ޕިއްޒާއަށް އަލަނާސި އަޅަން އިންކާރުކުރީމާ އިޓަލީގެ ޝެފެއް ވަޒީފާއިން ވަކިކޮށްފި
އޮސްޓްރޭލިއާގެ ބްރިސްބޭންގެ ރެސްޓޯރެންޓެއްގައި މަސައްކަތްކުރި އިޓަލީގެ ޝެފަކު، ޕިއްޒާއަށް އަލަނާސި އެޅުމަކީ އޭނާގެ ސަގާފަތަށް ކުރެވޭ އިހާނެތްކަމެއް ކަމަށް ބުނެ އެކަމަށް އިންކާރުކުރުމުން ވަޒީފާއިން ވަކިކޮށްފިއެވެ.
މިހާރު ބަންދުކޮށްފައިވާ "ލާ ކޮސްޓާ" ރެސްޓޯރެންޓުގައި މަސައްކަތްކުރި ޑޭވިޑް ޓެމްބުރެއްލާ ވަޒީފާއިން ވަކިކުރީ މިދިޔަ މެއި މަހުގެ ތެރޭގައެވެ. އޭނާއާ ދެކޮޅަށް ހުށަހެޅި ޝަކުވާތަކުގައިވާ ގޮތުން، ހަފުލާއެއްގެ މެހުމާނުންނަށް ތައްޔާރުކުރި ޕިއްޒާއަށް ހޭމް އާއި އަލަނާސި އެޅުމަށް މެނޭޖްމަންޓުން އެންގުމުން އޭނާ ވަނީ އެކަމަށް ދެކޮޅު ހަދައި، ސަގާފަތަށް އުނިކަން އަންނަ އަމުރުތަކަށް ކިޔަމަންވާން ނުޖެހޭނެ ކަމަށް ބުނެފައެވެ.
މި މައްސަލަ ބޭރުވެގެންދިޔައީ، ވަޒީފާއިން ވަކިކުރީ ބޭއިންސާފުން ކަމަށް ބުނެ އޭނާ އޮސްޓްރޭލިއާގެ ފެއާ ވޯކް ކޮމިޝަނަށް މައްސަލަ ހުށަހެޅުމުންނެވެ. ކޮމިޝަނުން ނެރުނު ނިންމުމުގައިވާ ގޮތުން، ވޭތުވެދިޔަ ހަތަރު އަހަރު ތެރޭގައި ޕިއްޒާއަށް އަލަނާސި ބޭނުންކުރުމަށް އޭނާ އިންކާރުކުރި މިއީ ތިންވަނަ ފަހަރެވެ.
Ads by BMLއަލަނާސީގެ މައްސަލައިގެ އިތުރުން މަސައްކަތުގެ މާހައުލުގައި ހުތުރުބަހުން ވާހަކަދެއްކުމާއި ރުޅިގަދަވުމުގެ ޝަކުވާތައް ވެސް މެނޭޖްމަންޓުން ހުށަހަޅާފައިވެއެވެ. އަދި އޭނާ ހުށަހެޅި މައްސަލަ މުއްދަތު ހަމަވި ފަހުން ހުށަހެޅުމުން ކޮމިޝަނުން ވަނީ ބޭރުކޮށްލާފައެވެ.
Ads by MACL
