ސީޒަނުގެ އެންމެ ގިނަ ލަނޑު ޖެހި މެޗުން އީގަލްސް ބޮޑު ތަފާތަކުން ބަލިކޮށް ނިއުރޭޑިއަންޓުން ތަފާތު ދައްކައިފި!
ދިރާގު ދިވެހި ލީގުގައި އީގަލްސް ބޮޑު ތަފާތަކުން ބަލިކޮށް ނިއުރޭޑިއަންޓުން ބޮޑު މޮޅެއް ހޯދައިފިއެވެ.
ގަލޮޅު ދަނޑުގައި ކުޅުނު މެޗުން ނިއުރޭޑިއަންޓް މޮޅުވީ 7-1 ގެ ބޮޑު ތަފާތަކުންނެވެ.
މިއީ މިހާތަނަށް މި ސީޒަނުގަައި ފެނުނު އެންމެ ތަފާތު ބޮޑު ނަތީއްޖާއެވެ.
Ads by BMLމި މެޗުން މޮޅުވުމާއި އެކު ނިއުރޭޑިއަންޓުން ވަނީ ވަގުތީ ގޮތުން ތާވަލުގެ ދެވަނައަށް ޖެހިލާފައެވެ.
މި މެޗުގައި އަލީ ފާސިރު ( ސެންޓޭ ) 2 ގޯލު ޖެހިއިރު ނިއުގެ ބިދޭސީ ކުޅުންތެރިޔާ ޑޯރީ ވެސް ވަނީ 2 ގޯލު ކާމިޔާބުކޮށް ދީފައެވެ.
ޑޯރީ ޖެހި 2 ގޯލާއި އެކު އޭނާ އަކީ މި ވަގުތު ލީގުގެ ޓޮޕް ސްކޯރާއެވެ.
މެޗު ފަށައިގެން ނިއުރޭޑިއަންޓްގެ އެޓޭކްތައް ފެނިގެން ދިޔައީ ވަރަށް ކާމިޔާބު އެޓޭކްތަކެއްގެ ގޮތުގައެވެ. ހާއްސަކޮށް އަލީ އަޝްފާގު ( ދަގަނޑޭ ) ގެ މޮޅު ކުޅުން މި މެޗުގައި ވަނީ ފެނިގެން ގޮސްފައެވެ.
Ads by MACL
