ބުދަ، 18 ނޮވެމްބަރު 2026
ލައިފްސްޓައިލް

ފެންމަތީގައި 40.74 ކިލޯމީޓަރު ދުއްވައިގެން ޗައިނާގެ އިނޮވޭޓަރަކު ދުނިޔޭގެ ރެކޯޑު ހަދައިފި

ފެންމަތީގައި 40.74 ކިލޯމީޓަރު ދުއްވައިގެން ޗައިނާގެ އިނޮވޭޓަރަކު ދުނިޔޭގެ ރެކޯޑު ހަދައިފި

ޚާއްޞަ ބަދަލުތަކެއް ގެނެސްފައިވާ ސައިކަލެއްގައި ފެންމަތީގައި 40.74 ކިލޯމީޓަރުގެ ދުރަށް ދަތުރުކޮށްގެން، ޗައިނާގެ މޮޓޯސައިކަލް އުފައްދާ ކުންފުނި "ޒެޑްއެކްސްއެމްއޯޓީއޯ" (ZXMOTO) ގެ ބާނީ ޒޭންގް ޝުއޭ ދުނިޔޭގެ އާ ގިނަސް ރެކޯޑެއް ގާއިމުކޮށްފިއެވެ.

ޒޭންގް ޝުއޭ މި ރެކޯޑު ގާއިމުކޮށްފައިވަނީ އޭނާގެ އުފަން ރަށް ކަމަށްވާ ޗައިނާގެ ހުނާން ޕްރޮވިންސްގެ ހުއައިހުއާގައި އޮންނަ މާޔަންގް މިއާއޯ އޮޓޯނޮމަސް ކައުންޓީގައެވެ.

މި ދަތުރުގައި އޭނާ ބޭނުންކޮށްފައިވަނީ ފެންމަތީގައި ދުއްވޭގޮތަށް ބަދަލުތަކެއް ގެނެސްފައިވާ "އެމްއެކްސް 450" (MX450) މޮޑެލްގެ ސައިކަލެކެވެ. މި ކާމިޔާބީއާއެކު އޭނާ މުގުރާލާފައިވަނީ ކުރިން މި ބައިން ގާއިމުކޮށްފައިވާ 31.8 ކިލޯމީޓަރުގެ ރެކޯޑެވެ.

 

ލައިފްސްޓައިލް

އިތުރަށް ←