އަހަރުގެ ބޮޑު ފިލްމް ކޭޖީއެމް ގެ ޝޫޓިން ފަށައިފި
ޝައި ޕްރޮޑަކަޝަން އާއި ސެޓަރން ސްޓޫޑިޔޯ ގުޅިގެން ގެނެސްދޭ ވަރުގަދަ ފިލްމް "ކޭޖީއެމް" ގެ ޝޫޓިން ފަށައިފިއެވެ.
ޔޫސުފް ޝަފީޢު (ޔޫއްޕެ)ގެ ވާހަކައަކަށް އުފައްދާ މި ފިލްމްގެ ޑައިރެކްޓަރަކީ މަޝްހޫރު އެކްޓަރ އަދި ޑައިރެކްޓަރ ޢަލީ ސީޒަންއެވެ.
ކޭޖީއެމް އަކީ 2019 ވަނަ އަހަރު ވީ މީޑިޔާ އިން އުފައްދަން ފެށި ފިލްމެކެވެ. ނަމަވެސް ފިލްމްގެ މަސައްކަތް ހުއްޓިފައި ވަނިކޮށް، ބަދަލުތަކަކާއި އެކު އަލުން ފިލްމްގެ މަސައްކަތް ފައްޓާފައިވަނީ މިއަހަރު ތެރޭގައެވެ.
މި ފިލްމަކީ ދިވެހި ފިލްމް "ލޫދިފާ" އަށްފަހު ފިލްމީ ދާއިރާގެ އެންމެ ގިނަ ތަރިން އެއް ފިލްމަކުން ފެނިގެންދާނެ ފިލްމެވެ. އެގޮތުން ފިލްމުގެ މައިގަނޑު ތަރިންގެ ތެރޭގައި ޔޫސުފް ޝަފީޢު (ޔޫއްޕެ)، މަރިޔަމް ޢައްޒަ، ޢަލީ ސީޒަން، އާމިނަތު ރިޝްފާ، އަހްމަދު ނިމާލް، ޢަލީ ޢާޒިމް (ދޮން އައްޔަ)، ޖުމައްޔިލް ނިމާލް، ފުބޫ، ޝިފާ، ޑޯރާ، އަމަން ގެ އިތުރުން ޝާއްކޮ އަންމަޑޭ އާއި ގުލިސްތާނު އަދި ހާމިދު ފަދަ ކުޅަދާނަ ފަންނާނުން ހިމެނެއެވެ. ފިލްމްގެ މަންޒަރުތައް މ.މުލަކުގައި ނަގަމުންދާއިރު މި ފިލްމްގެ ކެމެރާމަނަކީ ތަޖުރިބާކާރު ކެމެރާމަން އިބްރާހިމް ވިސާން (ކަނޑި)އެވެ.
Ads by BMLފިލްމްގެ ޕްރޮޑިއުސަރުންނަކީ ބެލުންތެރިންގެ މަޤުބޫލު ފިލްމްތައް ކަމުގައިވާ "ނޯޓީފޯޓީ", "ފޯރޓީޕްލަސް" އަދި ކާމިޔާބު ފިލްމް "ލޯބިވެވިއްޖެ", "ކަމަނާ" ފަދަ ފިލްމްތައް ބެލުންތެރިންނާއި ހަމަޔަށް ގެނެސްދީފައިވާ ދެ ޕްރޮޑިއުސަރުން ކަމުގައިވާ އިސްމާއިލް ޝަފީޤު އާއި ޝާނިޒް ޢަލީއެވެ.
މި ފިލްމަކީ މިއަހަރު ބެލުންތެރިންނާ ހަމަޔަށް އަންނާނެ އެންމެ ވަރުގަދަ އެއް ފިލްމައް ވެގެންދާނެ, އުންމީދު ބޮޑު ފިލްމެކެވެ.
Ads by MACL
