ހެނދުނުގެ ފެށުމަކަށް ހޫނު ލުނބޯ ފެންތައްޓެއް: ސިއްޙީ ގިނަ ފައިދާތަކެއް ލިއްބައިދޭ ފަސޭހަ އާދައެއް!
ކޮންމެ ދުވަހެއްގެ ހެނދުނު، ހުސްބަނޑާ ހޫނު ލުނބޯ ފެންތައްޓެއް ބުއިމުގެ އާދަ ދަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ގިނަ ބައެއްގެ މެދުގައި މަޤުބޫލުކަން ހޯދަމުންނެވެ. ސިއްޙީ މާހިރުން ފާހަގަކުރާ ގޮތުގައި، މި ފަސޭހަ އާދައިގެ ސަބަބުން ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް އެތައް ހެޔޮ އަސަރުތަކެއް ކުރުވައެވެ.
ލުނބޯލަކީ އޭގެޒާތުގައި އެސިޑިކް މޭވާއެއް ކަމުގައިވީނަމަވެސް، ހަށިގަނޑުގެ ތެރޭގައި ހަޖަމުވުމަށްފަހު، އެ ހަށިގަނޑު އެލްކަލައިން (alkaline) ކުރުවައެވެ. މިއީ ހަށިގަނޑުގެ ޕީއެޗް ލެވެލް ހަމަހަމަކޮށްދީ، ޖުމްލަ ސިއްޙަތު ރަނގަޅުކޮށްދިނުމަށް އެހީތެރިވެދޭ ކަމެއްކަމަށް ދިރާސާތަކުން ދައްކައެވެ.
މީގެ އިތުރުން، ލޭގެ ޕްރެޝަރު މަތިވުމުގެ މައްސަލަ ހުންނަ ފަރާތްތަކަށްވެސް ލުނބޯ ފެނަކީ ފައިދާހުރި ބުއިމެކެވެ. ލުނބޯލުގައި ގިނަ އަދަދަކަށް ޕޮޓޭސިއަމް ހިމެނޭތީ، މިއީ ލޭގެ ޕްރެޝަރު ކޮންޓްރޯލްކޮށް ހިތުގެ ސިއްޙަތު ރައްކާތެރިކުރުމަށް މަގުފަހިކޮށްދޭ ކަމެކެވެ.
Ads by BMLއަދި ހަމައެހެންމެ، ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރުގަދަކުރުމުގައި ލުނބޯ އަދާކުރާ ދައުރު ވަރަށް ބޮޑެވެ. ވިޓަމިން ސީ އިން މުއްސަނދިވެފައިވާތީ، ލުނބޯ ފެން ބުއިމުން އަރިދަފުސް ރޯގާ ފަދަ އާންމު ބަލިތަކުން ދިފާޢުވުމަށް ހަށިގަނޑަށް ބާރު ލިބިގެންދެއެވެ.
ހަށިގަނޑަށް ފެން އެތެރެކުރުމަކީ (ހައިޑްރޭޝަން) އަކީވެސް ވަރަށް މުހިންމު ކަމެކެވެ. އާދައިގެ ފެނާ ޚިލާފަށް ލުނބޯ ފެނުގެ ރަހަ މީރުވުމުގެ ސަބަބުން، ގިނައިން ފެން ބުއިމަށް ބާރުއަޅައި، ހަށިގަނޑަށް ބޭނުންވާ ފެނުގެ މިންވަރު ފަސޭހައިން ހަމަކުރުމަށް އެހީވެދެއެވެ.
ހަޖަމުކުރުމުގެ ނިޒާމަށްވެސް މީގެން ފައިދާކުރެއެވެ. ކެއުމުގެ ކުރިން ހޫނު ލުނބޯ ފެންތައްޓެއް ބުއިމުން، ހަޖަމުކުރުމުގެ މަރުޙަލާ އަވަސްކޮށްދީ، ބަނޑުހަރުވުން އަދި ބަނޑު ފުފުން ފަދަ މައްސަލަތައް ކުޑަކޮށްދެއެވެ.
އަހަރެމެންގެ ހަށިގަނޑުން ވިހަ މާއްދާތައް ބޭރުކުރުމުގެ މައި މަސައްކަތްކުރާ ފުރަމޭގެ ޙަރަކާތް ރަނގަޅުކުރުމަށްވެސް ލުނބޯ ފެން އެހީތެރިވެދެއެވެ. މިއީ ފުރަމޭ ސާފުކޮށް، އޭގެ މަސައްކަތްތައް ހަރުދަނާކޮށްދޭ ކަމެއްކަމަށް ބެލެވެއެވެ.
ހެނދުނު ހޭލާއިރު އަނގައިގައި ހުންނަ ނުބައި ވަސް ކަނޑުވާލުމަށްވެސް މިއީ ވަރަށް އެކަށީގެންވާ ގޮތެކެވެ. ލުނބޯލުގައި ހުންނަ ގުދުރަތީ މާއްދާތަކުން އަނގައިގައި އުފެދޭ ބެކްޓީރިއާ ނައްތާލައި، އަނގަ ތާޒާކޮށްދެއެވެ.
އަދިހަމައެހެންމެ ހަންގަނޑުގެ ދުޅަހެޔޮކަމާއި އުޖާލާކަމަށްވެސް ލުނބޯ ފެނުގެ ފައިދާ ބޮޑެވެ. އޭގައި ހިމެނޭ އެންޓިއޮކްސިޑެންޓްސް އާއި ވިޓަމިން ސީގެ ސަބަބުން ހަމުގެ މައްސަލަތަކުން ދުރުކޮށްދީ، ހަންގަނޑު ތާޒާކޮށް ބެހެއްޓުމަށް އެހީވެދެއެވެ.
މިހާ ގިނަ ފައިދާތަކެއް ލިއްބައިދޭ މި އާދަ، ތިމާގެ ދުވަހުގެ ތާވަލުގެ ތެރެއަށް ވައްދާލުމަކީ ސިއްޙަތަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.
Ads by MACL
