ބުދަ، 18 ނޮވެމްބަރު 2026
ކުޅިވަރު

ރޮނާލްޑޯއާއި ޖެހުމުން މުޅި ޕޯޗުގަލް ސައިޒްވެއްޖެ، 30 ދުވަހުގެ ސަސްޕެންޑެެއް ގެނެސް ޖޫރިމަނާ ކުރީ 255 ޔޫރޯއިން!

ރޮނާލްޑޯއާއި ޖެހުމުން މުޅި ޕޯޗުގަލް ސައިޒްވެއްޖެ، 30 ދުވަހުގެ ސަސްޕެންޑެެއް ގެނެސް ޖޫރިމަނާ ކުރީ 255 ޔޫރޯއިން!

ޑެންމާކުގައި އޮތް ގައުމީ ޓީމުގެ ޓްރޭނިން ކޭމްޕް ދޫކޮށް ދިޔަ މައްސަލައިގައި، ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް އެންމެ 30 ދުވަހުގެ ސަސްޕެންޝަނަކާއެކު 255 ޔޫރޯގެ ކުޑަ ޖޫރިމަނާއެއް ކުރުމުން، ޕޯޗުގަލްގެ ފުޓްބޯޅަ ފެޑަރޭޝަން (އެފްޕީއެފް) ރޮނާލްޑޯގެ ކުރިމަތީގައި "ސައިޒްވެއްޖެ" ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން އެ ފެޑަރޭޝަނަށް އަމާޒުވެއްޖެއެވެ.

މިއީ ޑެންމާކުގައި ކުރިއަށްދިޔަ ގައުމީ ޓީމުގެ ކޭމްޕްގެ އުސޫލުތަކާ ހިލާފަށް ރޮނާލްޑޯ ކޭމްޕް ދޫކޮށް ދިއުމުން އެފްޕީއެފް އިން އަޅާފައިވާ ފިޔަވަޅެކެވެ.

މި މައްސަލައިގައި ރޮނާލްޑޯ ވަނީ ގައުމީ ޓީމުގެ ކެޕްޓަނެއްގެ ހައިސިއްޔަތުން އެހެން ކުޅުންތެރިންނަށް ނަމޫނާއަކަށް ވާންޖެހޭނެ ކަމަށް ގަބޫލުކުރާ ކަމަށް ބުނެފައެވެ. އަދި އޭނާއަށް އަދަބު ދޭންޖެހޭނެ ކަމަށް އަމިއްލައަށް ހުށަހަޅައި، އެކަން އެފްޕީއެފް އަށް އަންގާފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ގައުމީ ޓީމުގެ ސީނިއާ އަދި ތަޖުރިބާކާރު ކުޅުންތެރިއެއްގެ ގޮތުން ޓީމުގެ ސުލޫކީ މިންގަނޑުތަކަށް އިހުތިރާމްކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ރޮނާލްޑޯ ވަނީ ފާހަގަކޮށްފައެވެ.

އެފްޕީއެފް އިން އެޅި މި ފިޔަވަޅުގެ ސަބަބުން ކުރިއަށް އޮތް 30 ދުވަހުގެ މުއްދަތަށް ގައުމީ ޓީމުގެ ހަރަކާތްތަކުން ރޮނާލްޑޯ ފެނިގެންނެއް ނުދާނެއެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯއަކީ ޕޯޗުގަލްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ތާރީޚުގައިވެސް އަދި ބައިނަލްއަގުވާމީ ފުޓްބޯޅައިގައިވެސް އެންމެ ގިނަ މެޗު ކުޅެ، އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިޔާއެވެ. ގައުމީ ޓީމަށް 200 އަށްވުރެ ގިނަ މެޗު ކުޅެދީ 130 އަށްވުރެ ގިނަ ލަނޑު ކާމިޔާބުކޮށްފައިވާ ރޮނާލްޑޯ ވަނީ ޕޯޗުގަލްގެ ކެޕްޓަންކަމުގައި އެ ގައުމަށް ތާރީޚީ ކާމިޔާބީތަކެއް ހޯދައިދީފައެވެ. އެގޮތުން 2016 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ޕޯޗުގަލްއިން ކާމިޔާބުކޮށް، އެ ގައުމުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ބައްރުގެ ބޮޑު މުބާރާތެއްގެ ތަށި ނެގިއިރު، 2019 ވަނަ އަހަރުގެ އުއެފާ ނޭޝަންސް ލީގުގެ ތަށިވެސް ޕޯޗުގަލްއަށް ހޯދައިދިނީ އޭނާގެ ކެޕްޓަންކަމުގެ ދަށުންނެވެ.

މީގެއިތުރުން ޖެހިޖެހިގެން ފަސް ވާރލްޑް ކަޕް މުބާރާތެއްގައި ލަނޑު ޖެހި ފުރަތަމަ ފިރިހެން ކުޅުންތެރިޔާގެ ޝަރަފާއެކު، ރޮނާލްޑޯ ވަނީ ޕޯޗުގަލްއަކީ ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ އުސްމިނުގައި ގުނާލެވޭ ގައުމަކަށް ހެދުމުގައި އެންމެ މުހިންމު ދައުރެއް އަދާކޮށްފައެވެ.

ކުޅިވަރު

އިތުރަށް ←