ބުދަ، 18 ނޮވެމްބަރު 2026
ކުޅިވަރު

އޭއެފްސީ ޗެމްޕިއަންސް ލީގް އެލީޓްގައި އަލް ނަޞްރާއި އަލް ވަޞްލް ކުޅެން އޮތް މެޗު ފަސްކޮށްފި

އަލްނަސްރުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ---
އަލްނަސްރުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ---

އޭއެފްސީ ޗެމްޕިއަންސް ލީގް އެލީޓްގެ ގްރޫޕް ބީގައި ސާޢޫދީ އަރަބިއްޔާގެ އަލް ނަޞްރާއި ޔޫއޭއީގެ އަލް ވަޞްލް ބައްދަލުކުރަން ހަމަޖެހިފައިވި މެޗު، އަލް ވަޞްލްގެ ޓީމަށް ރިޔާޟަށް ދަތުރުނުކުރެވުމުގެ ސަބަބުން ކުޅެން ކުޑަތަންވެފައި ވަނިކޮށް ފަސްކޮށްފިއެވެ.

މި މެޗު ފަސްކުރަން ޖެހުނު މައިގަނޑު ސަބަބަކީ ދުބާއީގެ ވައިގެ ދަތުރުފަތުރަށް ދިމާވި މައްސަލަތަކާއި އެއާޕޯޓުގެ ތޮއްޖެހުމުގެ ސަބަބުން އަލް ވަޞްލްގެ ސްކޮޑަށް ކަނޑައެޅިފައިވާ ވަގުތަށް ރިޔާޟަށް ދެވޭގޮތް ނުވުމެވެ. ވައިގެ ސަރަހައްދަށް އައި ބަދަލުތަކާއެކު ދުބާއީން ފުރަން އޮތް ފްލައިޓްތައް މެދުކެނޑުމުން އެ ޓީމަށް ވަނީ މެޗު ކުޅޭ ރިޔާޟުގެ އަލްއައްވަލް ޕާކަށް ހާޟިރުވެވޭގޮތް ނުވެފައެވެ.

މެޗު ފަސްކުރިއިރު، މެޗު އިންތިޒާމުކުރާ ސަޢޫދީ ކްލަބް އަލް ނަޞްރާއި ސާޢޫދީ އަރަބިއްޔާގެ ފުޓްބޯޅަ އެސޯސިއޭޝަނުން އޮތީ މެޗަށް ވާންޖެހޭ ތައްޔާރީތައް ފުރިހަމަކޮށްފައެވެ. އޭއެފްސީގެ މެޗު އޮފިޝަލުންވެސް ރިޔާޟަށް ގޮސް ތިބިއިރު، އަލް ނަޞްރުގެ ކުށެއްނެތި މެޗު ފަސްކުރަން ޖެހުމުން ސަޢޫދީގެ ފުޓްބޯޅަ ތަޖުރިބާކާރުން ވަނީ އޭއެފްސީގެ ނިންމުމާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

އޭއެފްސީން ނެރުނު ރަސްމީ ބަޔާނެއްގައި ބުނެފައިވަނީ، ދެ ކްލަބާއި ދެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނާއެކު މަޝްވަރާކުރުމަށްފަހު މެޗު ކުޅޭނެ އާ ތާރީޚަކާއި ވަގުތު ފަހުން އިއުލާނުކުރާނެ ކަމަށެވެ. ނަމަވެސް މި ސީޒަނުގެ ތާވަލު ތޮއްޖެހިފައިވުމުގެ ސަބަބުން މި މެޗަށް އާ ތާރީޚެއް ހޯދުމަކީ ދަތިކަމަކަށް ވެގެންދާނެއެވެ.

މި މެޗު ފަސްކުރުމާ ގުޅިގެން ދެ ޓީމުންވެސް މިހާރު ތައްޔާރުވަމުންދަނީ ކުރިއަށް އޮތް މެޗުތަކަށެވެ. އެގޮތުން އަލް ނަޞްރު ދެން ބައްދަލުކުރާނީ ތަޝްކެންޓުގައި ޕާޚްތަކޯރާއެވެ. އަދި އަލް ވަޞްލް އަމިއްލަ ދަނޑުގައި ބައްދަލުކުރާނީ އިރާގުގެ އަލް ޤުވާ އަލް ޖަވިއްޔާއާއެވެ.

 

ކުޅިވަރު

އިތުރަށް ←