ބުދަ، 18 ނޮވެމްބަރު 2026
ކުޅިވަރު

15 އަހަރުން ދަށުގެ ވޯލްޑް ކަޕް: ތާރީޚީ ކާމިޔާބީއަކާއެކު ރާއްޖޭގެ ދަތުރު ނިންމާލައިފި

15 އަހަރުން ދަށުގެ ވޯލްޑް ކަޕް: ތާރީޚީ ކާމިޔާބީއަކާއެކު ރާއްޖޭގެ ދަތުރު ނިންމާލައިފި

އަޒަރުބައިޖާނުގައި ކުރިއަށްދިޔަ 15 އަހަރުން ދަށުގެ ފީފާ ވޯލްޑް ކަޕް އެންޑް ފެސްޓިވަލް 2026 ގެ ފަހު މެޗުގައި ބްރިޓިޝް ވާޖިން އައިލެންޑްސް 0-2 އިން ބަލިކޮށް، ރާއްޖޭގެ ޒުވާން ގައުމީ ފުޓްބޯޅަ ޓީމުން ތާރީޚީ މޮޅަކާއެކު މުބާރާތް ނިންމާލައިފިއެވެ.

ކޯޗު އަޙްމަދު ޝާކިރު (ޝާކިއްޓޭ) ގެ އިރުޝާދުގެ ދަށުން ވާދަކުރި ރާއްޖޭގެ ޓީމުން ގްރޫޕް ސްޓޭޖުގައި ފަސް މެޗު ކުޅުނުއިރު، ހަތަރު މެޗުން ވަނީ ބަލިވެފައެވެ. ނަމަވެސް އަންގީލާއާ ދެކޮޅަށް ކުޅުނު މެޗު 3-3 ގެ ނަތީޖާއަކުން ވަނީ އެއްވަރުކޮށްފައެވެ. ދެކުނު އެފްރިކާ، ފްރާންސް، އެސްޓޯނިއާ، ކޮސޯވޯ އަދި އަންގީލާ ހިމެނުނު ގްރޫޕް ސްޓޭޖަށްފަހު ކުރިއަށްދިޔަ ރޭންކިން މެޗުން ހޯދި މި ކާމިޔާބީއާއެކު، 189 ގައުމު ބައިވެރިވި މި މުބާރާތުން ރާއްޖެއަށް ލިބުނީ 159 ވަނަ ރޭންކިންއެވެ.

މިދިޔަ ޑިސެމްބަރު މަހު ފީފާ ކައުންސިލުން ފާސްކުރި މި މުބާރާތަކީ ދުނިޔޭގެ ފެންވަރުގެ ބޮޑު މުބާރާތެއްގައި ފީފާގެ މެމްބަރު ހުރިހާ ގައުމަކަށް ފުރުސަތު ދިނުމުގެ މަގުސަދުގައި ބޭއްވި މުބާރާތެކެވެ. މުބާރާތުގެ ފުރަތަމަ އެޑިޝަނުގައި ފިރިހެން ކުދިންގެ ޓީމުތައް ވާދަކުރިއިރު، އަންނަ އަހަރު ބާއްވާ ދެވަނަ ފޭސް ޚާއްސަކޮށްފައިވަނީ އަންހެން ކުދިންގެ ޓީމުތަކަށެވެ. އަދި 2028 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ފިރިހެން އަދި އަންހެން ކުދިންގެ މުބާރާތް އެއް ދުވަސްވަރެއްގައި ވަކިވަކިން ކުރިއަށްގެންދިއުމަށް ވަނީ ރޭވިފައެވެ.

ކުޅިވަރު

އިތުރަށް ←