ބުދަ، 18 ނޮވެމްބަރު 2026
ކުޅިވަރު

މެންޗެސްޓާ ޔުނައިޓެޑްގެ ބައިބައިވަމުންދާ ކަމަށް ބުނެ ރޫނީ ކުޅުންތެރިންނަށް ވަރަށް ބޮޑަށް ފާޑުކިޔައިފި

އިނގިރޭސި ކުރީގެ ފޯވާޑް ވޭން ރޫނީ ----
އިނގިރޭސި ކުރީގެ ފޯވާޑް ވޭން ރޫނީ ----

މެންޗެސްޓާ ޔުނައިޓެޑްގެ ޑިފެންޑަރު ލިސަންޑްރޯ މާޓިނޭޒް ކުރި ކޮމެންޓްތަކާއެކު ކްލަބުގެ ޑްރެސިން ރޫމް ބައިބައިވާން ފަށާފައިވާ ކަމަށާއި، ކުރިއަށް އޮތް ހަފުތާތަކުގައި އިތުރު ކުޅުންތެރިންވެސް ނުރުހުން ފާޅުކުރާނެ ކަމަށް އިނގިރޭސި ކުރީގެ ފޯވާޑް ވޭން ރޫނީ ބުނެފިއެވެ.

ޔުނައިޓެޑުން އެންމެ ފަހުން ޗެމްޕިއަންސް ލީގުގައި އެތުލެޓިކޯ މެޑްރިޑާއި ކޯމޯ އަތުން ބަލިވި މެޗުތަކަށްފަހު، މާޓިނޭޒާއި ޓީމުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭސް ދެއްކި ވާހަކަތަކާ ގުޅިގެން ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. މާޓިނޭޒް ވަނީ ޓްރާންސްފާ ބާޒާރުގައި އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރާ ކަމަށް ބުނެ ކްލަބުގެ ޓެކްނިކަލް ޑިރެކްޓަރު ޖޭސަން ވިލްކޮކްސްއަށާއި ޓީމުގެ ބައެއް ކުޅުންތެރިންނަށް ފާޑުކިޔާފައެވެ. އަދި ކޯމޯ އަތުން 4-1 އިން ޔުނައިޓެޑް ބަލިވި މެޗަށްފަހު ބްރޫނޯ ވަނީ ކޯޗު މައިކަލް ކެރިކްގެ ޓެކްޓިކްސްއަށް ފާޑުކިޔާފައެވެ.

"ދަ ޔުނައިޓެޑް ސްޓޭންޑް" ޕޮޑްކާސްޓްގައި ވާހަކަދައްކަމުން ރޫނީ ބުނީ، މާޓިނޭޒްގެ ވާހަކަތަކާއެކު ޑްރެސިން ރޫމް ހަލާކުވެގެންދާނެ ކަމަށް އޭނާ ކުރިންވެސް ހީކުރި ކަމަށެވެ. އަދި މިހާރު ބްރޫނޯގެ ފަރާތުންވެސް އެފަދަ ކަންކަން ފެންނަމުންދާއިރު، ކުރިއަށް އޮތް ތަނުގައި އިތުރު ކުޅުންތެރިންގެ ފަރާތުންވެސް މިއަމަލުތައް ފެންނާނެ ކަމަށް އޭނާ ބުންޏެވެ.

ރޫނީ ސިފަކުރި ގޮތުގައި މި ކުޅުންތެރިންނަކީ އަމިއްލަ އެދުން ބޮޑު، ޒިންމާ ނަގަން ބޭނުންނުވާ ކުޅުންތެރިންނެވެ. ކުޅުންތެރިން ސާފުކޮށް ބަލަންވީ ދަނޑުމަތީގައި ޒިންމާ ނެގުމަށް ކަމަށާއި، ކްލަބާއި، ކޯޗާއި، ސަޕޯޓަރުންނަށްވުރެ ބޮޑަށް އެ ކުޅުންތެރިން އިސްކަންދެނީ އަމިއްލަ މަސްލަހަތަށް ކަމަށްވެސް ރޫނީ ބުންޏެވެ.

އަދި ބްރޫނޯ މިހާރު ހުރީ އޭނާ ޔުނައިޓެޑަށް ގުޅުނު ފަހުން އެންމެ ފޯމު ކެޓި ދުވަސްވަރުގައި ކަމަށާއި، އަމިއްލަ ކުޅުން ރަނގަޅު ކުރުމުގެ ބަދަލުގައި އެހެން މީހުންގެ ބޮލުގައި އިލްޒާމް އަޅުވަން މަސައްކަތް ކުރަނީ ޒިންމާއިން ރެކެން ކަމަށްވެސް ރޫނީ އިތުރަށް ބުންޏެވެ.

ކުޅިވަރު

އިތުރަށް ←