ބުދަ، 18 ނޮވެމްބަރު 2026
ކުޅިވަރު

ޑޭވިސް ކަޕުގައި ރާއްޖެ ތަމްސީލުކުރުމަށް ގައުމީ ޓެނިސް ޓީމު ވިއެޓްނާމަށް

ޑޭވިސް ކަޕުގައި ވާދަކުރުމަށް ވިއެޓްނާމަށް ފުރި ރާއްޖޭގެ ގައުމީ ޓެނިސް ޓީމު --- ފޮޓޯ: ޓެނިސް އެސޯސިއޭޝަން
ޑޭވިސް ކަޕުގައި ވާދަކުރުމަށް ވިއެޓްނާމަށް ފުރި ރާއްޖޭގެ ގައުމީ ޓެނިސް ޓީމު --- ފޮޓޯ: ޓެނިސް އެސޯސިއޭޝަން

ބައިނަލްއަގުވާމީ ފެންވަރުގައި ބޭއްވޭ ޑޭވިސް ކަޕް ޓެނިސް މުބާރާތުގައި ވާދަކޮށް، ރާއްޖެއަށް ރަނގަޅު ކާމިޔާބީއެއް ހޯދުމުގެ އަމާޒުގައި ދިވެހިރާއްޖޭގެ ގައުމީ ޓެނިސް ޓީމު މިއަދު ވިއެޓްނާމަށް ފުރައިފިއެވެ.

މި މަހުގެ 11 އިން 14 އަށް ވިއެޓްނާމުގެ ފަން ތިއެޓުގައި ކުރިއަށްދާނީ ޑޭވިސް ކަޕް އޭޝިއާ/އޯޝޭނިއާ ގްރޫޕް 5 ގެ މެޗުތަކެވެ.

މި މުބާރާތުގައި ވާދަކުރާ ދިވެހި ޓީމުގައި ހިމެނެނީ ކެޕްޓަން އަބްދުﷲ ފާއި ފަޒީލުގެ އިތުރުން އަޙްމަދު ސާއި ވަހީދާއި، އިބްރާހީމް ޒަފަޔާން މުޙައްމަދު ސަލާމް އަދި ލޫތު އަގުލީމް އަޙްމަދެވެ.

މި ފަހަރުގެ މުބާރާތުގައި ގައުމީ ޓީމަށް އިރުޝާދު ދިނުމުގައި ހަރަކާތްތެރިވާނީ އީރާނުގެ ކޯޗު އަލީރިޒާ އިތްމިނާން ބައްސޭރީއެވެ.

ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނި ގޮތުގައި، އޭޝިއާ އާއި އޯޝޭނިއާ ސަރަހައްދުގެ ގައުމުތަކާއެކު ވާދަކޮށް، މި މުބާރާތުގައި ރާއްޖޭގެ ޓީމުން ރަނގަޅު ކާމިޔާބީއެއް ހޯދުމަށް ވަނީ އަމާޒުހިފާފައެވެ.

ކުޅިވަރު

އިތުރަށް ←