ބުދަ، 18 ނޮވެމްބަރު 2026
ލައިފްސްޓައިލް

ސެންސަރުގެ ކަތުރަށްފަހު 'ބެންގާލް ފައިލްސް' އަށް އުފެއްދި ފަރާތުންވެސް ބޮޑެތި ބަދަލުތަކެއް!

ސެންސަރުގެ ކަތުރަށްފަހު 'ބެންގާލް ފައިލްސް' އަށް އުފެއްދި ފަރާތުންވެސް ބޮޑެތި ބަދަލުތަކެއް!

ވިވެކް އަގްނިހޯތުރީގެ އާ ފިލްމު 'ދަ ބެންގާލް ފައިލްސް' ރިލީޒްކުރުމުގެ ކުރިން ސެންސަރު ބޯޑުންނާއި ފިލްމު އުފެއްދި ފަރާތުން ގިނަ ބަދަލުތަކެއް ގެނެސްފިއެވެ. ފުރަތަމަ ސެންސަރު ކޮމިޓީން ފާސްނުވުމުން ރިވައިޒިން ކޮމިޓީއަށް ފޮނުވުމަށްފަހު، މި ފިލްމަށް މިހާރު ވަނީ 'އޭ' ސެޓްފިކެޓް ދީފައެވެ.

ރިވައިޒިން ކޮމިޓީން ފިލްމު ފާސްކުރީ ބައެއް މުހިންމު ބަދަލުތައް ގެނައުމަށް ޝަރުތުކުރުމަށްފަހުއެވެ. މިގޮތުން، ޓްރާންސްޖެންޑަރުންނަށް ނިސްބަތްވާ 'ނިކަމެތި' ލަފުޒުތައް ބަދަލުކުރުމަށާއި، ފިލްމުގައި ހިމެނޭ ބައެއް މަޝްހޫރު ޝަޚްސިއްޔަތުންގެ ފޮޓޯތައް ނެގުމަށް ވަނީ އަންގާފައެވެ. މީގެ އިތުރުން، ތާރީޚީ ހާދިސާތަކާ ގުޅޭ ލިޔެކިޔުންތަކާއި، ފިލްމުގައި ހަރަކާތްތެރިވި ކުޑަކުދިންގެ ބެލެނިވެރިންގެ ހުއްދަ ހުށަހެޅުމަށްވެސް އެދުނެވެ. އަދި ފިލްމުގެ ޑިސްކްލެއިމަރު ބޮޑު ފޮންޓަކުން އަޑާއެކު ދެއްކުމަށްވެސް ވަނީ އަންގާފައެވެ.

ސެންސަރުން ހުއްދަ ދިނުމަށްފަހު، ފިލްމު އުފެއްދި ފަރާތުން ވަނީ އަމިއްލައަށް އިތުރު 29 ބަދަލެއް ގެނައުމަށް އެދިފައެވެ. މި ބަދަލުތަކުގެ ތެރޭގައި '100 އަހަރުވީ' މި ޑައިލޮގް 'ޑިމެންޝިއާ ޖެހިފައިވާ ދުވަސްވީ އަންހެނެއް' މިހެން ބަދަލުކުރުމާއި، ގޯޕާލް މުޚޯޕާދްޔާގެ ނަން ބައެއް ތަންތަނުން އުނިކުރުން ހިމެނެއެވެ. އަދި 'ބާރަތު ކޯ އެކް ދިން އިސްކާ ބަހުތު ބަޑާ ހަރްޒާނާ ދޭނާ ޕަޑޭގާ' މި ޑައިލޮގް ކުރުކޮށް، ބައެއް ސީންތައް އުނިކޮށް، އަނެއް ބައެއް ސީންތައް އިތުރުކުރެވުނެވެ.

މި ހުރިހާ ބަދަލުތަކަށްފަހު ފިލްމުގެ ދިގުމިނަށް ވަނީ ކުޑަ ބަދަލެއް އައިސްފައެވެ. ސެންސަރަށް ހުށަހެޅިއިރު 3 ގަޑި 24 މިނިޓު 30 ސިކުންތު (204.30 މިނިޓު) ހުރި ފިލްމުގެ ދިގުމިން މިހާރު ވަނީ 3 ގަޑި 24 މިނިޓު 32 ސިކުންތަށް (204.32 މިނިޓު) ބަދަލުވެފައެވެ.

މި ދިގުމިނާއެކު 'ދަ ބެންގާލް ފައިލްސް' ވެގެންދާނީ ފަހަކަށް އައިސް ނެރޭ އެންމެ ދިގު އެއް ބޮލީވުޑް ފިލްމަށެވެ. މިއީ މިދިޔަ އަހަރުގެ 'އެނިމަލް' އަށްވުރެ އެއް މިނިޓު ދިގު އަދި 'ޕުޝްޕާ 2' ގެ ތިއޭޓަރު ވާޝަނަށްވުރެ ހަތަރު މިނިޓު ދިގު ފިލްމެކެވެ. މިތުން ޗަކްރަބޯތީ، ދަރްޝަން ކުމާރު، އަދި ޕައްލަވީ ޖޯޝީ ފަދަ ތަރިން ހަރަކާތްތެރިވާ މި ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހުއެވެ.

ލައިފްސްޓައިލް

އިތުރަށް ←