ބުދަ، 18 ނޮވެމްބަރު 2026
ކުޅިވަރު

ސުޕަ ކަޕާއި ސާފް ފުޓްސަލް ކާމިޔާބުކުރި ޓީމުތަކުގެ އަގުވަޒަންކުރުން އެފްއޭއެމް އެވޯޑް ނައިޓްގައި ބޭއްވުމަށް ނިންމައިފި

ރާއްޖެ އާއި ލަންކާ ވާދަކުރި މެޗުގެ ތެރެއިން..
ރާއްޖެ އާއި ލަންކާ ވާދަކުރި މެޗުގެ ތެރެއިން..

ސްރީލަންކާގައި ބޭއްވި ސައުތު އޭޝިއަން ސުޕަ ކަޕް ކާމިޔާބުކުރި ދިވެހި ގައުމީ ފުޓްބޯޅަ ޓީމާއި، ސާފްގެ ފުރަތަމަ ފުޓްސަލް މުބާރާތް ކާމިޔާބުކޮށް ރަން މެޑަލް ހޯދައިދިން ފުޓްސަލް ޓީމުގެ އަގުވަޒަންކުރުން ކުރިއަށްއޮތް އެފްއޭއެމް އެވޯޑް ނައިޓްގައި ބޭއްވުމަށް އެފްއޭއެމުން ނިންމައިފިއެވެ.

ދިވެހިރާއްޖެއަށް ރީތި ނަމާއި ބޮޑު ކާމިޔާބީތަކެއް ހޯދައިދީފައިވާ މި ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ މަސައްކަތް ފާހަގަކޮށް، އެ ފަރާތްތަކަށް ހައްގު ސާބަސް ދިނުމަކީ އެފްއޭއެމުން ނުހަނު އިސްކަމެއްދޭ ކަމެއް ކަމަށް އެ އިދާރާއިން ބުނެއެވެ.

މި ހަފްލާގައި ސުޕަ ކަޕް އަދި ސާފް ފުޓްސަލް މުބާރާތުގައި ވާދަކޮށް ތަށި އުފުލާލި ދެ ޓީމުގެ ކުޅުންތެރިންނަށާއި ކޯޗިން ސްޓާފުންގެ އިތުރުން ޓީމުގެ އޮފިޝަލުންނަށް ހާއްސަ ހަނދާނީ ޓޯކަންއެއް ދިނުމަށް ވަނީ ނިންމާފައެވެ.

ދިވެހި ކުޅިވަރަށް، ހާއްސަކޮށް ފުޓްބޯޅައާއި ފުޓްސަލްއަށް މި ދެ ޓީމުން ހޯދައިދިން ތާރީޚީ ކާމިޔާބީއަކީ މުޅި ގައުމު ފަޚުރުވެރިވާފަދަ ބޮޑު ކާމިޔާބީއެއް ކަމަށް އެފްއޭއެމުން ފާހަގަކުރެއެވެ. އެފްއޭއެމުން ބުނި ގޮތުގައި އެ އިދާރާގެ އަމާޒަކީ މިފަދަ ކާމިޔާބީތައް ފާހަގަކޮށް ކުޅުންތެރިންގެ ހިއްވަރު އާކުރުމާއެކު، މުސްތަގުބަލުގައި އިތުރު ކާމިޔާބީތަކަށް މަގުފަހިކޮށްދިނުމެވެ.

ކުޅިވަރު

އިތުރަށް ←