ނިއުރޭޑިއެންޓްގެ ސްކޮޑު އިއުލާންކުރަން ތައްޔާރުވެއްޖެ، ބޮަޑެތި ބަދަލުތަކެއް ފެންނާނެ!
ރާއްޖޭގެ ފުޓުބޯޅައިގެ މައިދާނުގައި އެންމެ ފަޚުރުވެރި ތާރީޚެއް އޮތް ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުން، ކުރިއަށް އޮތް ފުޓުބޯޅަ ސީޒަނަށް އެކުލަވާލާފައިވާ އާ ސްކޮޑު ވަރަށް އަވަހަށް އިޢުލާން ކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެ ކްލަބުން ބުނެފިއެވެ. މިކަން ހާމަކުރެއްވީ، ކްލަބުގެ ޗެއާމަން އަޙްމަދު މުބީން، "މެންދުރު ޓީވީ" އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ.
މުބީން ވިދާޅުވި ގޮތުގައި، އައު ސްކޮޑުގައި ރާއްޖޭގެ ފުޓުބޯޅައިގެ އެންމެ ފުންނާބު އުސް އަދި ހުނަރުވެރި ކުޅުންތެރިންތަކެއް ފެނިގެންދާނެއެވެ. މިކަމުގެ އެންމެ ބޮޑު ހެއްކަކީ، ރާއްޖެ ދުށް އެންމެ ކާމިޔާބު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) މި އަހަރުގެ މެއި މަހު ޓީމާ ގުޅިފައިވުމެވެ.
މިދިޔަ ނޮވެމްބަރު މަހު މުބީން ކްލަބުގެ ޗެއާމަންކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ނިއުރޭޑިއަންޓްގެ ހިންގުން ވަނީ އެތައް ގޮތަކުން ހަރުދަނާކޮށްފައެވެ. އެގޮތުން، ފީފާއަށް ދައްކަންޖެހިފައިވާ ހުރިހާ ދަރަންޏެއް ޚަލާސްކޮށް، އިދާރީ ހިންގުން ވަރުގަދަ ކުރުމުގެ ގޮތުން، އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު، އިބްރާހިމް ލަމްއާން ވަނީ ކްލަބުގެ ވައިސް ޗެއާމަންގެ މަގާމަށް މިދިޔަ ހަފްތާގައި އައްޔަންކޮށްފައެވެ.
Ads by BMLއައު މެނޭޖްމަންޓުގެ މަސައްކަތުގެ ހެޔޮ ނަތީޖާ ދަނޑުމަތިން ވެސް ދަނީ ފެންނަމުންނެވެ.
ރާއްޖޭގެ އެންމެ ކާމިޔާބު ފުޓުބޯޅަ ކްލަބް ކަމަށްވާ ނިއުރޭޑިއަންޓުން ވަނީ މިހާތަނަށް ރާއްޖޭގެ 48 މުބާރާތެއް ކާމިޔާބުކޮށް، 12 ފަހަރު އެފްއޭ ކަޕް އަދި 13 ފަހަރު ގައުމީ ތަށި ހޯދާފައެވެ. އަދި ދިވެހި ލީގު ޖެހިޖެހިގެން 3 ފަހަރު ކާމިޔާބުކޮށްފައިވާއިރު، އަންހެނުންގެ 2 މުބާރާތެއްގެ ތަށިވެސް ވަނީ ހޯދާފައެވެ.
Ads by MACL
