ނޭޝަންސް ލީގުގައި އެންމެ ދުސްވީ ހެޓްރިކް ހެދުމުގެ ރެކޯޑު ރޮނާލްޑޯ އަތުން ލެވަންޑޯވްސްކީ އަތުލައިފި
ޔޫއީއެފްއޭ ނޭޝަންސް ލީގުގައި ރޫމޭނިއާ އަތުން 6-0 އިން ޕޯލަންޑް މޮޅުވި މެޗުގައި ހެޓްރިކް ހަދައި، އެ މުބާރާތުގެ ތާރީޚުގައި ހެޓްރިކެއް ހެދި އެންމެ އުމުރުން ދުވަސްވީ ކުޅުންތެރިޔާގެ ރެކޯޑު ޕޯލަންޑުގެ ތަޖުރިބާކާރު ފޯވާޑް ރޮބަޓް ލެވަންޑޯވްސްކީ ގާއިމުކޮށްފިއެވެ.
އުމުރުން 38 އަހަރާއި 42 ދުވަހުގައި ލެވަންޑޯވްސްކީ ހެދި މި ހެޓްރިކާއެކު އޭނާ މުގުރާލާފައިވަނީ ކުރިން ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ގާއިމުކޮށްފައިވާ ރެކޯޑެވެ. ރޮނާލްޑޯ 2019 ވަނަ އަހަރުގެ ނޭޝަންސް ލީގުގެ ސެމީ ފައިނަލްގައި ސްވިޒަލަންޑް ކޮޅަށް ހެޓްރިކް ހެދިއިރު އޭނާގެ އުމުރަކީ 34 އަހަރާއި 120 ދުވަހެވެ.
ރޫމޭނިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ލެވަންޑޯވްސްކީ ލަނޑުތައް ކާމިޔާބުކުރީ މެޗުގެ 24 ވަނަ މިނެޓާއި، 47 ވަނަ މިނެޓުގެ އިތުރުން 86 ވަނަ މިނެޓުގައެވެ. މިއީ ޕޯލަންޑް ގައުމީ ޓީމަށް އޭނާ ކާމިޔާބުކޮށްދިން 7 ވަނަ ހެޓްރިކެވެ.
Ads by BMLމި މެޗުގައި ހެދި ހެޓްރިކާއެކު ގައުމީ ޓީމަށް ލެވަންޑޯވްސްކީ ޖަހައިދިން ލަނޑުގެ އަދަދު ވަނީ 92 އަށް އަރާފައެވެ. މިއާއެކު އޭނާ ވަނީ ދުނިޔޭގެ ތާރީޚުގައި ގައުމީ ޓީމުތަކަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ 6 ވަނައަށް އުފުލިލާފައެވެ.
ރޫމޭނިއާއާ ދެކޮޅަށް ކުޅުނު މެޗަކީ ޕޯލަންޑް ގައުމީ ޓީމަށް ލެވަންޑޯވްސްކީ ކުޅެދިން 170 ވަނަ މެޗެވެ. މިއީ އެ ގައުމުގެ ތާރީޚުގައިވެސް ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދިނުމުގެ ރެކޯޑެވެ.
ގައުމީ ޓީމަށް 92 ލަނޑު ޖަހައިގެން ލެވަންޑޯވްސްކީ މިހާރު އޮތީ ޔޫރަޕްގެ ގައުމީ ޓީމުތަކަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ 3 ވަނައިގައެވެ. މި ލިސްޓުގެ ކުރީގައި އުޅެނީ 147 ލަނޑާއެކު ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި 94 ލަނޑާއެކު ބެލްޖިއަމްގެ ރޮމެލޫ လူކާކޫއެވެ.
މީގެއިތުރުން ގައުމީ ޓީމަށް 7 ހެޓްރިކް ހަދައިގެން ލެވަންޑޯވްސްކީ ވަނީ ހަންގޭރީގެ ސާންޑޯ ކޮކްސިސްއާ ހަމަހަމަކޮށްފައެވެ. ޔޫރަޕްގެ ގައުމީ ޓީމުތަކަށް އޭނާއަށްވުރެ ގިނައިން ހެޓްރިކް ހަދާފައިވަނީ އެންމެ 4 ކުޅުންތެރިންނެވެ. އެއީ 10 ހެޓްރިކާއެކު ރޮނާލްޑޯގެ އިތުރުން ސްވިޑަންގެ ސުވެން ރިޑެލް (9 ހެޓްރިކް)، ޖަރުމަނުގެ ގާޑް މުލާ (8 ހެޓްރިކް) އަދި ޑެންމާކުގެ ပޯލް ނީލްސަން (8 ހެޓްރިކް) އެވެ.
Ads by MACL
