ބުދަ، 18 ނޮވެމްބަރު 2026
ލައިފްސްޓައިލް

ދުފާފައި ޖަހާލި ކުޅުގަނޑު ހައި-ޓެންޝަން ނަރެއްގައި ޖެހި މީހަކު މަރުވެއްޖެ

ބެލްކަނިން މީހަކު ކުޅުޖަހަނީ ----
ބެލްކަނިން މީހަކު ކުޅުޖަހަނީ ----

ދުފާލައިގެން ހުރެ ބެލްކަނިން ބޭރަށް ޖަހާލި ކުޅުގަނޑު ގޭގެ ކައިރިން ގޮސްފައިވާ ހައި-ޓެންޝަން ކަރަންޓު ވައިރެއްގައި ޖެހި، އިންޑިއާގެ މަދްޔަޕްރަދޭޝްގައި 65 އަހަރުގެ މީހަކު ކަރަންޓުގައި ޖެހިގެން މަރުވެއްޖެއެވެ.

މި ނުރައްކާތެރި ހާދިސާގައި މަރުވެފައިވަނީ މަދްޔަޕްރަދޭޝްގެ ވިދީޝާ ޑިސްޓްރިކްޓްގެ ގަންޖްބަސޯޑާގައި ކުއްޔަށް ދިރިއުޅެމުންދިޔަ ޕްރަބުލާލް ގުޕްތާއެވެ.

އޭނާ މަރުވާން މެދުވެރިވީ ދުންފަތް ލައިގެން ހަދާފައިވާ ގުޓްކާގަނޑެއް ކެއުމަށްފަހު، ދިރިއުޅޭ ގޭގެ ތިންވަނަ ފަންގިފިލާގެ ބެލްކަނިން ބޭރަށް ކުޅުޖެހި ވަގުތު، އެ ކުޅުގަނޑު ބެލްކަނި ކައިރިން ގޮސްފައިވާ 11 ކިލޯވޯލްޓްގެ ކަރަންޓު ނަރެއްގައި ޖެހިގެންނެވެ.

މި ހާދިސާގައި ކުޅުގަނޑު ވައިރުގައި ޖެހުމާއެކު ކަރަންޓު ދަތުރުކޮށް، ގުޕްތާގެ ހަށިގަނޑު ވަރަށް ބޮޑަށް އަނދައިގެން ގޮސްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކަރަންޓުގެ މާހިރުން ފާހަގަކުރާ ގޮތުގައި ކުޅުގައި ތެތްކަމާއި ލޮނުގެ އަސަރު އެކުލެވޭތީ އެއީ ކަރަންޓު ކޮންޑަކްޓްކުރާ ނުވަތަ ކަރަންޓު ދަތުރުކޮށްދޭ އެއްޗެކެވެ.

އެހެންކަމުން ސްޓްރީމްއެއްގެ ގޮތުގައި ބެލްކަނިން ތިރިއަށް އަންނަ ކުޅުގަނޑު ހައި-ޓެންޝަން ވައިރެއްގައި ޖެހުމުން، ކަރަންޓު ސީދާ އިންސާނާގެ ހަށިގަނޑަށް ދަތުރުކުރުމުގެ ފުރުސަތު އުފެދެއެވެ.

މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުގެ ރައްޔިތުން ވަނީ ގޭގޭގެ ބެލްކަނިތަކާ ދާދި ކައިރިން ނުރައްކާތެރި ހައި-ޓެންޝަން ވައިރުތައް ދޫކޮށްލާފައިވާތީ ކަރަންޓު ކުންފުންޏަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

އެގޭގެ ވެރިފަރާތުން ބުނި ގޮތުގައި އެ ވައިރުތައް ނަގައިދިނުމަށް އެދި ތަކުރާރުކޮށް ޝަކުވާ ހުށަހެޅި ނަމަވެސް، ކަރަންޓު ކުންފުނިން އެކަމަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

ލައިފްސްޓައިލް

އިތުރަށް ←