އެލީޓް އެކަޑަމީ ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ނިއުރޭޑިއަންޓް ދަތުރުކޮށްފި
ކ. ހުރާ ފުޓްބޯޅަ ދަނޑުގައި މިހާރު ކުރިއަށްދާ "އެލީޓް އެކަޑަމީ ޗެމްޕިއަންޝިޕް" ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން، ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ 15 އަހަރުން ދަށުގެ ޓީމު ޖާގަ ހޯދައިފިއެވެ.
ނިއުރޭޑިއަންޓް މި މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރީ މިއަދު ކުޅުނު ފޯރިގަދަ ކުއާޓާ ފައިނަލް މެޗުގައި ވާދަކޮށް، 1-0 ގެ ނަތީޖާއަކުން މޯލްޑިވްސް ސޮކަރ މޭޓްސް އެކަޑަމީގެ މައްޗަށް ކުރިހޯދައިގެންނެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖުން ފެށިގެން ވެސް ނިއުރޭޑިއަންޓުން ވަނީ މޮޅު ކުޅުމެއް ދައްކައި، ބަލިނުވެ ސެމީއާ ހަމައަށް ދަތުރުކޮށްފައެވެ.
Ads by BMLފުޓްބޯޅަ އެކަޑަމީތަކަށް ޚާއްޞަކޮށްގެން، ޒުވާން ހުނަރުވެރި ކުޅުންތެރިން ބިނާކުރުމުގެ މަޤްޞަދުގައި ބާއްވާ މި މުބާރާތުގައި މާލޭގެ ގިނަ އެކަޑަމީތަކެއްގެ އިތުރުން ކ. ހުރާ އަދި ކ. ގާފަރުގެ އެކަޑަމީތަކުން ވެސް ވަނީ ވާދަކޮށްފައެވެ.
މި މުބާރާތުގެ ފޯރިގަދަ ސެމީ ފައިނަލް މެޗުތަކާއި އަދި ފައިނަލް މެޗު ވެސް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ހުރާ ފުޓްބޯޅަ ދަނޑުގައެވެ.
Ads by MACL
