ބުދަ، 18 ނޮވެމްބަރު 2026
ކުޅިވަރު

ކްރިސްޓިއާނޯ ރޮނާލްޑޯ އެމްއެލްއެސްއިން ފެނުމަކީ ދެކޭ ހުވަފެނެއް: ހެކްޓަރ ހެރޭރާ

ކްރިސްޓިއާނޯ ރޮނާލްޑޯ އެމްއެލްއެސްއިން ފެނުމަކީ ދެކޭ ހުވަފެނެއް: ހެކްޓަރ ހެރޭރާ

ޕޯޗުގަލްގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލުމާ ގުޅިގެން، ކްރިސްޓިއާނޯ ރޮނާލްޑޯ އެމެރިކާގެ މޭޖަރ ލީގު ސޮކަރ (އެމްއެލްއެސް) އިން ލިއޮނެލް މެސީއާއެކު ވާދަކުރާތަން ފެނުމަކީ ދެކޭ ހުވަފެނެއް ކަމަށް ހޫސްޓަން ޑައިނަމޯގެ މެދުތެރެއަށް ކުޅޭ ހެކްޓަރ ހެރޭރާ ބުނެފިއެވެ.

ޕޯޓޯ އަދި އެތުލެޓިކޯ މެޑްރިޑްގައި ހޭދަކުރި ދުވަސްވަރު ޗެމްޕިއަންސް ލީގުގައި ރޮނާލްޑޯއާ ދެކޮޅަށް ކުޅެފައިވާ މެކްސިކޯގެ ކުޅުންތެރިޔާ ހެރޭރާ ބުނީ، ރޮނާލްޑޯ ފަދަ ކާމިޔާބު ކުޅުންތެރިއަކާ ދެކޮޅަށް ކުޅެން ލިބުމަކީ ބޮޑު ޝަރަފެއް ކަމަށާއި، މެސީއާއެކު ރޮނާލްޑޯ އެމެރިކާ ލީގުން ފެނިގެންދިއުމަކީ ސަޕޯޓަރުންނަށް ލިބިގެންދާނެ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ނަމަވެސް، ރޮނާލްޑޯ ސައުދީ އަރަބިއްޔާގެ އަލް ނަސްރުާއެކު ހަދާފައިވާ އެއްބަސްވުން 2027 ވަނަ އަހަރުގެ ނިޔަލަށް ދެމިއޮތުމުން، އޭނާ އެމެރިކާ ލީގަށް ބަދަލުވުމުގެ ފުރުސަތު ކުޑަކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

މީގެއިތުރުން ހެރޭރާ ވަނީ މެސީ އާއި ރޮނާލްޑޯ އަޅާކިޔުމުގެ ބަދަލުގައި، އެ ދެ ކުޅުންތެރިންގެ ކުޅުމުން އުފާހޯދުމަށް ސަޕޯޓަރުންގެ ކިބައިން އެދިފައެވެ.

ކުޅިވަރު

އިތުރަށް ←