ދުނިޔެއަށް އުފަންވި ގޮތަށް “ރިލެކްސް މޯޑް” ގައި އޮތް މިސްރުގެ ތުއްތު ކުއްޖާގެ ވީޑިއޯއަށް ބޮޑު ސަމާލުކަމެއް
ދުނިޔެއަށް އުފަންވާތާ މަދު މިނެޓުކޮޅެއްގެ ތެރޭގައި އެއްވެސް ޚިޔާލެއް ފިކުރެއް ނެތި، އަރާމުގައި އޮތް މިސްރުގެ ތުއްތު ފިރިހެން ކުއްޖެއްގެ ވީޑިއޯއެއް މުޅި ސޯޝަލް މީޑިއާގައި ވައިރަލްވެ، ގިނަ ބައެއްގެ ސަމާލުކަން އަތުލައިފިއެވެ.
ޤާހިރާގެ ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރެއް ކަމަށްވާ ޑރ. އިސްލާމް އެލްދެހް އިޖުތިމާޢީ މީޑިއާއަށް ދޫކޮށްލި މި ވީޑިއޯއިން ފެންނަނީ، ވިހެއުމަށްފަހު ހަދަންޖެހޭ އާންމު މެޑިކަލް ޗެކަޕްތައް ހެދުމަށް ޚާއްޞަ އެނދުގައި އެ ތުއްތު ކުއްޖާ ބާއްވާފައި އޮންނަ މަންޒަރެވެ.
އާންމުކޮށް އަލަށް އުފަންވާ ކުދިން އެވަގުތު ބާރަށް ރޯއިރު، މި ކުއްޖާ އޮތީ ދެއަތް ބޯދަށަށް ލައްވާލައި، އެއްފައި މައްޗަށް އަނެއްފައި ވައްޓާލައިގެން، އަތިރިމަތީގައި ޗުއްޓީ ހޭދަކޮށްލަން އޮންނަ މީހަކު ފަދައިން ނުހަނު ހަމަޖެހިލައިގެންނެވެ.
Ads by BMLމި މަޖާ އަދި އާދައާ ޚިލާފު މަންޒަރު އިންޓަނެޓުގައި އާންމުވުމާއެކު ގިނަ ބަޔަކު ވަނީ އެ ކުއްޖާއަށް ތަފާތު ސިފަކުރުންތައް ދީފައެވެ. އެގޮތުން ބައެއް މީހުން އެއީ ދިރިއުޅުމުގެ އެއްވެސް ބިލެއް ދައްކަން ނުޖެހޭ، އަދި ވަޒީފާއަކަށް ދާން ނުޖެހޭ "ރިޓަޔަރޑް މިލިއަނަރެއް" ގެ ގޮތުގައި ސިފަކޮށްފައިވާއިރު، އަނެއްބައި މީހުން ވަނީ އެއީ ހަޤީޤީ "ބޮސް ބޭބީ" އެއްގެ ގޮތުގައި ނަންދީފައެވެ.
https://twitter.com/Saudi_Gazette/status/2111888476291633581
ޞިއްޙީ މާހިރުން ވިދާޅުވާ ގޮތުގައި ކުއްޖާ އެގޮތަށް އޮތުމަކީ އޭނާގެ މިޒާޖު އިން ދައްކުވައިދޭ ކަމެއް ނޫން ކަމަށާއި، އެއީ ޠަބީޢީ ހަރަކާތެކެވެ. ނަމަވެސް، ދުނިޔެއަށް ނޭވާލީތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި އެއްވެސް ހާސްކަމެއް ނެތް "ސްޓްރެސް-ފްރީ" ގޮތަކަށް އޮތުމުން، އިންޓަނެޓު ބޭނުންކުރާ މީހުން ވަނީ މިއީ ކެމެރާއަށް ރެކޯޑުކުރެވުނު އެންމެ "ކޫލް" އަދި ހަމަޖެހޭ ތުއްތު ކުއްޖާގެ ގޮތުގައި ބަލައިގެންފައެވެ.
Ads by MACL
