ދުވާލަކު ކެއުން ރައްކާތެރީ ކިތައް ވައް ދޮންކެޔޮ؟
އާންމު ސިއްހަތު ރަނގަޅު ބޮޑެތި މީހުންނަށް ދުވާލެއްގެ މައްޗަށް ދެތިން ދޮންކެޔޮ ކެއުމަކީ ރައްކާތެރި މިންވަރެއް ކަމަށާއި، ނަމަވެސް މާ ގިނައިން ކެއުމަކީ ބަރުދަން އިތުރުވުމަށާއި ހަށިގަނޑަށް ބޭނުންވާ މުހިންމު ނިއުޓްރިއެންޓްސް މަދުވުމަށް މަގުފަހިވާނެ ކަމެއް ކަމަށް ސިއްހީ މާހިރުން ބުނެފިއެވެ.
ފަސޭހައިން ލިބެން ހުންނަ އަދި ގުދުރަތީ ފޮނިރަހައެއް އެކުލެވޭ ދޮންކޭލަކީ މެންގަނީޒް، ޕޮޓޭސިއަމް، އަދި ވިޓަމިން ސީ އާއި ވިޓަމިން ބީ6 ގިނަ އަދަދަކަށް ހިމެނޭ މޭވާއެއް ނަމަވެސް، މިއީ ސިއްހީ ބައެއް މައްސަލަތައް ހުންނަ މީހުންނަށް ގިނައިން ކެއުން އެންމެ އެކަށީގެންވާ މޭވާއެއް ނޫނެވެ.
މެދު މިންވަރެއްގެ ދޮންކެޔޮވަކެއްގައި ގާތްގަނޑަކަށް 400 މިލިގްރާމްގެ ޕޮޓޭސިއަމް ހިމެނޭއިރު، ކިޑްނީގެ މަސައްކަތް ރަނގަޅަށް ހުންނަ މީހުންނަށް ދުވާލަކު ދެތިން ދޮންކެޔޮވައް ކެއުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށް ކަމާބެހޭ މާހިރުން ފާހަގަކުރެއެވެ. އެހެންނަމަވެސް، ކިޑްނީގެ ބަލިތައް ހުންނަ މީހުންގެ ހަށިގަނޑުގައި ލޭގައި ހުންނަ އިތުރު ޕޮޓޭސިއަމް ބޭރުކުރުމަށް ދަތިވާތީ، މިއީ 'ހައިޕަކަލީމިއާ' އަށް މަގުފަހިވެ މަސްތައް ބަލިކަށިވުމާއި، ވާގިނެތުމުގެ އިތުރުން ހިތުގެ ވިންދު ޖެހުމުގައި މައްސަލަތައް ކުރިމަތިވެދާނެ ކަމެކެވެ.
Ads by BMLހަކުރުބަލި ހުންނަ މީހުން އެކަނި ދޮންކެޔޮ ކެއުމުގެ ބަދަލުގައި ޕްރޮޓީން ނުވަތަ ފައިދާހުރި ފެޓް ހިމެނޭ ކާނާއަކާ އެކު ބޭނުންކުރުމަކީ މުހިންމު ކަމެކެވެ. ސަބަބަކީ ދޮންކޭލުގައި ކާބޯހައިޑްރޭޓްސް އަދި ގުދުރަތީ ހަކުރު ގިނައިން ހުރުމުން، އެކަނި ކެއުމުން ލޭގައި ހަކުރުގެ މިންވަރު އަވަހަށް މައްޗަށް ދިއުމަށް މަގުފަހިވާތީއެވެ.
ދޮންކެޔޮ މާގިނައިން ކެއުމަކީ ބަނޑުގައި ގޭސް އުފެދުމާއި، ބަނޑު ފުފުމުގެ އިތުރުން ބަނޑުދިޔާވުމަށް ވެސް މަގުފަހިވެދާނެ ކަމެކެވެ. ދޮންކޭލުގައި ފައިބާގެ އިތުރުން 'ފޮޑްމެޕްސް' ކިޔާ ހަޖަމުކުރަން އުނދަގޫ ކާބޯހައިޑްރޭޓްސް ހިމެނޭތީ، މިއީ 'އިރިޓަބަލް ބަވަލް ސިންޑްރޯމް' (އައިބީއެސް) ހުންނަ މީހުންނަށާއި ގިނައިން ފައިބަރު ހުންނަ ކާނާއަށް ނާޒުކު މީހުންނަށް ހަޖަމުގެ މައްސަލަތައް އިތުރަށް ބޮޑުވާނެ ސަބަބެކެވެ.
Ads by MACL
