ޝޫޓިންގައި މަސައްކަތްކުރި 100 އަށްވުރެ ގިނަމީހުން ބަލިވުމާ ގުޅިގެން ރަންވީރުގެ ފިލްމު 'ދުރަންދަރު'ގެ ޝޫޓިން ހުއްޓާލައިފި
ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންވީރު ސިންގްގެ އާ ފިލްމު 'ދުރަންދަރު' ގެ ޝޫޓިންގައި މަސައްކަތްކުރި 100 އަށްވުރެ ގިނަމީހުން ބަލިވުމާ ގުޅިގެން އެ ފިލްމްގެ ޝޫޓިން ހުއްޓާލަން މަޖުބޫރުވެއްޖެއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި، ކްރޫގެ މެމްބަރުން ބަލިވީ ލޭ އަކީ ވަރަށް އުސް ސަރަޙައްދެއްގައި އޮންނަ ތަނަކަށް ވުމުން، އެތަނުގެ ގަދަފަދަ މޫސުމާއި އުސްމިނަށް ހޭނެން ދަތިވުމުގެ ސަބަބުންނެވެ. ބަލިވި މީހުންނަށް ފަރުވާ ދިނުމަށް މިހާރު ވަނީ އެނބުރި މުމްބާއީއަށް ފޮނުވާލާފައެވެ.
މި ހާދިސާއާ ގުޅިގެން، ފިލްމުގެ ވަރަށް މުހިންމު އެކްޝަން ސީކުއެންސެއްގެ މަސައްކަތް ވަނީ މެދުކަނޑާލާފައެވެ. އަދި ބާކީ ތިބި ކްރޫގެ މެމްބަރުން ވެސް މުމްބާއީއަށް އެނބުރި ދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. ޝޫޓިން މިހެން ހުއްޓާލަން ޖެހުމަކީ ފިލްމުގެ ޕްރޮޑިއުސަރުންނަށް ލިބުނު ބޮޑު މާލީ ގޮންޖެހުމެކެވެ.
Ads by BMLއާދިތްޔާ ދަރު ޑައިރެކްޓްކުރާ 'ދުރަންދަރު' އަކީ ބޮޑު ބަޖެޓަކުން އުފައްދާ އެކްޝަން ތުރިލާ ފިލްމެކެވެ.
މި ހާދިސާގައި ރަންވީރު ސިންގްގެ ހާލު ރަނގަޅު ކަމަށާއި، އޭނާ ވެސް މިހާރު މުމްބާއީއަށް އެނބުރި އައިސްފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
ފިލްމުގެ ޝޫޓިން އަލުން ފަށާނީ ވިއްސާރަ މޫސުމަށް ފަހު، މޫސުން ރަނގަޅުވުމުން ކަމަށް ބެލެވެއެވެ.
Ads by MACL
