ބުދަ، 18 ނޮވެމްބަރު 2026
ލައިފްސްޓައިލް

ޖަޕާނުން އިންޤިލާބީ އީޖާދެއް: ނިދީގައި ފެންނަ ހުވަފެންތައް ރެކޯޑްކޮށް އަލުން ބަލައިލެވޭނެ!

ޖަޕާނުން އިންޤިލާބީ އީޖާދެއް: ނިދީގައި ފެންނަ ހުވަފެންތައް ރެކޯޑްކޮށް އަލުން ބަލައިލެވޭނެ!

ޓެކްނޮލޮޖީގެ ދާއިރާގައި އަބަދުވެސް އާ އީޖާދުތައް ދުނިޔެއަށް ތަޢާރަފްކުރަމުން އަންނަ ޖަޕާނުން، މިފަހަރު މިވަނީ އިންސާނީ ވިސްނުމާއި ހިޔާލަށް އިންޤިލާބެއް ގެނެސްދާނެ ފަދަ އީޖާދެއް ތަޢާރަފްކޮށްފައެވެ. އެއީ، ނިދީގައި ފެންނަ ހުވަފެންތައް ރެކޯޑްކޮށް، ފަހުން ވީޑިއޯއެއް ފަދައިން އަލުން ބަލާލެވޭނެ ޒަމާނީ އެމްއާރްއައި (MRI) ޓެކްނޮލޮޖީއެކެވެ.

މި އާ އީޖާދުގެ އެހީގައި، މީހަކު ނިދާފައި އޮންނައިރު އޭނާގެ ސިކުނޑީގައި ކުރެހެމުންދާ ޚިޔާލުތަކާއި، އުފެދެމުންދާ ވާހަކަތައް ރެކޯޑްކުރުމުގެ ޤާބިލިއްޔަތު ލިބިގެންދެއެވެ. "ދަ ލާނިންގ ލޫޕް" އިން ޢާންމުކޮށްފައިވާ މި މައުލޫމާތުގައިވާ ގޮތުން، މި ޓެކްނޮލޮޖީއަކީ ސިކުނޑީގެ ހަރަކާތްތައް ދިރާސާކޮށް، އެ މައުލޫމާތުތައް ވީޑިއޯ ކްލިޕްތަކަކަށް ބަދަލުކޮށްދޭ ނިޒާމެކެވެ. މިއީ، މިހާތަނަށް ހަމައެކަނި ފިލްމުތަކުންނާއި ހިޔާލީ ވާހަކަތަކުން ފެނިފައިވާ ކަމެއް ޙަޤީޤަތަކަށް ހެދުމަށް އެޅުނު ވަރަށް ބޮޑު ފިޔަވަޅެކެވެ.

މި އީޖާދުގެ ސަބަބުން ނަފްސާނީ އިލްމާއި، ސިކުނޑީގެ ބަލިތައް ދިރާސާކުރާ މާހިރުންނަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ. ހުވަފެނަކީ ސިކުނޑީގެ އެންމެ ފުންމިނުގައި ފޮރުވިފައިވާ ޖަޒުބާތުކާއި ޝުއޫރުތަކުގެ ތަޅުދަނޑި ކަމަށްވާއިރު، އެ ހުވަފެންތައް ދިރާސާކުރުމުގެ ފުރުސަތު ލިބުމަކީ އެތައް ބައްޔަކަށް ފަރުވާ ހޯދުމަށް މަގުފަހިވެގެންދާނެ ކަމެކެވެ.

މީގެ އިތުރުން، އަމިއްލަ ހުވަފެންތައް އަލުން ބަލާލުމަކީ ހަމަ ކޮންމެ މީހަކަށް ވެސް ވަރަށް ޝައުޤުވެރި ތަޖުރިބާއަކަށް ވެގެންދާނެއެވެ. ތިމާގެ ސިކުނޑިން ނިދީގައި އުފައްދާ އާދަޔާޚިލާފު ދުނިޔެއާއި ވާހަކަތައް ހޭލާހުރެ ބަލާލުމުގެ ފުރުސަތު ލިބުމަކީ، އުފެއްދުންތެރިކަމަށް ހިތްވަރުދީ، އަމިއްލަ ނަފްސު ދެނެގަތުމަށް ވެސް އެހީތެރިވެދޭނެ ކަމެކެވެ.

ޖަޕާނުގެ މި އީޖާދާއެކު، އިންސާނީ ސިކުނޑީގެ އެންމެ ފޮރުވިފައިވާ ސިއްރުތައް ހާމަވުމުގެ ދޮރުތައް މިވަނީ ހުޅުވިގެން ގޮސްފައެވެ. އަދި ކުރިމަގުގައި މި ޓެކްނޮލޮޖީ އިތުރަށް ތަރައްޤީވެ، މީގެ ފައިދާ މުޅި ދުނިޔެއަށް ފެތުރިގެންދާނެ ކަމަށް ގިނަ ބަޔަކު އުންމީދުކުރެއެވެ.

ލައިފްސްޓައިލް

އިތުރަށް ←