ބުދަ، 18 ނޮވެމްބަރު 2026
ކުޅިވަރު

ޤައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރޮނާލްޑޯ ވީޑިއޯ މެސެޖަކުން އިއުލާންކޮށްފި

ޤައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރޮނާލްޑޯ ވީޑިއޯ މެސެޖަކުން އިއުލާންކޮށްފި

ޕޯޗުގަލްގެ ޤައުމީ ފުޓްބޯޅަ ޓީމަށް ކުޅުން ހުއްޓާލިކަން އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ 5 މިނެޓުގެ ވީޑިއޯ މެސެޖަކާއެކު މިއަދު ރަސްމީކޮށް އިއުލާންކޮށްފިއެވެ. ރޮނާލްޑޯގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި އާންމުކުރި މި ވީޑިއޯގެ ކެޕްޝަންގައި "ޕޯޗުގަލް އެކީ އަބަދުވެސް މަގޭ ހިތުގައި ވާނެ" ކަމަށް ލިޔެފައިވެއެވެ.

މި ވީޑިއޯ މެސެޖުގައި ރޮނާލްޑޯ ބުނެފައިވަނީ ޤައުމީ ޓީމުގެ 7 ނަންބަރު ޖާޒީ އަންނަން އޮތް ޖީލުތަކަށް ހަވާލުކުރާނެ ވަގުތު ޖެހިއްޖެ ކަމަށާއި، މިއީ ހަމައެކަނި ސިކުނޑިން ނިންމި ނިންމުމެއް ނޫން ކަމަށެވެ. އަދި 2003 ވަނަ އަހަރުގެ އޮގަސްޓް މަހު ފެށުނު މި ދިގު ދަތުރަކީ އޭނާގެ ހަޔާތް މުޅިން ބަދަލުކޮށްލި ކާމިޔާބު ދަތުރެއްގެ ގޮތުގައި އޭނާ ސިފަކުރިއެވެ.

https://www.youtube.com/watch?v=8kkal8fIxzE

ވޭތުވެދިޔަ 23 އަހަރުގެ ތެރޭގައި ޕޯޗުގަލްގެ ޤައުމީ ޓީމަށް 234 މެޗު ކުޅެދީ 146 ލަނޑު ޖަހައިގެން ރޮނާލްޑޯ ސުރުޚީތަކުން ޖާގަ ހޯދާފައިވަނީ ބައިނަލްއަޤްވާމީ ފުޓްބޯޅައިގެ ތާރީޚުގައި އެންމެ ގިނަ މެޗު ކުޅެ އަދި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑާއެކުގައެވެ. އޭނާ ވަނީ ޕޯޗުގަލްއާއެކު 2016 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ އިތުރުން 2019 އާއި 2025 ވަނަ އަހަރުގެ ޔޫއެފާ ނޭޝަންސް ލީގު ކާމިޔާބުކޮށްފައެވެ.

ރޮނާލްޑޯގެ މި ޚާއްޞަ ވީޑިއޯއާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ސަޕޯޓަރުންނާއި ކުޅިވަރުގެ ތަރިން އަންނަނީ އޭނާއަށް ސުކުރާ އަދާކޮށް އަލްވަދާޢު ކިޔަމުންނެވެ. ސޯޝަލް މީޑިއާގައި މި ވީޑިއޯ ވަޔަރަލްވެގެން ގޮސްފައިވާއިރު، ގިނަ ބަޔަކު އަންނަނީ ޕޯޗުގަލްގެ ޤައުމީ ޓީމަށް އޭނާ ކޮށްދިން އަގުނުކުރެވޭފަދަ ޚިދުމަތްތަކުގެ ހަނދާންތައް އާކުރަމުންނެވެ.

ކުޅިވަރު

އިތުރަށް ←