ބުދަ، 18 ނޮވެމްބަރު 2026
ލައިފްސްޓައިލް

ކެޓްރީނާގެ ބަނޑުބޮޑުުވުމުގެ އަޑުތައް އަނެއްކާވެސް ގަދަވެއްޖެ: މިފަހަރުގެ އަޑުގެ ފަހަތުގައިވަނީ ކޮންކަމެއް؟

ކެޓްރީނާގެ ބަނޑުބޮޑުުވުމުގެ އަޑުތައް އަނެއްކާވެސް ގަދަވެއްޖެ: މިފަހަރުގެ އަޑުގެ ފަހަތުގައިވަނީ ކޮންކަމެއް؟

ބޮލީވުޑްގެ މަޝްހޫރު ދެތަރިން ކަމަށްވާ ކެޓްރީނާ ކައިފް އާއި އޭނާގެ ފިރިމީހާ ވިކީ ކައުޝަލްއަށް އެމީހުންގެ ފުރަތަމަ ދަރިފުޅު ލިބެން އުޅޭކަމުގެ އަޑުތައް އަނެއްކާވެސް ވަނީ ފެތުރިފައެވެ.

މި އަޑުތައް އާންމުކޮށް ފެތުރެނީ ކެޓްރީނާ އާންމުންގެ ތެރެއަށް ނިކުންނަ ހެދުމަކުން ނުވަތަ ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއަކުންނެވެ. އެހެން ނަމަވެސް މިފަހަރުގެ އަޑުތަކުގެ ފަހަތުގައި ވަނީ ރެޑިޓްގައި ވައިރަލްވި ޕޯސްޓެކެވެ.

މިދިޔަ ހަފްތާގައި ރެޑިޓް އެކައުންޓެއްގައި ޝާއިއުކުރި ޕޯސްޓެއްގައި ކެޓްރީނާ ބަލިވެއިމާ ގުޅިގެން ފާހަގަކޮށްފައިވާ ކަންތައްތަކެއްގެ ސަބަބުން، ގިނަ ބަޔަކު ދަނީ އެކަމަށް މަރުހަބާ ކިޔަމުންނެވެ. ނަމަވެސް މިއީ އެއްވެސް ހަގީގަތެއްގެ މައްޗަށް ބިނާކޮށް ފެތުރޭ ވާހަކަތަކެއް ނޫނެވެ.

ކެޓްރީނާ އާއި ވިކީގެ ކައިވެންޏަށް ދެ އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، މީގެ ކުރިންވެސް އެތައް ފަހަރަކު ކެޓްރީނާ ބަލިވެއިން ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. ޚާއްސަކޮށް، އޭނާ ހެދުން އެޅުމުގައި ތަންކޮޅެއް ދޫ ހެދުމެއް ލައިފިނަމަ، ނުވަތަ އާންމުންގެ ތެރެއަށް ނުކުތުން މަދުކޮށްލައިފިނަމަ މި އަޑުތައް ވަރަށް ބޮޑަށް ގަދަވެއެވެ.

މިފަހަރުގެ އަޑުތައް ފެތުރެން ދިމާވި މައިގަނޑު އެއް ސަބަބަކީ، ކެޓްރީނާ އޭނާގެ ފިލްމީ މަސައްކަތްތަކާ ދުރުގައި ހުރުމެވެ. އޭނާ އެންމެ ފަހުން ފެނިފައިވަނީ ޖެނުއަރީ 2024 ގައި ރިލީޒްވި "މެރީ ކްރިސްމަސް" އިންނެވެ. އޭގެ ފަހުން އާ ފިލްމެއް އިއުލާނުކޮށްފައި ނުވާއިރު، އާންމުންގެ ތެރެއިން ފެންނަަލެއްވެސް ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.

މިކަމާ ގުޅިގެން ދެމަފިރިންގެ ފަރާތުން އެއްވެސް ރަސްމީ ބަޔާނެއް އަދި ދީފައެއް ނުވެއެވެ. ބޮލީވުޑްގެ ގިނަ ތަރިން ބަލިވެއިނުމުން އެކަން ސޯޝަލް މީޑިއާ މެދުވެރިކޮށް އިއުލާންކުރި ނަމަވެސް، ކެޓްރީނާ އާއި ވިކީ އަދި އެފަދަ އިއުލާނެއް ކޮށްފައެއް ނުވެއެވެ. ވިކީ ކައުޝަލް ކުރިން ދެއްވި އިންޓަވިއުއެއްގައި މި އަޑުތަކާ ގުޅޭގޮތުން ސުވާލު ކުރުމުން، އޭނާ ބުނީ "އެފަދަ އުފާވެރި ޚަބަރެއް ލިބުމުން ހިއްސާ ކުރާނެ" ކަމަށެވެ.

ފޭނުން ދަނީ ކެޓްރީނާ އާއި ވިކީގެ ފަރާތުން އުފާވެރި ޚަބަރެއްގެ އިންތިޒާރުގައި ކެތްމަދުވެފައެވެ. ނަމަވެސް މިވަގުތު ދެމީހުންގެ ފަރާތުން ރަސްމީ ކަށަވަރުކުރުމެއް ނެތުމުން، މި ވާހަކަތައް އަދިވެސް އޮތީ ހަމައެކަނި އަޑެއްގެ ގޮތުގައެވެ.

ލައިފްސްޓައިލް

އިތުރަށް ←