާރުފައި ކަމަށް ފިޝާވިން ވިދާޅުވިއެވެ.
އެއުއްމީދުގައި ކުރި މަސައްކަތް މިއަދު ކާމިޔާބުވެ މާތްالله ގެ ތަނަވަސް ރަހުމަަތާއިއެކު ރޮކްޒީން ވާދެމުން 2025 ވުޖޫދުވެ ފެށުމަށް މިވަނީ ކުޑަތަންވެފައި ކަމަށް ފިޝާވިން ވިދާޅުވިއެވެ.
މުބާރާތުގެ ޕާޓްނަރުން
- އަމަން އަމާން ކަން ދެމެހެއްޓުމުގެ ޒިންމާގެ ދަށުން ދިވެހި ފުލުހުން
- ސަޕޯޓިން ޕާޓްނަރަކީ ދިވެހި ރެޑްކްރެސެންޓް.
- ސަޕޯޓިން ޕާޓްނަރ އާރްޑީސީ.
- ކޯ ސްޕޮންސަރަކީ ލިޓަސް.
- ބެވަރޭޖް ޕާޓްނަރަކަށް އައިލެން ބެވަރޭޖް މޯލްޑިވްސް އެވެ.
- އޮފިޝަލް މީޑިއާ ޕާޓްނަރަކީ ޖީލު އޮންލައިން އެވެ.
ބްރޭންޑް އެމްބެސެޑަރުންގެ ގޮތުގައި ދިވެހި ބޮޑުބެރުގެ ލެޖެންޑް ހަރުބީ މަންޑޭ އަދި ޓިކްޓޮކް ހަމްބެގެނއިތުރުން އައްޔު ހިމެނެއެވެ.
އޮފިޝަލް ފޮޓޯގްރަފީ ޕާޓްނަރަކީ ސިޑިބަރިއެވެ.
Ads by MACL
