ބުދަ، 18 ނޮވެމްބަރު 2026
ލައިފްސްޓައިލް

އުފާވެރިކަމުގެ މިސްރާބު ބަދަލުވެ، ޒުވާނުންނަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމަށް ދިރާސާއަކުން ދައްކައިފި

އުފާވެރިކަމުގެ މިސްރާބު ބަދަލުވެ، ޒުވާނުންނަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމަށް ދިރާސާއަކުން ދައްކައިފި

އުފާވެރިކަމުގެ މިސްރާބު ބަދަލުވެ، ޒުވާނުންނަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ކޮލަމްބިއާ ޔުނިވާސިޓީގެ މެއިލްމަން ސްކޫލް އޮފް ޕަބްލިކް ހެލްތުގެ ޕްރޮފެސަރު ކައި ރުގޭރީ އިސްކޮށްހުންނަވައިގެން ކުރިއަށް ގެންދިޔަ ބައިނަލްއަޤްވާމީ ދިރާސާއަކުން ދައްކާގޮތުގައި، ދުނިޔޭގެ އުފާވެރިކަމުގެ މިސްރާބު ވަނީ މުޅިން ބަދަލުވެފައެވެ. ދުނިޔޭގެ 92 ޤައުމަކުން ގާތްގަނޑަކަށް 54،000 މީހުން ބައިވެރިކޮށްގެން ހެދި މި ދިރާސާ ޝާއިޢުކޮށްފައިވަނީ 'ސޯޝަލް އިންޑިކޭޓަރސް ރިސާޗް' ނަމަކަށް ކިޔާ މަޖައްލާއެއްގައެވެ.

ކުރީގެ ދިރާސާތަކުން ދައްކާފައިވާގޮތުގައި އުފާވެރިކަން އެންމެ ދަށްވަނީ މެދު އުމުރުގައެވެ. ނަމަވެސް، މިހާރު ހޯދިފައިވާ ހޯދުންތަކުން މެދު އުމުރުގެ މި ދަށްވުން ނުވަތަ މެދުއުމުރުގެ ދަތިކަން ފެންނަން ނެތްކަމަށާއި، އޭގެ ބަދަލުގައި މުޅި ދުނިޔޭގައިވެސް އެންމެ ހާލަތު ދަށީ ޒުވާނުންނަށް ކަމަށް މި ދިރާސާއިން ވަނީ ހާމަކޮށްފައެވެ.

މި ދިރާސާގައި ބައިވެރިވި ފަރާތްތަކުން ވަނީ އުއްމީދާއި، ވިލުންވެރިކަމާއި، އަދި ދިރިއުޅުމުގެ މަޤުޞަދާ ގުޅޭ 10 ބަޔާނަކަށް ރިޢާޔަތްކޮށް ޖަވާބުދީފައެވެ. މީގެ ތެރެއިން އެންމެ ދަށް މާކުސް ލިބިފައިވަނީ ހަކަތަ ލިބިފައިވުމާއި ހަމަޖެހުން ލިބިފައިވުމަށެވެ. އެގޮތުން ގާތް މީހުންގެ އެއްބާރުލުމާއި ދިރިއުޅުމުގެ މާނަ ދެނެގަތުމަށް މަތީ މިންވަރަކަށް މާކުސް ލިބުނު ނަމަވެސް، ހަކަތަ ފުރިހަމައަށް ލިބިފައިވާކަމަށް ބުނެފައިވަނީ ވަރަށް މަދު ބަޔެކެވެ.

އުމުރުން 18 އާއި 25 އަދަދާ ދެމެދުގެ ޒުވާނުންނަކީ އެންމެ ބޮޑަށް ހާލަތު ގޯސްވެފައިވާ ފަރާތްތައްކަން ފާހަގަކުރެވިފައިވެއެވެ. އެގޮތުން މި އުމުރުފުރާގެ މީހުންގެ ތެރެއިން ޑިޕްރެޝަން ނުވަތަ ކަންބޮޑުވުމުގެ އެއްވެސް އަލާމާތެއް ނުފެންނަނީ އެންމެ 14.7 އިންސައްތަ މީހުންނަށެވެ. އަދި މި ފަރާތްތަކުގެ މެދުގައި ޑިޕްރެޝަންގެ މެދުފަންތީގެ ނުވަތަ ބޮޑެތި އަލާމާތްތައް ފެނުނު މީހުންގެ ނިސްބަތް ވަނީ 28.6 އިންސައްތައަށް އަރާފައެވެ.

ދިރާސާއިން ދައްކާގޮތުގައި އާމްދަނީ މަތިވާވަރަކަށް އަދި ތަޢުލީމީ ފެންވަރު ރަނގަޅުވާވަރަކަށް ނަފްސާނީ ދުޅަހެޔޮކަން އިތުރުވެއެވެ. އަދި އެކަނި އުޅޭ މީހުންނަށްވުރެ ގިނަ އާއިލާ މެންބަރުންނާއެކު ނުވަތަ އެކުވެރިންނާއެކު އުޅޭ މީހުންގެ ދުޅަހެޔޮކަން މަތިކަން ފާހަގަކުރެވިފައިވެއެވެ. މީގެ އިތުރުން މަސައްކަތުގެ މާޙޮލާ ގުޅޭގޮތުން، ގޭގައާއި އޮފީހުގައި ވަގުތު ބަހައިގެން މަސައްކަތްކުރާ ފަރާތްތަކުގެ ނަފްސާނީ ދުޅަހެޔޮކަން އެންމެ މަތީ މިންވަރެއްގައި ހުރިކަމަށް މި ދިރާސާއިން ވަނީ ހާމަކޮށްފައެވެ.

ލައިފްސްޓައިލް

އިތުރަށް ←