ބުދަ، 18 ނޮވެމްބަރު 2026
ލައިފްސްޓައިލް

ތަސްނީމްގެ ލެންސުން، ރީތި ހިތްގައިމު ގުޑުގުޑާ ދޫނީގެ ޗާލު މަންޒަރުތައް ފުނަދޫއިން

ތަސްނީމްގެ ލެންސުން ށ ފުނަދޫ ދައްފަޅުން ގުޑުގުޑާ ދޫނީގެ ރީތި މަންޒަރުތަކެއް: ފޮޓޯ: ތަންނި ފޮޓޯ ގްރަޕީ
ތަސްނީމްގެ ލެންސުން ށ ފުނަދޫ ދައްފަޅުން ގުޑުގުޑާ ދޫނީގެ ރީތި މަންޒަރުތަކެއް: ފޮޓޯ: ތަންނި ފޮޓޯ ގްރަޕީ

ދުނިޔޭގައި އެންމެ ރީތި ދޫނިތަކުގެ ތެރޭގައި ހިމެނޭ ފްލެމިންގޯ ( ގުޑުގުޑާ ދޫނި) އަނެއްކާވެސް ރާއްޖެއަށް ހިޖުރަ ކުރަން ފަށައިފިއެވެ.

މިފަހަރު ގުޑުގުޑާ ދޫނީގެ މަންޒަރު ދައްކުވައިލަދިނީ ރާއްޖޭގެ މަޝްހޫރު ޕޮޓޯ ގްރާފާ މުހައްމަދު ތަސްނީމް ( ތަންނި ފޮޓޯގްރަފީ ) އެވެ.

އެހެން އަހަރުތަކާއި ހިލާފަށް މިއަހަރު އައި ދޫނިތައް ހުދުވެފައި ބަލާލަން ވަރަށް ހިތްގައިމެވެ.

ފްލެމިންގޯ ދޫންޏަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި ފެންނަ، ހާދަހާ ނަލަ ރީތި ކުލަތަކެއް ލިބިފައިވާ އަދި ހިތްގައިމު ސިފަތަކެއް ލިބިފައިވާ ދޫންޏެކެވެ.

މިދޫނި އެންމެ ފާހަގަކުރެވެނީ އެކުލާ ބަލާލުމުން ހިތްގައިމު ފިޔާތޮށި ނުވަތަ ރަތްފިޔާތޮށި ކުލައިގެ ފަރިކަމުންނެވެ.

އެއީ އެދޫނީގެ ކާނާއިން ލިބޭ ކުލައެކެވެ. ދިގު ފައިތަކާއި، ދިގު ކަރުތަކުގެ ސަބަބުން މިދޫނި ފެންނަނީ ވަރަށް ފުރިހަމަ ރީތި ގޮތަކަށެވެ.

އަދި ހާއްސަކޮށް، ތިރިއަށް ލެބިފައި ހުންނަ އެދޫނީގެ ތުނބޯއަކީ މިދޫންޏަށް ޚާއްސަ ގޮތްކެއް ގެނެސްދޭ ސިފައެކެވެ.

ފްލެމިންގޯ ދޫންޏަކީ މޫސުމީ ދޫންޏެކެވެ.

އެހެން ކަމުން، ރާއްޖެއަށް އަންނަ ހިޖުރަކުރާ ދޫނިތަކުގެ ތެރޭގައި މިދޫނިވެސް ހިމެނެއެވެ. އާއްމުކޮށް މިދޫނި ރާއްޖެއަށް އަންނަނީ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މާރޗް މަހުގެ ނިޔަލަށެވެ. މިދުވަސްވަރަކީ ރާއްޖޭގެ މޫސުން ބަދަލުވެ، އުތުރުގެ ގަދަވައި ދުވަސްވަރު ކަމުން، މިފަދަ ހިޖުރަކުރާ ދޫނިތަކަށް އެކަށީގެންވާ މާހައުލެއް ލިބޭ ދުވަސްވަރެކެވެ.

ރާއްޖޭގެ ރަށްރަށުގެ ފަޅުތަކާއި، ހިކި ކުޅި ތަންތަނުން ބައެއް ފަހަރު މި ރީތި ދޫނި ފެނިގެންދެއެވެ. ފްލެމިންގޯ ދޫނި ރާއްޖެއަށް އައުމަކީ ރާއްޖޭގެ ގުދުރަތީ ރީތިކަން އިތުރަށް ފުރިހަމަކޮށްދޭ އަދި ދޫނީގެ ވައްތަރުތައް ދިރާސާކުރާ ފަރާތްތަކަށް ވަރަށް ޝައުގުވެރިކަން ހުރި ކަމެކެވެ.

ތަސްނީމްގެ ލެންސުން މި ދައްކުވައިދިނީ އެ ފުރިހަމަ ރީތި ކަމެވެ.

ލައިފްސްޓައިލް

އިތުރަށް ←