ޒަމާންތަކަކަށްފަހު އެފްއޭއެމްގެ ރަސްމީ މުބާރާތެއް، އެޓޯލް ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް ހުޅުވާލައިފި
ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަލަށް އެކުލަވާލި ރާއްޖޭގެ ފުޓުބޯޅަ ލީގުގެ އޮނިގަނޑުގެ ދަށުން، ރާއްޖެ ހަތަރު ރީޖަނަކަށް ބަހާލައި، އޭގެތެރޭގައި ހިމެނޭ އަތޮޅުތަކަށް ނިސްބަތްވާ ތިން ރީޖަންގައި މިއަހަރު ފެށުމަށް ތާވަލްކޮށްފައިވާ 'އެޓޯލް ޗެމްޕިއަންޝިޕް' ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ރަށްތަކުން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
އެފްއޭއެމް އިން މިއަދު ކުރި އިއުލާންގައި ބުނެފައިވަނީ ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމު ފުރިހަމަކުރުމަށްފަހު، 1 ސެޕްޓެމްބަރ 2025 ވަނަ ދުވަހުގެ ކުރިން އެ އިދާރާގެ ([email protected]) އީމެއިލްއަށް ފޮނުއްވުމަށެވެ.
އެފްއޭއެމްގެ އިއުލާންގައި ބުނެފައިވަނީ މި މުބާރާތުގެ މެޗުތަށް ފެށުމަށް ތާވަލުކުރެވިފައިވަނީ ތިރީގައި މިވާ ތާރީހުތަކުގައި ކަމަށް ވިޔަސް މުބާރާތުގައި ޓީމްތަށް ބައިވެރިވާ އަދަދަށް ބަލައި މިތާރީހުތަކަށް ބަދަލުއައުމަކީ އެކަށީގެންވާކަމެއް ކަމަށެވެ.
Ads by BMLމި އިޢުލާނާއެކު، އަންނަ ސީޒަނަށް ތައްޔާރުވުމުގެ މަސައްކަތް ކުލަބުތަކުން ރަސްމީކޮށް ފަށާނެ ކަމަށް ބެލެވޭއިރު، ދިވެހި ފުޓްބޯޅަ އާ ހަރުފަތަކަށް ގެންދަން ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.
Ads by MACL
