އާލިއާ ބަޓް އާއި ދިޕިކާ ޕަޑުކޯން އެންމެ ގަޔާވާ ރާމެން ރެސިޕީ ހިއްސާކޮށްފި
ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ އާލިއާ ބަޓް އާއި ދިޕިކާ ޕަޑުކޯން އަބަދުވެސް ހެލްތީ ކާނާ ކަނީ ކަމަށް ހީކުރެވިދާނެއެވެ. ނަމަވެސް އެހެން މީހުންނެކޭ އެއްފަދައިން އެމީހުންވެސް ބައެއްފަހަރު "ޗީޓް މީލް" އެއް ބޭނުންކުރެއެވެ. އެ ދެތަރިންގެ ޝެފް، ހާޝް ދީކްޝިތު ވަނީ، އާލިއާ އާއި ދިޕިކާ ވަރަށް ގަޔާވާ މީރު ރާމެންއެއްގެ ސިއްރުތައް މިފަހުން ހާމަކޮށްފައެވެ.
"ދަ ހޮލީވުޑް ރިޕޯޓަރ" އަށް ދެއްވި އިންޓަވިއުއެއްގައި ޝެފް ހާޝް ބުނީ، އޭނާ މި ޚާއްސަ ކުކުޅާއި އޫރުމަހުގެ ރާމެން އާލިއާ އާއި ދިޕިކާއަށް ތައްޔާރުކޮށްދިން ކަމަށެވެ. "އާލިއާ ބުނީ އެ ރަހައިން އޭނާގެ ދަތުރުތައް ހަނދާންކޮށްދިން ކަމަށެވެ. އެއީ ރަނގަޅު ނިޔަތުގައި ތައްޔާރުކުރާ ކާނާގެ ބާރު،" ޝެފް ހާޝް ބުންޏެވެ.
ޝެފް ދީކްޝިތު ވަނީ މި ދެ ތަރިންގެ ރަހަތަކާ ގުޅޭގޮތަށް މި ރެސިޕީ ފުރިހަމަ ކުރުމަށް ފާއިތުވި 10 އަހަރު ހޭދަކޮށްފައެވެ. އާލިއާ އަށް ޝެފްގެ އަސްލު ރެސިޕީ ކަމުދިޔަ ނަމަވެސް، ދިޕިކާގެ ހިތްހަމަޖައްސައިދިނުމަށް އޭނާ އަށް އިތުރު މަސައްކަތްތަކެއް ކުރަން ޖެހުނެވެ.
Ads by BMLދިޕިކާ އެދުނީ އޭނާގެ ރާމެން "އިންތިހާއަށް ކުޅި، އިތުރަށް ހަވާދުލީ" ގޮތަކަށް ތައްޔާރުކޮށްދިނުމަށެވެ. އަދި ނޫޑްލްސްގެ ގޮތުގައި އޭނާ ބޭނުންވީ 'މިރެކަލް ނޫޑްލްސް' ގެ ނަމުންވެސް މަޝްހޫރު ޝިރަޓާކީ ނޫޑްލްސް އެވެ. އެ ރަހަ ދިޕިކާ އަށް ވަރަށް ކަމުގޮސް، އޭނާ ދެވަނަ ތަށްޓަކަށް އެދުނު ކަމަށް ޝެފް ހާޝް ހިއްސާކުރިއެވެ.
މި ރާމެން އާލިއާ އާއި ދިޕިކާގެ އިތުރުން އެހެން މީހުންގެ މެދުގައިވެސް މަގުބޫލުވުމުގެ ސިއްރަކީ އޭގައި ހިމެނޭ ޚާއްސަ އުކުޅެކެވެ. ޝެފް ހާޝް ބުނީ، އާންމުކޮށް ރާމެން ތައްޔާރުކުރުމުގައި 'ޓާރޭ' ކިޔާ ސޯޔާ ނުވަތަ މިސޯ އިން ހަދާފައި ހުންނަ ސީޒަނިންއެއް ބޭނުންކުރާ ކަމަށެވެ. ނަމަވެސް، އޭގެ ބަދަލުގައި އޭނާ ސީދާ ރާމެންގެ ބްރޮތް އަށް ރަހަލައްވަނީއެވެ. މިއީ މި ރެސިޕީގެ ކާމިޔާބީގެ ސިއްރު ކަމަށް އޭނާ ބުންޏެވެ.
Ads by MACL
