ބުދަ، 18 ނޮވެމްބަރު 2026
ކުޅިވަރު

އުރީދޫ އޮފީސް އީސްޕޯޓްސް: މޮބައިލް ލެޖެންޑްސްގެ ޗެމްޕިއަންކަން އެމްއޭސީއެލްއަށް!

އުރީދޫ އޮފީސް އީސްޕޯޓްސް: މޮބައިލް ލެޖެންޑްސްގެ ޗެމްޕިއަންކަން އެމްއޭސީއެލްއަށް!

އޮފީސްތަކުގެ މެދުގައި ބާއްވާ އީސްޕޯޓްސް މުބާރާތްތަކުގެ އެންމެ ފޯރިގަދަ އެއް އިވެންޓް ކަމަށްވާ، އުރީދޫ ނޭޝަން އިންޓަރ އޮފީސް އީސްޕޯޓްސް ޗެމްޕިއަންޝިޕް 2025 ގެ މޮބައިލް ލެޖެންޑް: ބޭންގް ބޭންގް (އެމްއެލްބީބީ) ގެ ޗެމްޕިއަންކަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކަށަވަރުކޮށްފިއެވެ.

މިއީ މި ޗެމްޕިއަންޝިޕް ބޭއްވުނު ދެވަނަ ފަހަރެވެ. މިފަހަރުގެ އެމްއެލްބީބީ މުބާރާތުގައި ފަސް ކުންފުންޏަކުން ޖުމްލަ ނުވަ ޓީމު ވާދަކުރިއިރު، މި މުބާރާތުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ އެކި އޮފީސްތަކުގެ މުވައްޒަފުންނަށް އީސްޕޯޓްސްގެ ވާދަވެރި މާހައުލެއްގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނުމެވެ.

https://twitter.com/MACLmedia/status/1957371999644512406?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1957371999644512406%7Ctwgr%5E3d2f893fd1e595b9f1725bb85d45230e80b0f11e%7Ctwcon%5Es1_&ref_url=https%3A%2F%2Fpublish.twitter.com%2F%3Furl%3Dhttps%3A%2F%2Ftwitter.com%2FMACLmedia%2Fstatus%2F1957371999644512406

އެމްއޭސީއެލް އަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނިކަމުން، އެ ކުންފުނިން އަބަދުވެސް ދަނީ މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި، ވާދަވެރި ރޫޙު އާލާކުރުމަށް ބާއްވާ މިފަދަ ހަރަކާތްތަކުގައި ބައިވެރިވުމަށް ހިތްވަރުދެމުންނެވެ. މިފަދަ މުބާރާތްތަކުން އެމްއޭސީއެލްގެ ޓީމުތަކުން ރަންވަނަތައް ހޯދަމުންދިއުމަކީ އެކަމުގެ ހެއްކެކެވެ.

ކުޅިވަރު

އިތުރަށް ←