ބުދަ، 18 ނޮވެމްބަރު 2026
ކުޅިވަރު

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ޝައްފާނާއި މަލާކު ކަށަވަރުކޮށްފި

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ޝައްފާނާއި މަލާކު ކަށަވަރުކޮށްފި

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ޝައްފާނާއި މަލާކު ކަށަވަރުކޮށްފިއެވެ.

ޤައުމީ ޓޭބަލް ޓެނިސް ހޯލުގައި ކުރިއަށްދިޔަ 31 ވަނަ އެސޯސިއޭޝަން ޗެމްޕިއަންޝިޕް މުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ ސިންގަލްސް ޗެމްޕިއަންކަން މުޙައްމަދު ޝައްފާން އިސްމާޢީލް އަދި މަލާކު ބިންތި މުޢިއްޒު ހޯދީ ފައިނަލް މެޗުތަކުގައި ވާދަވެރިންގެ މައްޗަށް ސީދާ ހަތަރު ސެޓުން ކުރިހޯދައިގެންނެވެ.

ފިރިހެން ސިންގަލްސް ފައިނަލް މެޗުގައި މޫސާ މުންސިފާ ވާދަކޮށް ޝައްފާން ވަނީ މެޗުގެ ސެޓުތައް 2-11، 8-11، 7-11 އަދި 6-11 އިން ގެންގޮސް، ތަށި އުފުލާލާފައެވެ.

އަންހެން ބައިގެ ފައިނަލުގައި އައިޝަތު މަލަކު ތަސީންއާ ވާދަކޮށް މަލާކު މެޗު ކާމިޔާބުކުރީ 8-11، 8-11، 9-11 އަދި 8-11 އިންނެވެ.

މި މުބާރާތުގެ ޑަބަލްސް އިވެންޓުތަކަށް ބަލާއިރު، ފިރިހެން ޑަބަލްސް ތަށި ޝައްފާން އާއި މުޙައްމަދު ޚަލަފް ރާފިޢުގެ ޖޯޑު ހޯދިއިރު، އަންހެން ޑަބަލްސް ޗެމްޕިއަންކަން ނެގީ މިޝްކާ މުޙައްމަދު އިބްރާހީމާއި މަލަކުގެ ޖޯޑެވެ. އަދި މިކްސް ޑަބަލްސް ބައިގެ ޗެމްޕިއަންކަން ހޯދާފައިވަނީ މުންސިފާއި މަލާކުގެ ޖޯޑެވެ.

އޮކްޓޫބަރު 29 އިން ފެށިގެން ކުރިއަށްދިޔަ މި މުބާރާތުގައި ދެ ޑިވިޝަން ހިމެނޭހެން 110 ކުޅުންތެރިން ބައިވެރިވިއިރު، މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށް މެޑެލް އާއި ތަށި ހަވާލުކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއުއެވެ.

ކުޅިވަރު

އިތުރަށް ←