ބުދަ، 18 ނޮވެމްބަރު 2026
ލައިފްސްޓައިލް

ކޮފީ ބޮއެގެން ބަރުދަން ލުއިކުރެވިދާނެ ހެއްޔެވެ؟ ސައިންސްވެރިން ބުނަނީ ކީކޭ؟

ކޮފީ ބޮއެގެން ބަރުދަން ލުއިކުރެވިދާނެ ހެއްޔެވެ؟ ސައިންސްވެރިން ބުނަނީ ކީކޭ؟

ކޮފީ ބޮއެގެން ބަރުދަން ލުއިކުރެވިދާނެ ހެއްޔެވެ؟ މިއީ ގިނަ ބައެއްގެ ހިތުގައި އުފެދޭ މުހިންމު ސުވާލެކެވެ. ސައިންސްވެރިންނާއި ތަޖުރިބާކާރުންގެ ދިރާސާތަކަށް ބަލާއިރު، ކޮފީގެ ސަބަބުން ބަރުދަން ލުއިކުރުމަށް އެހީތެރިވެދެއެވެ. ނަމަވެސް މިއީ ހަމައެކަނި ކޮފީ ބޮއެގެން އެކަނި ވާނެ ކަމެއް ނޫނެވެ. ސައިންސްވެރިންގެ ހޯދުންތަކުން ސާބިތުވާ ގޮތުގައި ކޮފީން ބަރުދަން ލުއިކޮށްދެނީ މުހިންމު ސަބަބުތަކަކާ ހުރެއެވެ.

ފުރަތަމަ ކަމަކީ، ހަށިގަނޑުގެ މެޓަބޮލިޒަމް ނުވަތަ ހަށިގަނޑުން ހަކަތަ އަންދާ މިންވަރު މަތިކޮށްދިނުމެވެ. ކޮފީގައި ހިމެނޭ ކެފެއިން އަކީ ހަށިގަނޑުގެ މެޓަބޮލިޒަމް ރޭޓް 5% އާއި 20% އާ ދެމެދުގެ މިންވަރަކަށް މަތިކޮށްދޭ މާއްދާއެކެވެ. މީގެ މާނައަކީ ކޮފީ ބުއިމުން ހަށިގަނޑުން ކެލޮރީ އަންދާ މިންވަރު އަވަސްވެގެންދިއުމެވެ.

ދެވަނަ ކަމަކީ، ހަށިގަނޑުގައި ހުންނަ ސަރުބީ ވިރުވައިދިނުމެވެ. ކެފެއިންގެ ސަބަބުން ހަށިގަނޑުގެ ނާރުތަކުގެ ނިޒާމު ހޭލައްވާލައި، ސަރުބީ ސެލްތަކުގައި ހުންނަ ސަރުބީ ވިރުވައި ހަކަތައަށް ބަދަލުކުރުމަށް ސިގްނަލް ފޮނުވައެވެ. އަދި ކޮފީގައި ހިމެނޭ ކްލޮރޮޖެނިކް އެސިޑްގެ ސަބަބުން ހަށިގަނޑަށް ކާބޯހައިޑްރޭޓްސް ނުވަތަ ހަކުރު ދަމާ މިންވަރު ލަސްކޮށްދެއެވެ.

ތިންވަނަ ކަމަކީ، ކާހިތްވުން ކުޑަކޮށްދިނުމެވެ. ސައިންސްވެރިން ބުނާ ގޮތުގައި ކޮފީ ބުއިމުން ސިކުނޑީގައި ހުންނަ ބައެއް ރިސެޕްޓަރުތަކަށް ބަދަލުއައިސް، ބަނޑުހައިވުން ކުޑަކޮށްދެއެވެ. މީގެ ސަބަބުން ކާ ވަގުތުތަކުގައި މާ ގިނައިން ކެވުން ހުއްޓުވައިދެއެވެ.

ކޮފީ ބޯންވީ ކިހިނެއް؟


ބަރުދަން ލުއިކުރުމަށްޓަކައި ކޮފީ ބޯންވީ ގޮތަށް ބަލާއިރު، ސައިންސްވެރިން އިރުޝާދު ދެނީ ހަކުރާއި ކިރު ނާޅައި ބްލެކް ކޮފީ ބުއިމަށެވެ. ކޮފީއަށް ހަކުރާއި ކްރީމް އެޅުމުން ކެލޮރީ ގިނަވެ، ބަރުދަން ލުއިވުމުގެ ބަދަލުގައި ބަރުދަން އިތުރުވުމަށް މަގުފަހިވެއެވެ.

ބޯންވީ މިންވަރަށް ބަލާއިރު، ދިރާސާތަކުން ދައްކާ ގޮތުގައި ދުވާލަކު 3 އާއި 6 ތަށި ކޮފީ ބުއިމުން ފަލަވުމުން ރައްކާތެރިކޮށްދެއެވެ. ނަމަވެސް، ކެފެއިންގެ ސަބަބުން ނިދިނައުމާއި ހިތްތެޅުން ފަދަ ކަމެއް ދިމާވާނަމަ މި މިންވަރު މަދުކުރަންޖެހެއެވެ.

އަދި ކަސްރަތު ކުރުމުގެ 30 މިނެޓު ކުރިން ކޮފީ ބުއިމަކީވެސް ވަރަށް ފައިދާހުރި ކަމެކެވެ. މީގެ ސަބަބުން ކަސްރަތު ކުރާ ވަގުތު ހަށިގަނޑުގެ ވަރުގަދަކަން އިތުރުވެ، ގިނައިން ސަރުބީ ދުއްވާލުމަށް އެހީތެރިވެދެއެވެ.

ސައިންސްވެރިންގެ ޕަބްމެޑް މެޓާ އެނަލިސިސް ދިރާސާތަކުން ދައްކާ ގޮތުގައި ކެފެއިން ގަވާއިދުން ބޭނުންކުރުމުން ބަރުދަނާއި، ބީ.އެމް.އައި އަދި ހަށިގަނޑުގެ ސަރުބީ ދަށްކޮށްދެއެވެ. ނަމަވެސް ކޮފީއަކީ ހަމައެކަނި ބަރުދަން ލުއިކުރާ މެޖިކެއް ނޫނެވެ؛ މީގެ ފުރިހަމަ ފައިދާ ލިބޭނީ ސިއްހަތަށް ފައިދާހުރި ކާނާ ކެއުމާއި ކަސްރަތު ކުރުމާއެކު ކޮފީ ބޭނުންކުރުމުންނެވެ.

ލައިފްސްޓައިލް

އިތުރަށް ←