ޗެމްޕިއަންސް ލީގުގައި ރޮނާލްޑޯ ހަދާފައިވާ ރެކޯޑަކާ ހަމަކުރުމާ ގާތަށް ހެރީ ކޭން ޖެހިލައިފި
ޔުއެފާ ޗެމްޕިއަންސް ލީގުގައި ޖެހިޖެހިގެން އެންމެ ގިނަ މެޗުގައި ލަނޑު ޖެހުމުގެ ތާރީޚީ ރެކޯޑު ކްރިސްޓިއާނޯ ރޮނާލްޑޯ އަތުގައި އޮތްއިރު، އެ ރެކޯޑާ އަރާހަމަކުރުމާ ވަރަށް ގާތަށް ބަޔާން މިއުނިކްގެ އިނގިރޭސި ފޯވާޑް ހެރީ ކޭން ޖެހިލައިފިއެވެ.
ރެއާލް މެޑްރިޑުގައި ހުރިއިރު 2017 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން 2018 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ކުޅުނު ޗެމްޕިއަންސް ލީގުގެ ޖެހިޖެހިގެން 11 މެޗުގައި ރޮނާލްޑޯ ވަނީ ލަނޑު ޖަހައިގެން މި ރެކޯޑު ގާއިމުކޮށްފައެވެ.
މި މުބާރާތުގައި އެންމެ ފަހުން ކުޅުނު މެޗުތަކުގައި ދެއްކި މޮޅު ކުޅުމާއެކު ކޭން މިހާރު ވަނީ ޖެހިޖެހިގެން 9 މެޗުގައި ލަނޑު ޖަހައިފައެވެ. މިއާއެކު ކުރިން ރޮބަޓް ލެވަންޑޯވްސްކީ އާއި ރޫޑް ވެން ނިސްޓެލްރޫއީ ހަދާފައިވާ 9 މެޗުގެ ރެކޯޑާ ވެސް ކޭން ވަނީ އެއްވަރުކޮށްފައެވެ.
Ads by BMLމި ރެކޯޑު މުގުރާލުމުގެ އަމާޒުގައި ކޭން ދެން އެންމެ އަވަހަށް ނުކުންނަން ޖެހޭނީ އާސެނަލްއާ ދެކޮޅަށެވެ. އާސެނަލްއަކީ ކޭންގެ ކެރިއަރުގައި މިހާތަނަށް ކުޅުނު 22 މެޗުން 15 ލަނޑު ކާމިޔާބުކޮށްފައިވާ ޓީމަކަށް ވުމުން، ކުރިއަށް އޮތް މެޗުގައި ލަނޑު ޖަހައި ރޮނާލްޑޯގެ ރެކޯޑާ އިތުރަށް ކައިރިވުމުގެ ފުރުސަތު އޭނާއަށް ވަރަށް ބޮޑެވެ.
Ads by MACL
